Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ރެއާލްގެ ރައީސްކަން ލިބިއްޖެ ނަމަ، ހާލަންޑް އާއި ރޮޑްރީ ގެންނާނަން: ރިކޭލްމޭ

ރިކޭލްމޭ ވިދާޅުވީ، މި ދެ ކުޅުންތެރިން ގެނައުމަށް ވަރަށް ބޮޑު އަދަދަކުން ފައިސާ ޚަރަދު ކުރަން ޖެހިދާނެ ކަމަށް. ނަމަވެސް އެއީ ކުލަބަށް ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމަންޓް ކަމަށް އޭނާ ސިދަ ކުރެއްވި. އޭނާ ވިދާޅުވީ، މި ދެ ކުޅުންތެރިން ރެއާލް މެޑްރިޑަށް ގެނައުމަށް މެންޗެސްޓަރ ސިޓީއާ އެކު މަޝްވަރާ ކުރާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖޫން 2026 | ބުރާސްފަތި 07:13
ރެއާލްގެ ރައީސް ކަމަށް ވާދަ ކުރައްވާ  އެންރީކޭ ރިކޭލްމޭ.

ރެއާލްގެ ރައީސް ކަމަށް ވާދަ ކުރައްވާ އެންރީކޭ ރިކޭލްމޭ. | ރޮއިޓާސް

ސްޕެއިންގެ ރެއާލް މެޑްރިޑުގެ ރައީސް ކަމަށް އިންތިޚާބު ވެއްޖެ ނަމަ، މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އާލިން ހާލަންޑް އާއި ރޮޑްރީ ގެންނާނެ ކަމަށް އެންރީކޭ ރިކޭލްމޭ ވިދާޅުވެއްޖެ އެވެ. 

އެލް ހޯމިގުއޭރޯ ޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ރިކޭލްމޭ ވިދާޅުވީ، މި ދެ ކުޅުންތެރިން ރެއާލް މެޑްރިޑަށް ގެނައުމަކީ އޭނާގެ އެންމެ ބޮޑު ލަނޑު ދަނޑި ކަމަށެވެ. ރިކޭލްމޭ ވިދާޅުވި ގޮތުގައި މި ދެ ކުޅުންތެރިން ރެއާލް މެޑްރިޑްގެ ޓީމަށް ގެނައުމަށް ފަހު، ކުލަބަށް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދައި ދެވޭނެ އެވެ.

ސިޓީ އަށް ކުޅެމުން އަންނަ ހާލަންޑް އަކީ މިވަގުތު ދުނިޔޭގައި ތިބި ކުޅުންތެރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ކުޅުންތެރިޔެކެވެ. ސިޓީގައި ވެސް އޭނާ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ހާލަންޑް އަކީ ގޯލާ ރަށްޓެރި ކުޅުންތެރިޔެކެވެ. ސިޓީ އިން އޮތީ އެ ޓީމުގައި ހާލަންޑް ބަހައްޓަން ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމަށް ތައްޔާރަށެވެ. 

ސްޕެއިން އަށް ނިސްބަތްވާ ރޮޑްރީ އަކީ ވެސް ސިޓީގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ވެސް ކާމިޔާބު ކޮށްފަ އެވެ. ރޮޑްރީ ވަނީ މި ފަހުން، ފީފާ ވަރލްޑް ކަޕަށް ފަހު އޭނާގެ މުސްތަޤުބަލާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް ބުނެފައި އެވެ. 

ރިކޭލްމޭ ވިދާޅުވީ، މި ދެ ކުޅުންތެރިން ގެނައުމަށް ވަރަށް ބޮޑު އަދަދަކުން ފައިސާ ޚަރަދު ކުރަން ޖެހިދާނެ ކަމަށެވެ. ނަމަވެސް އެއީ ކުލަބަށް ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމަންޓް ކަމަށް އޭނާ ސިދަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ، މި ދެ ކުޅުންތެރިން ރެއާލް މެޑްރިޑަށް ގެނައުމަށް މެންޗެސްޓަރ ސިޓީއާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ. 

ޖޫން މަހުގެ ހަތް ވަނަ ދުވަހު އޮންނަ ރެއާލްގެ އިންތިޚާބުގައި ވާދަ ކުރާ ރިކޭލްމޭ އަންނަނީ، އޭނާގެ ރައީސް ކަމުގައި ރެއާލް އަށް ގެންނާނެ ބަދަލު ތަކުގެ ވާހަކަ ދައްކަވަމުންނެވެ. އިންތިޚާބުގައި އޭނާ ވާދަ ކުރައްވަން ޖެހެނީ، ރެއާލްގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާ އެވެ. ޕެރޭޒްގެ ރައީސް ކަމުގައި ރެއާލް އިން މިހާތަނަށް ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާއިރު، ރެއާލްގެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ދެކެނީ ވެސް ޕެރޭޒް އެވެ. 

ރިކޭލްމޭގެ ވާާހަކަތަކާ ގުޅިގެން، ފުޓުބޯޅައިގެ ތަޖުރިބާކާރުން ބުނެފައި ވަނީ ހާލަންޑް އާއި ރޮޑްރީ ރެއާލް އަށް ގެނައުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. ޚާއްސަކޮށް، އެ ދެ ކުޅުންތެރިން ދޫކޮށްލުމަކީ ސިޓީ އިން ކުރާނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތް ތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. 

ރެއާލް މެޑްރިޑްއެންރީކޭ ރިކޭލްމޭއާލިން ހާލަންޑްރޮޑްރީ

އިތުރަށް ކިޔާލަން

23 މެއި 2026

އެއްބަސްވުން ހަމަވުމުން، ރެއާލް ދޫކޮށްލަން އަލަބާ ނިންމައިފި

23 މެއި 2026
އެއްބަސްވުން ހަމަވުމުން، ރެއާލް ދޫކޮށްލަން އަލަބާ ނިންމައިފި
19 މެއި 2026

ރެއާލްއާ ހަވާލުވާން މޮރީނިއޯ އެއްބަސްވެއްޖެ

19 މެއި 2026
ރެއާލްއާ ހަވާލުވާން މޮރީނިއޯ އެއްބަސްވެއްޖެ
11 މެއި 2026

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި

11 މެއި 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި
09 މެއި 2026

ރެއާލްގެ ކޯޗަކަށް މޮރީނިއޯ ގެންނަން މަސައްކަތް ކުރަނީ

09 މެއި 2026
ރެއާލްގެ ކޯޗަކަށް މޮރީނިއޯ ގެންނަން މަސައްކަތް ކުރަނީ
04 މެއި 2026

ރެއާލް އިން އެސްޕަންޔޯލް ބަލިކޮށްފި، ބާސެލޯނާ އަށް އިތުރު އިންތިޒާރެއް

04 މެއި 2026
ރެއާލް އިން އެސްޕަންޔޯލް ބަލިކޮށްފި، ބާސެލޯނާ އަށް އިތުރު އިންތިޒާރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު