Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީ އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކުލަބު، ބޭނުން ވަނީ އެންމެ މަތީ ފަންތީގައި ވާދަ ކުރެވޭނެ ވަރުގެ ޓީމެއް ބިނާ ކުރަން: އަލޮންސޯ

އެންމެން ވެސް ބޭނުން ވަނީ ވަރުގަދަ ޓީމެއް ބިނާކޮށް، އެންމެ މަތީ ފަންތީގައި ވާދަ ކުރެވޭނެ ފެންވަރުގެ ޓީމަކަށް ޗެލްސީވުން ކަމަށް އަލޮންސޯ ބުނި. ހަމަ އެއާ އެކު، ކާމިޔާބީ ތަކެއް ހޯދައި، ތަށި ތަކެއް ހޯދަން ބޭނުންވާ ކަމަށް އަލޮންސޯ ވަނީ ފާހަގަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2026 | ހޯމަ 03:48
ޗެލްސީގެ ކޯޗަކަަށް ހަމަޖެއްސި އަލޮންސޯ.

ޗެލްސީގެ ކޯޗަކަަށް ހަމަޖެއްސި އަލޮންސޯ. | ރޮއިޓާސް

ޗެލްސީ އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކުލަބު ކަމަށާއި، ބޭނުން ވަނީ އެންމެ މަތީ ފަންތީގައި ވާދަ ކުރެވޭނެ ފެންވަރުގެ ޓީމެއް ބިނާ ކުރަން ކަމަށް ޒަބީ އަލޮންސޯ ބުނެފި އެވެ.

އާދީއްތަ ދުވަހު ޗެލްސީ އިން ވަނީ، އެ ކުލަބުގެ ކޯޗަކަށް އަލޮންސޯ ހަމަޖައްސާފައިވާކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. ޗެލްސީ އާއެކު އަލޮންސޯ ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން، 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަލޮންސޯ ޗެލްސީ އަށް އިރުޝާދު ދޭނެ އެވެ. 

ޗެލްސީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އަލޮންސޯ ބުނީ، ޗެލްސީ އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ފުޓުބޯޅަ ކުލަބު ކަމަށާއި، އެ ކުލަބުގެ ކޯޗުގެ މަގާމާ ހަވާލުވުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޗެެލްސީގެ ވެރިންނާ ދެކެވުނު ވާހަކަ އިން ސާފުވި އެއް ކަމަކީ، އެންމެން ވެސް އެއް ނަތީޖާއެއް ހޯދަން ބޭނުންވުން ކަމަށް އަލޮންސޯ ބުންޏެވެ. 

އެންމެން ވެސް ބޭނުން ވަނީ ވަރުގަދަ ޓީމެއް ބިނާކޮށް، އެންމެ މަތީ ފަންތީގައި ވާދަ ކުރެވޭނެ ފެންވަރުގެ ޓީމަކަށް ޗެލްސީވުން ކަމަށް އަލޮންސޯ ބުންޏެވެ. ހަމަ އެއާ އެކު، ކާމިޔާބީ ތަކެއް ހޯދައި، ތަށި ތަކެއް ހޯދަން ބޭނުންވާ ކަމަށް އަލޮންސޯ ވަނީ ފާހަގަ ކޮށްފަ އެވެ. އެކަން ފާހަގަކޮށް އަލޮންސޯ ބުނީ، ޗެލްސީގެ ސްކޮޑުގައި ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބި ކަމަށާއި، އެ ސްކޮޑު ލީޑު ކުރުމަކީ އޭނާ އަށް ލިބޭ ފަޚުރަކަށް ވާނެ ކަމަށެވެ. އެއާ އެކު އަލޮންސޯ ބުނީ، ކުރަން ޖެހޭނީ ބުރަ އަދި ޒިންމާ ބޮޑު މަސައްކަތެއް ކަމަށެވެ.

ޗެލްސީގެ ކޯޗުކަމަށް އަލޮންސޯ ހަމަޖެއްސިއިރު، އެންމެ ފަހުން އޭނާ އިރުޝާދު ދީފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. ރެއާލްގެ ކޯޗުކަމުން މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އޭނާ ވަކި ކޮށްފައިވާއިރު، އެ މަގާމުގައި އޭނާ ހުރީ އެންމެ އަށް މަސް ދުވަހު އެވެ. ރެއާލްގެ ކުރިން އަލޮންސޯ އިރުޝާދު ދިނީ ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށެވެ. އެ ކުލަބުގައި އަލޮންސޯ ވަނީ ކާމިޔާބު މަސައްކަތް ތަކެއް ކޮށްފަ އެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ލެވަކޫސަން އިން ތިން ތައްޓެއް ވެސް ކާމިޔާބު ކުރި އެވެ.

ޗެލްސީ އަކީ އަލޮންސޯގެ ސީނިއާ ކޯޗިން ކެރިއަރުގައި އޭނާ އިރުޝާދު ދޭނެ ތިން ވަނަ ކުލަބެވެ. ޗެލްސީގެ ކޯޗަކަށް އަލޮންސޯ ހަމަޖެއްސިއިރު، އެ ޓީމަށް ވެސް ވަނީ ދަށް ނަތީޖާތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެހެންވެ އަލޮންސޯ އަށް އޮންނާނެ އެންމެ ބޮޑު އެއް މަސައްކަތަކީ، ޗެލްސީގެ ނަތީޖާތައް ރަނގަޅު ކުރުމެވެ.

ޗެލްސީޒަބީ އަލޮންސޯ

އިތުރަށް ކިޔާލަން

17 މެއި 2026

ރެއާލްގެ ކޯޗުކަމުން ވަކި ކުރި އަލޮންސޯ، ޗެލްސީގެ ކޯޗަކަށް ހަމަޖައްސަނީ

17 މެއި 2026
ރެއާލްގެ ކޯޗުކަމުން ވަކި ކުރި އަލޮންސޯ، ޗެލްސީގެ ކޯޗަކަށް ހަމަޖައްސަނީ
17 މެއި 2026

ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި

17 މެއި 2026
ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި
22 މާރިޗު 2026

އެވަޓަން އަތުން ޗެލްސީ އަށް ލަދުވެތި ބައްޔެއް

22 މާރިޗު 2026
އެވަޓަން އަތުން ޗެލްސީ އަށް ލަދުވެތި ބައްޔެއް
18 މާރިޗު 2026

ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

18 މާރިޗު 2026
ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.
15 މާރިޗު 2026

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ

15 މާރިޗު 2026
އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު