Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ރެއާލްގެ ކޯޗުކަމުން ވަކި ކުރި އަލޮންސޯ، ޗެލްސީގެ ކޯޗަކަށް ހަމަޖައްސަނީ

17 މެއި 2026 | އާދީއްތަ 02:59

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޗެލްސީގެ ކޯޗަކަށް އަލޮންސޯ ހަމަޖައްސާފައިވާކަން ވަރަށް އަވަހަށް އިއުލާން ކުރާނެ. އަދި ޗެލްސީ އާއެކު އަލޮންސޯ ސޮއި ކުރާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށް ވެސް ރިޕޯޓުތައް ބުނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މެއި 2026 | އާދީއްތަ 02:59
ޒަބީ އަލޮންސޯ، ރެއާލްގެ ކޯޗުކަމުން އޭނާ ވަކި ކޮށްފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި.

ޒަބީ އަލޮންސޯ، ރެއާލްގެ ކޯޗުކަމުން އޭނާ ވަކި ކޮށްފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި. | ރޮއިޓާސް

ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗު ކަމުގެ މަގާމުން ވަކި ކުރި ޒަބީ އަލޮންސޯ، ޗެލްސީގެ ކޯޗު ކަމުގެ މަގާމަށް ހަމަޖައްސަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 44 އަހަރުގެ އަލޮންސޯ ރެއާލްގެ ކޯޗުކަމުން ވަކި ކޮށްފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. މަގާމާ ހަވާލުވިތާ އެންމެ އަށް ދުވަހުގެ ތެރޭގައި އަލޮންސޯ މަގާމުން ވަކި ކޮށްފައި ވަނީ، އޭނާގެ އިރުޝާދުގެ ދަށުން ރެއާލްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. ރެއާލްގެ ކޯޗުކަމުން ވަކި ކުރިތާ ހަތަރު މަސް ފަހުން، ޗެލްސީގެ ކޯޗުކަމަށް އަލޮންސޯ ހަމަޖައްސަން މިހާރު ވަނީ ނިންމައިފަ އެވެ.

ޗެލްސީގެ ވަގުތީ ކޯޗު ކަމުގެ މަގާމުގައި މިހާރު ހުރީ ކަލުމް މެކްފާލޭން އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި ލިއަމް ރޮސަނިއާ މަގާމުން ވަކި ކުރުމަށް ފަހު އެވެ. ނަމަވެސް، އަންނަ ސީޒަނަށް ޗެލްސީ އިން ދާއިމީ ކޯޗެއް ހޯދުމަށް ކުރި މަސައްކަތުގައި، އެ ކުލަބުން ވަނީ އަލޮންސޯ ގެންނަން ނިންމައިފަ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޗެލްސީގެ ކޯޗަކަށް އަލޮންސޯ ހަމަޖައްސާފައިވާކަން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. އަދި ޗެލްސީ އާއެކު އަލޮންސޯ ސޮއި ކުރާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ހަމަ އެހެންމެ، ޗެލްސީ އިން އެ ޓީމުގެ ކޯޗަކަށް އަލޮންސޯ ގެންނަން މަޝްވަރާ ކުރިއިރު، އަލޮންސޯ ވަނީ އެ މަގާމާ ހަވާލުވާން އެއްބަސްވެފަ އެވެ.

ޗެލްސީ ވާނީ އަލޮންސޯގެ ކޯޗިން ކެރިއަރުގައި އޭނާ އިރުޝާދު ދޭނެ ސީނިއާ ތިން ވަނަ ކުލަބަށެވެ. އަލޮންސޯ އޭނާގެ ސީނިއާ ކޯޗިން ކެރިއަރު ފެށީ ޖަރުމަނުގެ ބަޔާ ލެވަކޫސަން އިންނެވެ. އެ ކުލަބުގައި އަލޮންސޯ ވަނީ ކާމިޔާބު މަސައްކަތް ތަކެއްކޮށް، އެ ކުލަބަށް ތަށި ތަކެއް ހޯދައިދީފަ އެވެ. އެގޮތުން އަލޮންސޯގެ އިރުޝާދުގެ ދަށުން ލެވަކޫސަން އިން ވަނީ ޖުމުލަ ތިން ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. ލެވަކޫސަން އަށް ފަހު އަލޮންސޯ ހަވާލުވީ ރެއާލް މެޑްރިޑާ އެވެ. 

އަލޮންސޯގެ އިރުޝާދުގެ ދަށުން ރެއާލް އިން 34 މެޗު ކުޅުނުއިރު، އޭގެ ތެރެއިން 24 މެޗުން މޮޅުވެފައިވެ އެވެ. ހަތަރު މެޗު އެއްވަރުވެފައިވާއިރު، އަނެއް ހަ މެޗުން ވަނީ ބަލިވެފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ރެއާލް އަށް ރަނގަޅު ނަތީޖާ ތަކެއް ނުނެރެވި، ކާމިޔާބީ ތަކެއް ނުހޯދުމުން ރެއާލް އިން ވަނީ އޭނާ ވަކި ކޮށްފަ އެވެ. 

ޗެލްސީޒަބީ އަލޮންސޯ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

17 މެއި 2026

ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި

17 މެއި 2026
ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި
22 މާރިޗު 2026

އެވަޓަން އަތުން ޗެލްސީ އަށް ލަދުވެތި ބައްޔެއް

22 މާރިޗު 2026
އެވަޓަން އަތުން ޗެލްސީ އަށް ލަދުވެތި ބައްޔެއް
18 މާރިޗު 2026

ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

18 މާރިޗު 2026
ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.
15 މާރިޗު 2026

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ

15 މާރިޗު 2026
އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ
12 މާރިޗު 2026

ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

12 މާރިޗު 2026
ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި
08 މާރިޗު 2026

އެފްއޭ ކަޕް: އިތުރު ވަގުތު ކުޅެ މޮޅުވެގެން، ޗެލްސީ ކުއާޓާ ފައިނަލް އަށް

08 މާރިޗު 2026
އެފްއޭ ކަޕް: އިތުރު ވަގުތު ކުޅެ މޮޅުވެގެން، ޗެލްސީ ކުއާޓާ ފައިނަލް އަށް
05 މާރިޗު 2026

އެސްޓަން ވިލާ އަތުން މޮޅުވެ، ޗެލްސީ ފަސް ވަނައިގައި

05 މާރިޗު 2026
އެސްޓަން ވިލާ އަތުން މޮޅުވެ، ޗެލްސީ ފަސް ވަނައިގައި
02 މާރިޗު 2026

ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

02 މާރިޗު 2026
ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
28 ފެބުރުއަރީ 2026

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.
14 ފެބުރުއަރީ 2026

ޕެޑްރޯ ނެޓޯގެ ހެޓްރިކް އިން މޮޅުވެ، ޗެލްސީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް

14 ފެބުރުއަރީ 2026
ޕެޑްރޯ ނެޓޯގެ ހެޓްރިކް އިން މޮޅުވެ، ޗެލްސީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް