Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި

11 މެއި 2026 | ހޯމަ 01:27

މިއީ ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކުރި 29 ވަނަ ފަހަރު. މިދިޔަ ސީޒަންގައި ވެސް ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައިވާއިރު، މިއީ ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކުރި ދެ ވަނަ ފަހަރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މެއި 2026 | ހޯމަ 01:27
ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ތަށި އުފުލާލަނީ.

ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ތަށި އުފުލާލަނީ. | ރޮއިޓާސް

ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ލީގު ދިފާއު ކޮށްފި އެވެ.

ބާސެލޯނާ އިން ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން މޮޅުވެގެންނެވެ. ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ބާސެލޯނާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ބާސެލޯނާ އަށް ޖަހައިދިނީ މާކަސް ރަޝްފޯޑް އެވެ. އޭގެ ނުވަ މިނެޓު ފަހުން ފެރާން ޓޮރޭސް ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑެނީ އޮލްމޯ އެވެ. މީގެ އިތުރުން ވެސް މެޗުގައި ރަނގަޅަށް ކުޅެ އިތުރު ލަނޑު ޖަހާނެ ފުރުސަތު ތަކެއް ބާސެލޯނާ އިން ވަނީ ހޯދައިފަ އެެވެ.

މޮޅާއެކު ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކުރީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 35 މެޗުން 91 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި ރެއާލް އަށް ލިބެނީ 77 ޕޮއިންޓެވެ. ލީގުގައި ބާސެލޯނާ އަށް ބާކީ ތިން މެޗު އޮތްއިރު، ތިން މެޗުން މޮޅުވެ 100 ޕޮއިންޓު ހަމަ ކުރުމުގެ ފުރުސަތު ވެސް އެ ޓީމަށް އެބަ އޮތެވެ.

މިއީ ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކުރި 29 ވަނަ ފަހަރެވެ. މިދިޔަ ސީޒަންގައި ވެސް ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައިވާއިރު، މިއީ ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ.

ސްޕެނިޝް ލީގުބާސެލޯނާރެއާލް މެޑްރިޑް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

09 މެއި 2026

ބާސެލޯނާގެ އެއްބަސްވުން އައު ކުރާނެ ކަމަށް ފްލިކް އަންގައިފި

09 މެއި 2026
ބާސެލޯނާގެ އެއްބަސްވުން އައު ކުރާނެ ކަމަށް ފްލިކް އަންގައިފި
09 މެއި 2026

ރެއާލްގެ ކޯޗަކަށް މޮރީނިއޯ ގެންނަން މަސައްކަތް ކުރަނީ

09 މެއި 2026
ރެއާލްގެ ކޯޗަކަށް މޮރީނިއޯ ގެންނަން މަސައްކަތް ކުރަނީ
04 މެއި 2026

ރެއާލް އިން އެސްޕަންޔޯލް ބަލިކޮށްފި، ބާސެލޯނާ އަށް އިތުރު އިންތިޒާރެއް

04 މެއި 2026
ރެއާލް އިން އެސްޕަންޔޯލް ބަލިކޮށްފި، ބާސެލޯނާ އަށް އިތުރު އިންތިޒާރެއް
03 މެއި 2026

އޮސަސޫނާ ބަލިކޮށް، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި

03 މެއި 2026
އޮސަސޫނާ ބަލިކޮށް، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި
02 މެއި 2026

ފޯކަސް އޮތީ މެޗަކަށް ފަހު މެޗަކަށް، ކުޅުމުގެ ފެންވަރު އެއްވަރެއްގައި ހުންނަން ޖެހޭ: ފްލިކް

02 މެއި 2026
ފޯކަސް އޮތީ މެޗަކަށް ފަހު މެޗަކަށް، ކުޅުމުގެ ފެންވަރު އެއްވަރެއްގައި ހުންނަން ޖެހޭ: ފްލިކް
14 އެޕްރީލު 2026

ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް

14 އެޕްރީލު 2026
ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް
09 އެޕްރީލު 2026

އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން

09 އެޕްރީލު 2026
އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން
08 އެޕްރީލު 2026

ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

08 އެޕްރީލު 2026
ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި
07 އެޕްރީލު 2026

ބަޔާން ވަރުގަދަ، ރެއާލް އޮތީ މޮޅުވުމުގެ އަޒުމުގައި އެކަނި

07 އެޕްރީލު 2026
ބަޔާން ވަރުގަދަ، ރެއާލް އޮތީ މޮޅުވުމުގެ އަޒުމުގައި އެކަނި
05 އެޕްރީލު 2026

ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

05 އެޕްރީލު 2026
ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް