Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑް

އެއްބަސްވުން ހަމަވުމުން، ރެއާލް ދޫކޮށްލަން އަލަބާ ނިންމައިފި

ރެއާލް ދޫކޮށްލުމަށް ފަހު އަލަބާ ބަދަލު ވާނެ ކުލަބެއް ހާމަ ކޮށްފައި ނުވި ނަމަވެސް، ބައެއް ކުލަބު ތަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުން. ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އިޓަލީގެ އޭސީ މިލާން އާއި ޔުވެންޓަސް އިން އަންނަނީ އަލަބާ ހޯދުމަށް މަސައްކަތް ކުރަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މެއި 2026 | ހޮނިހިރު 05:34
ރެއާލް އަށް ކުޅެމުން އައި ޑޭވިޑް އަލަބާ.

ރެއާލް އަށް ކުޅެމުން އައި ޑޭވިޑް އަލަބާ. | ރޮއިޓާސް

ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ އެކު، އެ ކުލަބު ދޫކޮށްލަން ޑޭވިޑް އަލަބާ ނިންމައިފި އެވެ.

އުމުރުން 33 އަހަރުގެ ޑިފެންޑަރު ރެއާލް އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ރެއާލް އާއެކު އޭނާ ސޮއި ކޮށްފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި އަލަބާ ނިންމާފައި ވަނީ ރެއާލް ދޫކޮށްލުމަށެވެ. އަލަބާ ރެއާލް ދޫކޮށްލަން އުޅޭ ވާހަކަ މީގެ ކުރިން ވެސް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. 

ރެއާލް ދޫކޮށްލުމަށް ފަހު އަލަބާ ބަދަލު ވާނެ ކުލަބެއް ހާމަ ކޮށްފައި ނުވި ނަމަވެސް، ބައެއް ކުލަބު ތަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އިޓަލީގެ އޭސީ މިލާން އާއި ޔުވެންޓަސް އިން އަންނަނީ އަލަބާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ރެޑް ބުލް ސަލްސްބާގް އިން ވެސް އޭނާ އަށް ޝައުޤުވެރިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރެއާލް އިން ވަނީ އަލަބާ އެ ކުލަބު ދޫކޮށްލާ ކަމަށް ހާމަ ކޮށްފަ އެވެ. ރެއާލް އިން ބުނެފައި ވަނީ، އެ ކުލަބުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އެއް ދުވަސްވަރު އެ ޓީމުގައި ހިމެނުނު އަަލަބާ އަށް އޮތީ ޝުކުރާއި ލޯބި ކަމަށެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ، އަލަބާ އަކީ ޚިދުމަތްތެރިކަމާއި، ބުރަ މަސައްކަތް އަދި ކާާމިޔާބީގެ އުފާ ފާޅު ކުރުމުގެ ނަމޫނާއެއް ކަމަށެވެ. 

އަލަބާ ވަނީ ރެއާލްގައި ހޭދަ ކުރި ފަސް ސީޒަންގެ ތެރޭގައި އެ ޓީމަށް 131 މެޗު ކުޅެދީ ފަސް ލަނޑު ޖަހައިފަ އެވެ. ރެއާލް އާއެކު އޭނާ ވަނީ ނުވަ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ކޮޕާ ޑެލް ރޭ އާއި، ސްޕެނިޝް ސުޕަ ކަޕްގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ. އޭގެ އިތުރުން ޔުއެފާ ސުޕަ ކަޕް އާއި، ފީފާ ކުލަބު ވޯލްޑް ކަޕް އަދި ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

އަލަބާ އަކީ އޮސްޓްރިއާގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދީފައިވާ 111 މެޗުގައި 15 ލަނޑު ޖަހައިފަ އެވެ.

ރެއާލް މެޑްރިޑްޑޭވިޑް އަލަބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލްއާ ހަވާލުވާން މޮރީނިއޯ އެއްބަސްވެއްޖެ

ރެއާލްއާ ހަވާލުވާން މޮރީނިއޯ އެއްބަސްވެއްޖެ

19 މެއި 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި

11 މެއި 2026
ރެއާލްގެ ކޯޗަކަށް މޮރީނިއޯ ގެންނަން މަސައްކަތް ކުރަނީ

ރެއާލްގެ ކޯޗަކަށް މޮރީނިއޯ ގެންނަން މަސައްކަތް ކުރަނީ

09 މެއި 2026
ރެއާލް އިން އެސްޕަންޔޯލް ބަލިކޮށްފި، ބާސެލޯނާ އަށް އިތުރު އިންތިޒާރެއް

ރެއާލް އިން އެސްޕަންޔޯލް ބަލިކޮށްފި، ބާސެލޯނާ އަށް އިތުރު އިންތިޒާރެއް

04 މެއި 2026
ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

08 އެޕްރީލު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު