Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ ސަބަބުން މަޝްވަރާގެ ދޮރު ބަންދުވާ ކަމަށް ޖީސީސީ އިން ބުނެފި

ގަލްފުގެ ޤައުމު ތަކުން ބުނީ އުދުވާނީ އަމަލު ތަކުން ގުޅުންތައް ބަދަހި ނުކުރެވޭނެ ކަމަށާއި، ބިރު ދެއްކުމަކީ ހަމަޖެހުން ޤާއިމު ކުރެވޭނެ ގޮތެއް ނޫން ކަަމަށް. އަދި އީރާން އަށް ސުވާލު އަމާޒު ކުރަމުން ޖީސީސީ އިން ވަނީ، މިފަދަ ހަމަލާތައް ކުރިއަށްދާއިރު މުސްތަޤުބަލުގައި ގުޅުންތައް ބިނާ ކުރާނީ ކިހިނެއްތޯ ސުވާލު ކޮށްފައި. އީރާން އިން މި ސިޔާސަތު ކުރިއަށް ގެންދާ ނަމަ، އެ ޤައުމު އިތުރަށް އެކަހެރި ވާނެ ކަމުގެ އިންޒާރު ވެސް ޖީސީސީގެ ބަޔާނުގައި ވަނީ ދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2026 | ބުރާސްފަތި 07:06
ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ބައްދަލުވުމުގެ ތެރެއިން.

ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ބައްދަލުވުމުގެ ތެރެއިން. | ރޮއިޓާސް

އީރާން އަށް އަމާޒުކޮށް އެމެރިކާ އިން ދިން ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ހަމަލާ ދީފައި ވާތީ، އީރާން އިން ހިންގަމުންދާ އުދުވާނީ އަމަލު ތަކުގެ ސަބަބުން މަޝްވަރާގެ ދޮރުތައް ބަންދުވަމުންދާ ކަމަށް ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ބުނެފި އެވެ.

ބަހްރެއިންގެ މަނާމާގައި ބޭއްވި ޖީސީސީގެ 167 ވަނަ މިނިސްޓީރިއަލް ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާންގެ މިފަދަ އަމަލު ތަކަކީ ޤައުމު ތަކުގެ މެދުގައި އޮންނަން ޖެހޭ އިތުބާރު ގެއްލުވާލައި، ބައިބައިވުން އުފައްދާ ކަމެއް ކަމަށެވެ. 

ޖީސީސީގެ މި ބައްދަލުވުން ބާއްވާފައިވާއިރު، ބުދަ ދުވަހުގެ ވަގުތެއްގައި އީރާން އިން ވަނީ ބަހްރެއިން އާއ ކުވެއިތު އަދި ޖޯޑަންގައި ހުރި އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދީފައި އެވެ. އީރާން އިން ދިން މި ހަމަލާތައް ބަހްރެއިންގެ އެއާ ޑިފެންސް ސިސްޓަމް ތަކުން ވަނީ ހުއްޓުވައިފަ އެވެ. 

ޖީސީސީގެ މިނިސްޓީރިއަލް ކައުންސިލް އިން ވަނީ ބަހްރެއިން، ކުވެއިތު އަދި ޖޯޑަން އަށް ދިން ލާއިންސާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި އެވެ. މިއީ އެ ޤައުމު ތަކުގެ ސިޔާދަތާއި، ރައްޔިތުންގެ ސަލާމަތާއި، ބިމުގެ ނަޒާހަތްތެރި ކަމަށް އަރައި ގަތުން ކަމަށާއި، މިއީ ބައިނަލްއަޤުވާމީ ޤާނޫނު ތަކާއި އދ.ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ވެސް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައި އެވެ. 

ގަލްފުގެ ޤައުމު ތަކުން ބުނީ އުދުވާނީ އަމަލު ތަކުން ގުޅުންތައް ބަދަހި ނުކުރެވޭނެ ކަމަށާއި، ބިރު ދެއްކުމަކީ ހަމަޖެހުން ޤާއިމު ކުރެވޭނެ ގޮތެއް ނޫން ކަަމަށެވެ. އަދި އީރާން އަށް ސުވާލު އަމާޒު ކުރަމުން ޖީސީސީ އިން ވަނީ، މިފަދަ ހަމަލާތައް ކުރިއަށްދާއިރު މުސްތަޤުބަލުގައި ގުޅުންތައް ބިނާ ކުރާނީ ކިހިނެއްތޯ ސުވާލު ކޮށްފައި އެވެ. އީރާން އިން މި ސިޔާސަތު ކުރިއަށް ގެންދާ ނަމަ، އެ ޤައުމު އިތުރަށް އެކަހެރި ވާނެ ކަމުގެ އިންޒާރު ވެސް ޖީސީސީގެ ބަޔާނުގައި ވަނީ ދީފައި އެވެ. 

އެއާ އެކު ޖީސީސީ އިން ބުނެފައި ވަނީ، މަޝްވަރާގެ ދޮރު ހުޅުވިފައި ވަނީ ހަމައެކަނި ބުއްދިވެރި ކަމާއި، އަވަށްޓެރި ކަމުގެ ރީތި އުސޫލުތައް އިޚްތިޔާރު ކުރާ ފަރާތް ތަކަށް ކަމަށެވެ. ޖީސީސީގެ މެމްބަރު ޤައުމު ތަކުގެ ސަލާމަތަކީ ގުޅިލާމެހިފައިވާ ކަމެއްކަން ފާހަގަކޮށް، އެއް ޤައުމަށް ދޭ ހަމަލާ އަކީ ހުރިހާ ޤައުމަކަށް ދޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން، އަމިއްލަ ނަފްސުގެ ދިފާއުގައި ވަކި ވަކިންނާއި، ގުޅިގެން ފިޔަވަޅު އެޅުމުގެ ޤާނޫނީ ޙައްގު ގަލްފުގެ ޤައުމު ތަކަށް ލިބިގެންވާ ކަމަށް ޖީސީސީ އިން ވަނީ ހަނދާން ކޮށްދީފައި އެވެ. މީގެ އިތުރުން، ސަރަހައްދުގެ ވައިގެ ދިފާއީ ނިޒާމުތައް އޮތީ ވަރަށް ވަރުގަދަ ތައްޔާރީ ޙާލަތެއްގައި ކަމަށް ބުނެ، ރައްޔިތުންނަށް ޔަޤީންކަން ދޭ ކަމަށް ވެސް ޖީސީސީ އިން ވަނީ ބުނެފައި އެވެ. 

މި ހަމަލާ ތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ކަނޑު ދަތުރު ފަތުރާއި، ދުނިޔޭގެ ހަކަތައިގެ ސަޕްލައި އަށް ކުރިމަތި ވެދާނެ ނުރައްކާ ތަކުގެ ފުރިހަމަ ޒިންމާ އީރާން އިން އުފުލަން ޖެހޭނެ ކަމަށް ޖީސީސީ އިން ބުންޏެވެ. އަދި މި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި، އދ.ގެ ސަލާމަތީ މަޖިލީހާއި، ބައިނަލްއަގުވާމީ މުޖުތަމައު އިން މިކަމުގައި ޒިންމާދާރު ދައުރެއް އަދާކޮށް، ހަމަލާ ދިން ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ވެސް ވަނީ ގޮވާލާފައި އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޖީސީސީގަލްފް ކޯޕަރޭޝަން ކައުންސިލް

އިތުރަށް ކިޔާލަން

11 ޖޫން 2026

މެދު އިރުމަތީގެ ސަރަހައްދަކީ އެމެރިކާ އަށް "ނަރަކަ" އަށް ވާނެ ކަމަށް ބުނެ، އީރާންގެ ވަރުގަދަ އިންޒާރެއް

11 ޖޫން 2026
މެދު އިރުމަތީގެ ސަރަހައްދަކީ އެމެރިކާ އަށް "ނަރަކަ" އަށް ވާނެ ކަމަށް ބުނެ، އީރާންގެ ވަރުގަދަ އިންޒާރެއް
11 ޖޫން 2026

އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފި

11 ޖޫން 2026
އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފި
11 ޖޫން 2026

އަމިއްލަ ދިފާއުގައި ކަމަށް ބުނެ، އީރާންގެ މުހިންމު ތަންތަނަށް އެމެރިކާާ އިން ހަމަލާ ދީފި

11 ޖޫން 2026
އަމިއްލަ ދިފާއުގައި ކަމަށް ބުނެ، އީރާންގެ މުހިންމު ތަންތަނަށް އެމެރިކާާ އިން ހަމަލާ ދީފި
11 ޖޫން 2026

އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

11 ޖޫން 2026
އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
10 ޖޫން 2026

އީރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭން ޓްރަމްޕް ވިސްނަވަނީ

10 ޖޫން 2026
އީރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭން ޓްރަމްޕް ވިސްނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު