Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން ޒިންމާ އަދާ ކުރަން ޖެހޭނެ، އެހެން ނޫން ނަމަ ލުއި ތަކެއް ދިނުމެއް ނެތް: އެމެރިކާގެ ނައިބު ރައީސް

ވޭންސް ވިދާޅުވީ އީރާނާ އެކު ޤާއިމު ކުރާ އެއްބަސްވުން ބިނާ ވެފައި ވަނީ އީރާން އިން އަދާ ކުރަން ޖެހޭ ޒިންމާ ތަކުގެ މައްޗަށް ކަމަށް. އެކަން ފުރިހަމަ ކުރުމުން ނޫނީ، އެ ޤައުމަށް އިޤްތިޞާދީ އެއްވެސް މަންފާއެއް ލިބުމެއް ނެތް ކަމަށް ވޭންސް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖޫން 2026 | ހޮނިހިރު 03:20
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް. | ގެޓީ އިމޭޖަސް

އީރާން އާއެކު އެކުލަވާލާ އެއްބަސްވުމުގެ ދަށުން އެ ޤައުމުން ޒިންމާތައް އަދާ ކުރަން ޖެހޭނެ ކަމަށާއި، އެ ނޫން ނަމަ އީރާން އަށް ލުއިތަކެއް ދިނުމެއް ނޯންނާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ސޯޝަލް މީޑިއާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވޭންސް ވިދާޅުވީ، އީރާން އިން އެއްބަސްވުމެއްގައި ސޮއި ކުރުމަކުން، ނުވަތަ ބައްދަލުވުމެއްގައި ބައިވެރިވުމުން އެ ޤައުމަށް އެއްވެސް ފައިސާއެއް ނުލިބޭނެ ކަމަށެވެ. އަދި އެއްވެސް ފަންޑެއް ވެސް ދޫ ނުކުރެވޭނެ ކަމަށް ވެސް ވޭންސް ވިދާޅުވި އެވެ. 

ވޭންސް ވިދާޅުވީ އީރާން އާއެކު ޤާއިމު ކުރާ އެއްބަސްވުން ބިނާ ވެފައި ވަނީ އީރާން އިން އަދާ ކުރަން ޖެހޭ ޒިންމާ ތަކުގެ މައްޗަށް ކަމަށެވެ. އެކަން ފުރިހަމަ ކުރުމުން ނޫނީ، އެ ޤައުމަށް އިޤްތިޞާދީ އެއްވެސް މަންފާއެއް ލިބުމެއް ނެތް ކަމަށް ވޭންސް ވިދާޅުވި އެވެ. ހަމަ އެހެންމެ، އީރާން އާއެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ މަސައްކަތް ތަަކަށް ފާޑު ވިދާޅުވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންނާއި، މީޑިއާ ތަަކަށް ވެސް ވޭންސް ވަނީ ރައްދު ދެއްވައިފަ އެވެ. 

އެގޮތުން ވޭންސް ވިދާޅުވީ މީގެ އެއް މަސް ދުވަސް ކުރިން، ޓްރަމްޕް އަކީ އެމެރިކާގެ ތާރީޚީ ރައީސެއް ކަމަށް ވިދާޅުވި ބައެއް ފަރާތް ތަކުން، އެއްވެސް ޞައްޙަ ކަމެއް ނެތް މީޑިއާ ރިޕޯޓު ތަކަށް ބިނާކޮށް މިހާރު ޓްރަމްޕް އަށް ފާޑު ވިދާޅުވާ ކަމަށެވެ. އަދި ކޮންމެ ގޮތެއް ހައްދަވައިގެން ވިޔަސް، ޓްރަމްޕް އެމެރިކާ އަށް ރަނގަޅު ނަތީޖާ ތަކެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ވޭންސް ވަނީ ދެއްވައިފަ އެވެ. 

އީރާން އާއެކު އެމެރިކާ އިން އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ އެއްބަސްވުމުގެ މައުލޫމާތު އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ހާމަ ކުރައްވައިފަ އެވެ. އެގޮތުން އީރާންގެ ނިއުކްލިއާ މާއްދާތައް ނައްތާލައި އެ ޤައުމުން ބޭރު ކުރުމާއި، ނިއުކްލިއާ ޕްރޮގްރާމް މުޅިން އުވާލުން އެއްބަސްވުމުގައި ހިމެނޭ ކަަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އީރާން އިން މި ކަންކަން ފުރިހަމަ ކުރުމުގެ ކުރިން، އެ ޤައުމަށް އެއްވެސް ފައިސާއެއް ނުދެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައި އެވެ. 

މީގެ އިތުރުން، ބައިނަލްއަގުވާމީ ކަނޑުގެ ދަތުރު ފަތުރަށް މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑު އޮޅި ހުޅުވާފައި ބޭއްވުމާއި، ޓެރަރިސްޓް ޖަމާއަތް ތަކަށް ފަންޑު ކުރުން ހުއްޓާލުމަށް ވެސް މި އެއްބަސްވުމުގެ ދަށުން އީރާން އަށް މަޖުބޫރު ކުރުވާނެ ކަމަށް އޭނާ ވިދާޅުވެފައި އެވެ. އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެއްބަސްވުމުގައި ހިމެނޭ ކަންކަން އީރާން އިން ފުރިހަމަ ކުރާ ކަމުގެ ޔަޤީންކަން އެމެރިކާ އިން ހޯދާނެ ކަމަށެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އިތުރަށް ކިޔާލަން

13 ޖޫން 2026

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް އޮތް ދުވަސް ތަކުގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރަނީ

13 ޖޫން 2026
އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް އޮތް ދުވަސް ތަކުގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރަނީ
11 ޖޫން 2026

އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް

11 ޖޫން 2026
އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް
11 ޖޫން 2026

އިރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދެނީ

11 ޖޫން 2026
އިރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދެނީ
11 ޖޫން 2026

އީރާންގެ ސަބަބުން މަޝްވަރާގެ ދޮރު ބަންދުވާ ކަމަށް ޖީސީސީ އިން ބުނެފި

11 ޖޫން 2026
އީރާންގެ ސަބަބުން މަޝްވަރާގެ ދޮރު ބަންދުވާ ކަމަށް ޖީސީސީ އިން ބުނެފި
11 ޖޫން 2026

މެދު އިރުމަތީގެ ސަރަހައްދަކީ އެމެރިކާ އަށް "ނަރަކަ" އަށް ވާނެ ކަމަށް ބުނެ، އީރާންގެ ވަރުގަދަ އިންޒާރެއް

11 ޖޫން 2026
މެދު އިރުމަތީގެ ސަރަހައްދަކީ އެމެރިކާ އަށް "ނަރަކަ" އަށް ވާނެ ކަމަށް ބުނެ، އީރާންގެ ވަރުގަދަ އިންޒާރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު