Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މެދު އިރުމަތީގެ ސަރަހައްދަކީ އެމެރިކާ އަށް "ނަރަކަ" އަށް ވާނެ ކަމަށް ބުނެ، އީރާންގެ ވަރުގަދަ އިންޒާރެއް

މޫސަވީ ވިދާޅުވީ، ހޮރްމޫޒް ކަނޑު އޮޅީގެ އަމާންކަން ނަގާލުމަށް އެމެރިކާ އިން މަސައްކަތް ކުރަމުންދާ ކަމަށް. އަދި އީރާންގެ ހުރިހާ ސަރަހައްދު ތަކުން އެމެރިކާ އަށް ހަމަލާ ދީ، މުޅި ސަރަހައްދަކީ އެމެރިކާ ސިފައިންނަށް ނަރަކައެއް ފަދަ ތަނަކަށް ހަދާލުމަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު މޫސަވީ ވަނީ ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2026 | ބުރާސްފަތި 05:58
އައިއާރުޖީސީގެ އެއަރޯސްޕޭސް ފޯސްގެ ކޮމާންޑަރު މާޖިދު  މޫސަވީ.

އައިއާރުޖީސީގެ އެއަރޯސްޕޭސް ފޯސްގެ ކޮމާންޑަރު މާޖިދު މޫސަވީ. | ރޮއިޓާސް

އީރާން އަށް އަމާޒުކޮށް އެމެރިކާ އިން އިތުރު ހަމަލާ ތަކެއް ދީފައިވާ މި ދަނޑިވަޅުގައި، މެދު އިރުމަތީގެ ސަރަހައްދަކީ އެމެރިކާ އަށް "ނަރަކަ" އަށް ވާނެ ކަމަށް ބުނެ އީރާން އިން ވަރުގަދަ އިންޒާރެއް ދީފި އެވެ. 

މި އިންޒާރު ދީފައި ވަނީ އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިންނެވެ. އީރާންގެ ތަސްނީމް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި އިންޒާރު ދެއްވީ އައިއާރުޖީސީގެ އެއަރޯސްޕޭސް ފޯސްގެ ކޮމާންޑަރު މާޖިދު  މޫސަވީ އެވެ. މޫސަވީ މިހެން ވިދާޅުވެފައި ވަނީ، އެމެރިކާ އިން ދެ ދުވަހެއްގެ މަތިން އީރާން އަށް ހަމަލާ ތަކެއް ދީފައި ވަނިކޮށެވެ. 

މޫސަވީ ވިދާޅުވީ، ހޮރްމޫޒް ކަނޑު އޮޅީގެ އަމާންކަން ނަގާލުމަށް އެމެރިކާ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އީރާންގެ ހުރިހާ ސަރަހައްދު ތަކުން އެމެރިކާ އަށް ހަމަލާ ދީ، މުޅި ސަރަހައްދަކީ އެމެރިކާގެ ސިފައިންނަށް ނަރަކައެއް ފަދަ ތަނަކަށް ބަދަލުކުރުމަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު މޫސަވީ ވަނީ ދެއްވައިފަ އެވެ. 

މީގެ އިތުރުން މޫސަވީ ވިދާޅުވީ، މިއީ މެދު އިރުމަތީގައި އެމެރިކާ އިން ދެމުންދާ ހަމަލާ ތަކާއި، ކުރަމުންދާ ކަންތައް ތަކަށް ދޭނީ އެކަށީގެންޗާ ރައްދެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމެރިކާގެ އަމަލު ތަކަށް ހަރުކަށި ޖަވާބު ތަކެއް ލިބިގެން ދާނެ ކަމަށް ވެސް މޫސަވީ ވަނީ އިންޒާރު ދެއްވައިފަ އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު މަސްލަޙަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، އީރާންގެ އަސްކަރީ އިސްވެރިން މިފަދަ ވަރުގަދަ ބަހުގެ ހަމަލާ ތަކެއް ދީފައި ވަނީ، ސަރަހައްދީ ރައްކާތެރިކަމާ ގުޅޭ ގޮތުން ބައިނަލްއަޤުވާމީ ދުނިޔެ އިން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ވަގުތެއްގަ އެވެ. ޚާއްސަކޮށް ތެޔޮ އުފުލާ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑު އޮޅީގެ ސަލާމަތާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް

އިތުރަށް ކިޔާލަން

11 ޖޫން 2026

އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފި

11 ޖޫން 2026
އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފި
11 ޖޫން 2026

އަމިއްލަ ދިފާއުގައި ކަމަށް ބުނެ، އީރާންގެ މުހިންމު ތަންތަނަށް އެމެރިކާާ އިން ހަމަލާ ދީފި

11 ޖޫން 2026
އަމިއްލަ ދިފާއުގައި ކަމަށް ބުނެ، އީރާންގެ މުހިންމު ތަންތަނަށް އެމެރިކާާ އިން ހަމަލާ ދީފި
11 ޖޫން 2026

އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

11 ޖޫން 2026
އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
10 ޖޫން 2026

އީރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭން ޓްރަމްޕް ވިސްނަވަނީ

10 ޖޫން 2026
އީރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭން ޓްރަމްޕް ވިސްނަވަނީ
10 ޖޫން 2026

އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި

10 ޖޫން 2026
އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު