Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފްރާންސް އިން ގޮވާލައިފި

ފްރާންސްގެ މީޑިއާއެއް ކަމަށްވާ އެލްސީއައި އަށް ދެއްވި އިންޓަވިޔުއެއްގައި ބަރޮޓް ވިދާޅުވީ، މިހާރު އޮތް ޙާލަތަކީ އެއްވެސް ބަޔަކަށް އޭގެއިން ފައިދާއެއް ނެތް، އަދި ދެ ފަރާތަށް ވެސް ގެއްލުން ހުރި ޙާލަތެއް ކަމަށް. އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފައި، މިހާރު އޮތް ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށް ބަރޮޓް ވަނީ ދެ ޤައުމަށް ގޮވާލައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖޫން 2026 | ހޮނިހިރު 06:21
ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޮއެލް ބަރޮޓް.

ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޮއެލް ބަރޮޓް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރުމަށްޓަކައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފްރާންސް އިން ގޮވާލައިފި އެވެ.

ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޮއެލް ބަރޮޓް ވިދާޅުވީ، ދެ ޤައުމުގެ ދެ މެދުގައި އޮތް މައްސަލަ ތަކަށް ޙައްލެއް ހޯދުމަށް ދެ ފަރާތުގެ މެދުގައި ވެސް އިޚުލާސްތެރި ނިޔަތެއް އޮތް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. 

ފްރާންސްގެ މީޑިއާއެއް ކަމަށްވާ އެލްސީއައި އަށް ދެއްވި އިންޓަވިޔުއެއްގައި ބަރޮޓް ވިދާޅުވީ، މިހާރު އޮތް ޙާލަތަކީ އެއްވެސް ބަޔަކަށް އޭގެއިން ފައިދާއެއް ނެތް، އަދި ދެ ފަރާތަށް ވެސް ގެއްލުން ހުރި ޙާލަތެއް ކަމަށެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފައި، މިހާރު އޮތް ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށް ބަރޮޓް ވަނީ ދެ ޤައުމަށް ގޮވާލައްވައިފަ އެވެ. 

މި މައުލޫމާތު ހިއްސާ ކުރައްވަމުން ބަރޮޓް ވިދާޅުވީ، އޭނާ އާއި އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީއާ މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ފޯނުން ގުޅުއްވައި، އަރާގްޗީއާ ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް ބަރޮޓް ވިދާޅުވި އެވެ. ހަމަ އެހެންމެ، މިކަމުގައި ފްރާންސް އިން ގެންގުޅޭ ސްޓޭންޑް، އަދި ފްރާންސްގެ މެސެޖު އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީއާ ހިއްސާ ކުރައްވާފައި ވާނެ ކަމަށް ވެސް ބަރޮޓް ވިދާޅުވި އެވެ.

މީގެ އިތުރުން، އެމެރިކާ އާއި އީރާންއާ ދެމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ފާހަގަ ކުރައްވަމުން ބަރޮޓް ވިދާޅުވީ، މިކަމުގައި އޭނާ ހުންނެވީ ވަރަށް ބޮޑަށް ސަމާލު ވެގެން ކަމަށެވެ. ނަމަވެސް، މިހާރު ފެންނަމުންދާ ހެޔޮ ބަދަލުތަކާ އެކު، ދެ ފަރާތުން ވެސް މި އެއްބަސްވުމަށް ވާސިލުވުމުގެ ޝައުޤުވެރިކަން ގެން ގުޅޭކަން އިޙުސާސް ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފްރާންސްގެ ފޮރިން މިނިސްޓަރު ބަރޮޓް އިތުރަށް ވިދާޅުވީ، ސަރަހައްދީ ހަމަޖެހުމަށްޓަކައި މި އެއްބަސްވުމަކީ ކޮންމެހެން މުހިންމު އެއްބަސްވުމެއް ކަމަށާއި، މި ފުރުސަތު ދޫކޮށް ނުލުމަށް ދެ ޤައުމުގެ ސަރުކާރަށް ބާރު އަޅުއްވާ ކަމަށެވެ. މި މަޝްވަރާ ތަކަކީ، ބައިނަލްއަޤުވާމީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފްރާންސް އިން ދެކެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ފްރާންސްޖީން ނޯއެލް ބެރޮޓް

އިތުރަށް ކިޔާލަން

13 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅީގެ ޙާލަތު ކުރިން އޮތް ގޮތަށް ނޯންނާނެ، ފީއެއް ނަގާނަން: އީރާންގެ ފޮރިން މިނިސްޓަރު

13 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅީގެ ޙާލަތު ކުރިން އޮތް ގޮތަށް ނޯންނާނެ، ފީއެއް ނަގާނަން: އީރާންގެ ފޮރިން މިނިސްޓަރު
13 ޖޫން 2026

އީރާން އިން ޒިންމާ އަދާ ކުރަން ޖެހޭނެ، އެހެން ނޫން ނަމަ ލުއި ތަކެއް ދިނުމެއް ނެތް: އެމެރިކާގެ ނައިބު ރައީސް

13 ޖޫން 2026
އީރާން އިން ޒިންމާ އަދާ ކުރަން ޖެހޭނެ، އެހެން ނޫން ނަމަ ލުއި ތަކެއް ދިނުމެއް ނެތް: އެމެރިކާގެ ނައިބު ރައީސް
13 ޖޫން 2026

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް އޮތް ދުވަސް ތަކުގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރަނީ

13 ޖޫން 2026
އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް އޮތް ދުވަސް ތަކުގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރަނީ
11 ޖޫން 2026

އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް

11 ޖޫން 2026
އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް
11 ޖޫން 2026

އިރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދެނީ

11 ޖޫން 2026
އިރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު