Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް އޮތް ދުވަސް ތަކުގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރަނީ

ނަން ހާމަ ނުކުރުމަށް އެދި މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އެ އޮފިޝަލް ވިދާޅުވީ، މަޝްވަރާ ކުރާ ޓީމުން މިހާރު ވަނީ ވަރަށް ރަނގަޅު ހިސާބަކަށް ކަންކަން ގެންގޮސްފައި ކަމަށް. އަދި މުޅިން އެއްބަސްވުން ފައިނަލް ނުވުމުގެ ރޮނގާ ހަމައަށް އަދި ނުދެވުނު ނަމަވެސް، އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖޫން 2026 | ހޮނިހިރު 03:18
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވެވި ކެބިނެޓުގެ ބައްދަލުވުމެއްގެ ތެރެއިން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވެވި ކެބިނެޓުގެ ބައްދަލުވުމެއްގެ ތެރެއިން. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ މައްސަލަ ތަކަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށާއި، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް ބެލެވޭ ކަމުގައި އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލަކު ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

ނަން ހާމަ ނުކުރުމަށް އެދި މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އެ އޮފިޝަލް ވިދާޅުވީ، މަޝްވަރާ ކުރާ ޓީމުން މިހާރު ވަނީ ވަރަށް ރަނގަޅު ހިސާބަކަށް ކަންކަން ގެންގޮސްފައި ކަމަށެވެ. އަދި މުޅިން އެއްބަސްވުން ފައިނަލް ނުވުމުގެ ރޮނގާ ހަމައަށް އަދި ނުދެވުނު ނަމަވެސް، އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މި އެއްބަސްވުމުގައި ހިމެނޭ ކަންކަމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ މައިގަނޑު މަގުސަދުތައް ހާސިލު ވާނެ ކަންކަން ކަމަށާއި، މީގެ ސަބަބުން ކަންކަން ވަރަށް ރަނގަޅު މިސްރާބަކަށް ދާނެ ކަމަށް ވެސް އެމެރިކާގެ އޮފިޝަލް ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން އެކުލަވާލާ ފަހުމުނާމާ ނުވަތަ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގެ ދަށުން، ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލުމަށާއި، އީރާންގެ ބަނދަރު ތަކަށް އެމެރިކާ އިން ކުރިމަތި ކޮށްފައިވާ ހުރަސްތައް ނައްތާލުމަށް ވަނީ ނިންމާފައި އެވެ. މީގެ އިތުރުން، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާއި، އެ ގައުމުގައި މަތީ ދަރަޖަ އަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމް އެ ގައުމުގައި ބަހައްޓައިގެން ނައްތާލުމަށް ފަހު، ގައުމުން ބޭރު ކުރުމަށް ވެސް މި އެއްބަސްވުމުގައި ހިމެނެ އެވެ.

އެއްބަސްވުމުގެ ކަންކަން ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާކަން ކަށަވަރު ކުރުމަށްޓަކައި، އީރާންގެ ނިއުކްލިއާ މަރުކަޒުތައް ބަލައި ފާސް ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށް ވެސް ވަނީ ހަމަޖެހިފައި އެވެ. އީރާން އިން މި އެއްބަސްވުމަށް ފުރިހަމަ އަށް އަމަލު ކުރާ ނަމަ، އެ ގައުމަށް ކުރިމަތި ވެފައިވާ އިގްތިސާދީ ދަތި ތަކުން ސަލާމަތްވުމަށްޓަކައި، ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމާއި ދަތި ކުރުމުގެ ފިޔަވަޅު ތަކަށް ލުއި ދިނުމަށް ވަނީ ނިންމާފައި އެވެ.

އެމެރިކާގެ އޮފިޝަލް އިތުރަށް ވިދާޅުވީ، ހަމައެކަނި އެމްއޯޔޫގައި ސޮއި ކުރުމުން ނުވަތަ މަޝްވަރާ ކުރުމުން އީރާން އަށް އެއްވެސް މާލީ ފައިދާއެއް ނުލިބޭނެ ކަމަށެވެ. އިގްތިސާދީ ގޮތުން އީރާން އަށް ލުއި ތަކެއް ލިބޭނީ އެއްބަސްވުމުގެ ދަށުން އެ ގައުމުން އުފުލަން ޖެހޭ ޒިންމާތައް އަދާ ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ވައުދު ވެފައިވާ ގޮތަށް ނިއުކްލިއާ މާއްދާތައް ހަވާލު ކުރުމާއި، ނިއުކްލިއާ މަރުކަޒުތައް އުވާލުމުން އެކަންކަމަށް ވަކިވަކިން އިނާޔަތްތައް ލިބިގެން ދާނެ ކަމަށް އޮފިޝަލް މައުލޫމާތު ދެއްވި އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޖޫން 2026

އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް

11 ޖޫން 2026
އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް
11 ޖޫން 2026

އިރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދެނީ

11 ޖޫން 2026
އިރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދެނީ
11 ޖޫން 2026

އީރާންގެ ސަބަބުން މަޝްވަރާގެ ދޮރު ބަންދުވާ ކަމަށް ޖީސީސީ އިން ބުނެފި

11 ޖޫން 2026
އީރާންގެ ސަބަބުން މަޝްވަރާގެ ދޮރު ބަންދުވާ ކަމަށް ޖީސީސީ އިން ބުނެފި
11 ޖޫން 2026

މެދު އިރުމަތީގެ ސަރަހައްދަކީ އެމެރިކާ އަށް "ނަރަކަ" އަށް ވާނެ ކަމަށް ބުނެ، އީރާންގެ ވަރުގަދަ އިންޒާރެއް

11 ޖޫން 2026
މެދު އިރުމަތީގެ ސަރަހައްދަކީ އެމެރިކާ އަށް "ނަރަކަ" އަށް ވާނެ ކަމަށް ބުނެ، އީރާންގެ ވަރުގަދަ އިންޒާރެއް
11 ޖޫން 2026

އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފި

11 ޖޫން 2026
އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު