Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ ޤައުމީ ޓީމު

މެސީ ލައްވާ ނުކުޅުވީ ރެސްޓު ކުރުވަން: ސްކަލޯނީ

އެ މެޗުގެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، މެސީ ހުރީ ވަރަށް ރަނގަޅު ޙާލަތުގައި ކަމަށާއި، މެސީގެ އަނިޔާގެ މައްސަލައެއް ނެތް ކަމަށް. ނަމަވެސް، އެ މެޗުގައި މެސީ ލައްވާ ނުކުޅުވީ މެސީ އަށް ރެސްޓު ދޭން ބޭނުންވާތީ ކަމަށް ސްކަލޯނީ ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2026 | ހޯމަ 06:35
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާ އިން ކުޅުނު ރަޙުމަތްތެރި ކަމުގެ މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ލައްވާ ނުކުޅުވީ، ރެސްޓު ކުރުވަން ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާ އިން ވަނީ ހޮންޑިއުރަސްއާ ދެކޮޅަށް މެޗެއް ކުޅެފައި އެވެ. އެ މެޗުން އާޖެންޓީނާ 2-0 އިން މޮޅުވިއިރު، އެ މެޗުގައި މެސީ ނުކުޅެ އެވެ. ނަމަވެސް، އެ މެޗުގެ ކުރިން މެސީ ވަނީ އާޖެންޓީނާ އާއެކު ފަރިތަކުރުން ތަކުގައި ބައިވެރިވެފައި އެވެ.

އެ މެޗުގެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، މެސީ ހުރީ ވަރަށް ރަނގަޅު ޙާލަތުގައި ކަމަށާއި، މެސީގެ އަނިޔާގެ މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް، އެ މެޗުގައި މެސީ ލައްވާ ނުކުޅުވީ މެސީ އަށް ރެސްޓު ދޭން ބޭނުންވާތީ ކަމަށް ސްކަލޯނީ ވަނީ ބުނެފައި އެވެ. ސްކަލޯނީ ބުނީ މެސީ އަކީ އާޖެންޓީނާގައި މުހިންމު ކުޅުންތެރިޔެއް ކަމަށާއި، އޭނާ ބޭނުން ވަނީ މެސީގެ އެންމެ ފުރިހަމަ ކުޅުން ފެންނަން ކަމަަށެވެ.

އާޖެންޓީނާ އިން ވޯލްޑް ކަޕަށް ދިޔުމުގެ ކުރިން މެސީ އަށް ވަނީ އަނިޔާވެފައި އެވެ. އެއީ އެމެރިކާ ލީގުގައި އިންޓަރ މިއާމީ އިން ކުޅުނު މެޗެއްގެ ތެރެއިންނެވެ. އެ މެޗުގައި މެސީގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާއިރު، އޭނާ ވަނީ ބަދަލު ކޮށްފައި އެވެ. އަދި މެސީ ވަނީ މެޑިކަލް އޮފިޝަލުންގެ އެހީތެރިކަން ހޯދައިފަ އެވެ. އެ މެޗަށް ފަހު ކުރިއަށް ގެންދިޔަ މެސީގެ މެޑިކަލް ރިޕޯޓު ތަކުން ދެއްކި ގޮތުގައި އޭނާ އަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވެ އެވެ.

އެ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން، އޭގެ ފަހުން އެއްވެސް މެޗެއްގައި މެސީ ކުޅެފައި ނުވެ އެވެ. މިއާމީ އިން ވެސް ބުނެފައި ވަނީ، މެސީގެ އަނިޔާ އަކީ މާ ސީރިއަސް އަނިޔާއެއް ނޫން ކަަމަށާއި، އަނިޔާ އަށް ފަހު މެސީ އަނބުރާ އަންނާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. އޭގެ ފަހުން މެސީ ވަނީ އާޖެންޓީނާގެ ޤައުމީ ޓީމާ އެކު، ވޯލްޑް ކަޕްގެ ތައްޔާރީތައް ފަށައިފަ އެވެ. 

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ ވޯލްޑް ކަޕަކީ، މެސީގެ ކެރިއަރުގައި އޭނާ ކުޅޭނެ ހަ ވަނަ ވޯލްޑް ކަޕް އެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރިއިރު، މެސީ ވަނީ އިސް ދައުރެއް އަދާ ކޮށްފައި އެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް މެސީ އެވެ. އާޖެންޓީނާ އިން މިއަހަރުގެ ވޯލްޑް ކަޕްގައި ތަށި ދިފާއު ކުރަން ނިކުންނައިރު، އެ ޓީމުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔަކަށް ވާނީ ވެސް މެސީ އެވެ.

ފީފާ ވާރލްޑް ކަޕް 2026އާޖެންޓީނާލިއޮނެލް މެސީ

އިތުރަށް ކިޔާލަން

07 ޖޫން 2026

ވޯލްޑް ކަޕަށް ދިޔަ އިރާގުގެ އައިމަން ޙުސެއިން އެމެރިކާގެ އެއާޕޯޓުގައި ހަތް ގަޑިއިރު ވަންދެން މަޑު ކުރުވައިފި

07 ޖޫން 2026
ވޯލްޑް ކަޕަށް ދިޔަ އިރާގުގެ އައިމަން ޙުސެއިން އެމެރިކާގެ އެއާޕޯޓުގައި ހަތް ގަޑިއިރު ވަންދެން މަޑު ކުރުވައިފި
04 ޖޫން 2026

ޕްރިންސަސް އޮފް އެސްޓޫރިއަސް އެވޯޑު މެސީ އަށް ދޭން ނިންމައިފި

04 ޖޫން 2026
ޕްރިންސަސް އޮފް އެސްޓޫރިއަސް އެވޯޑު މެސީ އަށް ދޭން ނިންމައިފި
20 މެއި 2026

ނޭމާ ބްރެޒިލްގެ ޤައުމީ ޓީމަށް، އަންޗެލޮޓީ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް

20 މެއި 2026
ނޭމާ ބްރެޒިލްގެ ޤައުމީ ޓީމަށް، އަންޗެލޮޓީ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް
16 މެއި 2026

ވޯލްޑް ކަޕާ ގުޅޭ މަޝްވަރާތައް ކުރުމަށް، ފީފާ އިން އީރާންއާ ބައްދަލު ކުރަނީ

16 މެއި 2026
ވޯލްޑް ކަޕާ ގުޅޭ މަޝްވަރާތައް ކުރުމަށް، ފީފާ އިން އީރާންއާ ބައްދަލު ކުރަނީ
10 މެއި 2026

މިއާމީ އިން ޓޮރޮންޓޯ ބަލި ކުރި މެޗުގައި، މެސީ އަށް ޚާއްސަ ރެކޯޑެއް

10 މެއި 2026
މިއާމީ އިން ޓޮރޮންޓޯ ބަލި ކުރި މެޗުގައި، މެސީ އަށް ޚާއްސަ ރެކޯޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު