Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ނޭމާ ބްރެޒިލްގެ ޤައުމީ ޓީމަށް، އަންޗެލޮޓީ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް

ބްރެޒިލްގެ ސްކޮޑުން ނޭމާ އަށް ފުރުސަތު ދިނުމަށް ފަހު އަންޗެލޮޓީ ބުނީ، ނޭމާ އަކީ ވޯލްޑް ކަޕްގައި ބްރެޒިލް އަށް ވަރަށް މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަމަށް ޤަބޫލު ކުރާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 04:32
ބެރެޒިލްގެ ކޯޗު އަންޗެލޮޓީ އާއި އެ ޓީމުގެ ތަރި ނޭމާ.

ބެރެޒިލްގެ ކޯޗު އަންޗެލޮޓީ އާއި އެ ޓީމުގެ ތަރި ނޭމާ. | ރޮއިޓާސް

އަންނަ ޖޫން މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ ފީފާ ވޯލްޑް ކަޕަށް ބްރެޒިލްގެ ޤައުމީ ޓީމުން އެކުލަވާލި ސްކޮޑުގައި، ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ ހިމަނައިފި އެވެ.

ކާލޯ އަންޗެލޮޓީ އެކުލަވާލި ސްކޮޑުން ނޭމާ އަށް ފުރުސަތު ދީފައިވާއިރު، މިއީ ގިނަ ބަޔަކު އިންތިޒާރު ކޮށްގެން ތިބި ކަމެކެވެ. ބްރެޒިލްގެ ޤައުމީ ޓީމުގައި ނޭމާ ހިމެނުމުން، މިއީ ތިން އަހަރު ދުވަހަށް ފަހު ބްރެޒިލްގެ ފައިނަލް ސްކޮޑުގައި ނޭމާ ހިމެނުނު ފުރަތަމަ ފަހަރެވެ. ފާއިތުވި ދުވަސް ތަކުގައި ނޭމާ އަށް ވަނީ އަނިޔާގެ ގިނަ މައްސަލަ ތަކެއް ކުރިމަތިވެފަ އެވެ.

ބްރެޒިލްގެ ސްކޮޑުން ނޭމާ އަށް ފުރުސަތު ދިނުމަށް ފަހު އަންޗެލޮޓީ ބުނީ، ނޭމާ އަކީ ވޯލްޑް ކަޕްގައި ބްރެޒިލް އަށް ވަރަށް މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އެގޮތުން އަންޗެލޮޓީ ބުނީ ނޭމާގެ ޙާލަތު ވަރަށް ގާތުން ބަލަމުން ގެންދިޔަ ކަމަށާއި، ފާއިތުވި އެއް އަހަރުގެ ތެރޭގައި އެކަން ކުރަމުން އައި ކަމަށެވެ. އަދި މި ފަހުން އައިސް ނޭމާ ހުރީ ވަރަށް ފިޓުކޮށް ކަމަށާއި، އޭނާ ދައްކަމުން އައީ މޮޅު ކުޅުމެއް ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

މިއީ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ބްރެޒިލް ކުޅޭ ފުރަތަމަ ވޯލްޑް ކަޕަށް ވާނެ އެވެ. އޭނާއާ ހަވާލު ކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ ވެސް ވޯލްޑް ކަޕްގައި ބްރެޒިލް އަށް ރަނގަޅު ނަތީޖާއެއް ހޯދައި ދިނުމެވެ. ވޯލްޑް ކަޕާ ގުޅޭ ގޮތުން އަންޗެލޮޓީ ބުނީ، ބްރެޒިލް އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި އެ ވާހަކަ އެހެން ބުނަން އެއްވެސް ގޮތަކަށް ބިރު ނުގަންނަ ކަމަށް ވެސް އަންޗެލޮޓީ ބުނެފައިވެ އެވެ. 

ނޭމާ ވަނީ ބްރެޒިލްގެ ޤައުމީ ޓީމަށް މިހާތަނަށް ކުޅެދިން 128 މެޗުގައި 79 ލަނޑު ޖަހައިފަ އެވެ. ނޭމާ އަކީ ބްރެޒިލްގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ނޭމާާ ވަނީ މީގެ ކުރިން 2014 ވަނަ އަހަރާއި، 2018 ވަނަ އަހަރު އަދި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ވެސް ބްރެޒިލްއާ އެކު ކުޅެފަ އެވެ. އެހެންކަމުން މިފަހަރު މިއީ ނޭމާ ކުޅޭނެ ހަތަރު ވަނަ ވޯލްޑް ކަޕް އެވެ. 

ފީފާ ވާރލްޑް ކަޕް 2026ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުނޭމާކާލޯ އަންޗެލޮޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯލްޑް ކަޕާ ގުޅޭ މަޝްވަރާތައް ކުރުމަށް، ފީފާ އިން އީރާންއާ ބައްދަލު ކުރަނީ

ވޯލްޑް ކަޕާ ގުޅޭ މަޝްވަރާތައް ކުރުމަށް، ފީފާ އިން އީރާންއާ ބައްދަލު ކުރަނީ

16 މެއި 2026
ވޯލްޑް ކަޕްގެ އިނާމު ފައިސާގެ އަދަދު ބޮޑު ކުރަން ފީފާ އިން ވިސްނަނީ

ވޯލްޑް ކަޕްގެ އިނާމު ފައިސާގެ އަދަދު ބޮޑު ކުރަން ފީފާ އިން ވިސްނަނީ

28 އެޕްރީލު 2026
ސްވެޑެން އަތުން ބަލިވެ، ލެވަންޑޯސްކީގެ ޕޮލެންޑު ވޯލްޑް ކަޕަށް ކޮލިފައި ނުވި

ސްވެޑެން އަތުން ބަލިވެ، ލެވަންޑޯސްކީގެ ޕޮލެންޑު ވޯލްޑް ކަޕަށް ކޮލިފައި ނުވި

01 އެޕްރީލު 2026
ބޮސްނިއާ އަތުން ބަލިވެ، އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު މިފަހަރު ވެސް ގެއްލިއްޖެ

ބޮސްނިއާ އަތުން ބަލިވެ، އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު މިފަހަރު ވެސް ގެއްލިއްޖެ

01 އެޕްރީލު 2026
ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

14 މާރިޗު 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު