Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕާ ގުޅޭ މަޝްވަރާތައް ކުރުމަށް، ފީފާ އިން އީރާންއާ ބައްދަލު ކުރަނީ

ބައްދަލުވުމުގައި އީރާންގެ ކުޅުންތެރިންނާއި، އޮފިޝަލުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ ގޮތުންނާއި، މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ވިސާގެ ކަންކަމާ ގުޅޭ ގޮތުން ފީފާ އިން މަޝްވަރާ ކުރާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މެއި 2026 | ހޮނިހިރު 09:43
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ. | ރޮއިޓާސް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ސެކްރެޓަރީ ޖެނަރަލް މަތިއަސް ގްރާފްސްޓްރޯމް އާއި އީރާންގެ ފުޓުބޯޅަ ފެޑެރޭޝަންގެ އިސްވެރިން ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރޮއިޓާސްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ތުރުކީގެ އިސްތަންބޫލްގަ އެވެ. މިއީ އަންނަ ޖޫން މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ ފީފާ ވޯލްޑް ކަޕާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. 

މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ، ވޯލްޑް ކަޕްގައި އީރާން އަށް ވާދަ ކުރުމުގެ ފުރުސަތު އޮތްކަން ޔަޤީންކޮށްދީ، އެކަމުގައި ހުރި ކަންބޮޑުވުން ތަކަށް ޙައްލެއް ހޯދުމެވެ. އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ވުމާ މެދު ސުވާލު އުފެދިފައި ވަނީ، މިދިޔަ ފެބްރުވަރީ މަހު އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެންނެވެ.

މިއަހަރުގެ ވޯލްޑް ކަޕް ކުރިއަށް ގެންދިޔުމަށް ފީފާ އިން ތާާވަލު ކޮށްފައި ވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން، ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި އީރާން އިން ކުޅެން ޖެހޭ ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް އޮތީ އެމެރިކާގަ އެވެ. ނަމަވެސް، އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ފަހަކަށް އައިސް ހިނގައިދިޔަ އަސްކަރީ ކުރިމަތިލުން ތަކުގެ ސަބަބުން، އީރާނުގެ ޓީމަށް އެމެރިކާ އަށް ދަތުރުުކޮށް މުބާރާތުގައި ބައިވެރިވުމަށް ވަނީ ގޮންޖެހުން ތަކެއް ކުރިމަތިވެފަ އެވެ. 

މި ބައްދަލުވުމުގައި އީރާންގެ ކުޅުންތެރިންނާއި، އޮފިޝަލުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ ގޮތުންނާއި، މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ވިސާގެ ކަންކަމާ ގުޅޭ ގޮތުން ފީފާ އިން މަޝްވަރާ ކުރާނެ އެވެ. ފީފާ އިން އަބަދު ވެސް މަސައްކަތް ކުރަނީ ސިޔާސީ މައްސަލަ ތަކުގެ ތެރެއަށް ފުޓުބޯޅަ ނުވެއްދުން ކަމަށް ވީ ނަމަވެސް، މިފަހަރުގެ ޙާލަތަކީ ސީދާ މުބާރާތް ބާއްވާ ޤައުމާއި ވާދަލުރާ ޤައުމަކާ ދެމެދު އުފެދިފައިވާ އަސްކަރީ ހަމަނުޖެހުމަކަށް ވާތީ، މިއީ ފީފާ އަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. 

ތުރުކީގެ އިސްތަންބޫލްގައި ބާއްވާ މި ބައްދަލުވުމުން ނިކުންނަ ނަތީޖާ އަކަށް އީރާންގެ ފުޓުބޯޅަ ސަޕޯޓަރުންނާއި، ބައިނަލްއަޤުވާމީ ފުޓުބޯޅަ މުޖުތަަމައު އިން އަންނަނީ ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ. އީރާން އަކީ އޭޝިއާ ބައްރުގެ ފުޓުބޯޅައިގެ ގަދަ ބާރަކަށް ވާއިރު، އެ ޤައުމު މުބާރާތުގައި ބައިވެރި ނުވުމަކީ ވޯލްޑް ކަޕްގެ ފޯރި އަށް ވެސް އުނިކަން އަންނާނެ ކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ. 

ފީފާފީފާ ވާރލްޑް ކަޕް 2026އީރާން

އިތުރަށް ކިޔާލަން

09 މެއި 2026

ފީފާ ފުޓްސަލް ރޭންކިންގެ 99 ވަނައިގައި ދިވެހި ރާއްޖެ

09 މެއި 2026
ފީފާ ފުޓްސަލް ރޭންކިންގެ 99 ވަނައިގައި ދިވެހި ރާއްޖެ
07 މެއި 2026

އާންމުކޮށް ފެނިފައި ނުވާ އީރާނުގެ އައު ރޫހާނީ ލީޑަރާ ބައްދަލު ކުރެއްވި ކަމަށް އީރާނުގެ ރައީސް ވިދާޅުވެއްޖެ

07 މެއި 2026
އާންމުކޮށް ފެނިފައި ނުވާ އީރާނުގެ އައު ރޫހާނީ ލީޑަރާ ބައްދަލު ކުރެއްވި ކަމަށް އީރާނުގެ ރައީސް ވިދާޅުވެއްޖެ
07 މެއި 2026

ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

07 މެއި 2026
ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި
05 މެއި 2026

ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން

05 މެއި 2026
ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން
04 މެއި 2026

އެމެރިކާ އިން ހިފެހެއްޓި އީރާނުގެ ބޯޓުގެ 22 ފަޅުވެރިން ޕާކިސްތާނާ ހަވާލު ކޮށްފި

04 މެއި 2026
އެމެރިކާ އިން ހިފެހެއްޓި އީރާނުގެ ބޯޓުގެ 22 ފަޅުވެރިން ޕާކިސްތާނާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު