Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް

ވޯލްޑް ކަޕަށް ދިޔަ އިރާގުގެ އައިމަން ޙުސެއިން އެމެރިކާގެ އެއާޕޯޓުގައި ހަތް ގަޑިއިރު ވަންދެން މަޑު ކުރުވައިފި

އައިމަން ޙުސެއިންއާ ސުވާލު ކުރުމުގެ ތެރޭގައި އޭނާގެ ފޯނު ވެސް ބަލައި ޗެކްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނޭ. ގިނަ އިރު ތަކެއް ވަންދެން ސުވާލު ކުރުމަށް ފަހު އައިމަން ޙުސެއިން އެމެރިކާ އަށް އެތެރެވުމުގެ ހުއްދަ ދިން ނަމަވެސް، ޓީމާ އެކު ދިޔަ ފޮޓޯގްރާފަރު ޠަލާލް ޞަލާޙު ވަނީ އެމެރިކާ އަށް އެތެރެވިޔަ ނުދީ ހިފަހައްޓާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖޫން 2026 | އާދީއްތަ 06:17
އިރާގުގެ އައިމަން ޙުސެއިން އެމެރިކާގެ އެއާޕޯޓުގައި ހިފަހައްޓައި، އޭނާއާ ސުވާލު ކުރަނީ.

އިރާގުގެ އައިމަން ޙުސެއިން އެމެރިކާގެ އެއާޕޯޓުގައި ހިފަހައްޓައި، އޭނާއާ ސުވާލު ކުރަނީ. | ސޯޝަލް މީޑިއާ

ފީފާ ވާރލްޑް ކަޕްގައި ވާދަ ކުރުމަށް އިރާގުގެ ޤައުމީ ޓީމު އެމެރިކާ އަށް ދިޔުމުން، އެ ޓީމުގެ އައިމަން ޙުސެއިން އެމެރިކާގެ އެއާޕޯޓުގައި ހަތް ގަޑިިއިރު ވަންދެން މަޑު ކުރުވައި ސުވާލު ކޮށްފި އެވެ.

އިރާގުގެ އޮލިމްޕިކް ކޮމެޓީގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޗިކާގޯގެ އޯހެއާ އެއާޕޯޓަށް އިރާގުގެ ޓީމު ފޭބުމާ އެކު، އައިމަން ޙުސެއިން ވަނީ ހިފަހައްޓައިފަ އެވެ. އޭނާ ހިފެހެއްޓުމަށް ފަހު، ގާތް ގަނޑަކަށް ހަތް ގަޑިއިރު ވަންދެން އޭނާއާ ސުވާލު ކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައި އެވެ. 

އައިމަން ޙުސެއިންއާ ސުވާލު ކުރުމުގެ ތެރޭގައި އޭނާގެ ފޯނު ވެސް ބަލައި ޗެކްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ގިނަ އިރު ތަކެއް ވަންދެން ސުވާލު ކުރުމަށް ފަހު އައިމަން ޙުސެއިން އެމެރިކާ އަށް އެތެރެވުމުގެ ހުއްދަ ދިން ނަމަވެސް، ޓީމާ އެކު ދިޔަ ފޮޓޯގްރާފަރު ޠަލާލް ޞަލާޙު ވަނީ އެމެރިކާ އަށް އެތެރެވިޔަ ނުދީ ހިފަހައްޓައިފަ އެވެ. 

އޮފިޝަލް މައުލޫމާތު ދިން ގޮތުގައި ފޮޓޯގްރާފަރު ޠަލާލް، 10 ގަޑިއިރަށް ވުރެ ގިނައިރު ހިފެހެއްޓުމަށް ފަހު، އޭނާގެ ފޯނު ވެސް ބަލައި ފާސްކޮށް، އެންމެ ފަހުން ވަނީ އެމެރިކާ އަށް އެތެރެވުން މަނާކޮށް އަނބުރާ ފޮނުވާލައިފަ އެވެ. މި ހާދިސާއާ ގުޅިގެން އިރާގުގެ ފުޓުބޯޅަ އެސޯސިއޭޝަން އާއި، އައިމަން ޙުސެއިންގެ ފަރާތުން މިހާތަނަށް ރަސްމީ އެއްޗެއް ބުނެފައި ނުވެ އެވެ. އަދި އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އަދި ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓް އިން ވެސް މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައި ނުވެ އެވެ. 

އިރާގުގެ ޓީމު އެމެރިކާ އަށް ދިޔަ ވަގުތަކީ ވަރަށް ހެނދުނުގެ ވަގުތަކަށް ވީ ނަމަވެސް، ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އިރާގުގެ ޤައުމީ ދިދަ ހިފައިގެން ޓީމަށް މަރުޙަބާ ކިޔުމަށް އެއާޕޯޓަށް ގޮސްފައި އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި ސަޕޯޓަރުން ވަނީ ކުޅުންތެރިންނާ އެކު ފޮޓޯ ނަގައި ހިތްވަރު ދީފައި އެވެ. 

އުމުރުން 30 އަހަރުގެ އައިމަން ޙުސެއިން އަކީ އިރާގު ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔާ އެވެ. މިއީ ވޭތުވެ ދިޔަ 40 އަހަރުގެ ތެރޭގައި އިރާގުން ވޯލްޑް ކަޕްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. އިރާގުގެ ފޯވާޑް ލައިންގައި އައިމަން ޙުސެއިންގެ އިތުރުން، އިޕްސްވިޗް ޓައުންގެ އަލީ އަލް ހަމާދީ އާއި ހުނަރުވެރި ޒުވާން ކުޅުންތެރިން ކަމަށްވާ އަލީ ޖާސިމް އަދި ޔޫސުފް އަމީން ހިމެނެ އެވެ.

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ ވޯލްޑް ކަޕް ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އިރާގު ހިމެނެނީ ގުރޫޕް އައިގަ އެވެ. މި ގުރޫޕުގައި އިރާގުގެ އިތުރުން ދެން ހިމެނެނީ ފްރާންސް، ސެނެގާލް އަދި ނޯވޭ އެވެ.

ފީފާ ވާރލްޑް ކަޕް 2026އިރާގު

އިތުރަށް ކިޔާލަން

22 މެއި 2026

އީރާނަށް ހަމަލާ ދިނުމަށް އިރާގުގައި އިޒްރޭލުން ސިއްރު އަސްކަރީ މަރުކަޒެއް އޮޕަރޭޓް ކުރިކަން ފަޅާ އަރައިފި

22 މެއި 2026
އީރާނަށް ހަމަލާ ދިނުމަށް އިރާގުގައި އިޒްރޭލުން ސިއްރު އަސްކަރީ މަރުކަޒެއް އޮޕަރޭޓް ކުރިކަން ފަޅާ އަރައިފި
20 މެއި 2026

ނޭމާ ބްރެޒިލްގެ ޤައުމީ ޓީމަށް، އަންޗެލޮޓީ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް

20 މެއި 2026
ނޭމާ ބްރެޒިލްގެ ޤައުމީ ޓީމަށް، އަންޗެލޮޓީ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް
17 މެއި 2026

އިރާގުގެ އައު ބޮޑު ވަޒީރު އަލް ޒައިދީ ރަސްމީކޮށް މަގާމާ ހަވާލުވެ ވަޑައިގެންފި

17 މެއި 2026
އިރާގުގެ އައު ބޮޑު ވަޒީރު އަލް ޒައިދީ ރަސްމީކޮށް މަގާމާ ހަވާލުވެ ވަޑައިގެންފި
16 މެއި 2026

ވޯލްޑް ކަޕާ ގުޅޭ މަޝްވަރާތައް ކުރުމަށް، ފީފާ އިން އީރާންއާ ބައްދަލު ކުރަނީ

16 މެއި 2026
ވޯލްޑް ކަޕާ ގުޅޭ މަޝްވަރާތައް ކުރުމަށް، ފީފާ އިން އީރާންއާ ބައްދަލު ކުރަނީ
10 މެއި 2026

އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި

10 މެއި 2026
އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު