Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޭސް ނުލިބޭ މައްސަލަ

މިހާރު ބޭސް ލިބޭ، ނުލިބެނީ ފަރުވާ: ޒިޔާދު

ރާއްޖޭގެ ބޭސްފިހާރަތަކުން އާންމު ބޭސްތަކާއި ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސް ނުލިބޭ މައްސަލަ ބޮޑުވެފައިވާއިރު، މިކަމަށް އެދެވޭ ހައްލެއް ހޯދައިދިނުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ. ބޭހުގެ ދަތިކަން ހައްލުކުރުމަށް އާ ކުންފުންޏެއް އުފައްދައި އެކި ފިޔަވަޅުތައް އެޅި ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ފަރުވާ ނުލިބޭކަމުގެ ޝަކުވާ ވަނީ އިންތިހާއަށް އިތުރުވެފަ. މި މައްސަލާގައި ސަރުކާރުން ކުރިން ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިކަމަށް މިހާރުގެ ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ އެއްބަސްވެވަޑައިގެންފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 5 ޖޫން 2026 | ހުކުރު 14:33
 ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު | ރާއްޖެ އެމްވީ

ބޭސް ފިހާރައަށް ދިއުމުން ބޭސް ލިބޭ ކަމަށާ ނަމަވެސް ނުލިބެނީ ފަރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލައަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. މިކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން މިކަން ހައްލު ކޮށްދިނުމަށް މަސައްކަތް ކޮށްފައި ނުވާކަން މެންބަރު ފާހަގަކުރެއްވި އެވެ. 

Advertisement - newsAdvertisement

ޒިޔާދު ވަނީ މި މައްސަލަ ހައްލު ކުރުމަށްޓަކައި ހެލްތު މިނިސްޓަރު ގީލާ އަލީ ޑޮކްޓަރުންނަށް ފާމަސީގައި ހުރި ބޭސް ދިނުމަށް އަންގަވާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މެންބަރު ވިދާޅުވީ ޑޮކްޓަރަށް ނުދިޔަ ނަމަވެސް ބޭސް ލިބޭ ކަމަށެވެ. ނަމަވެސް ނުލިބެނީ ފަރުވާ ކަމަށް ވިދާޅުވެފަ އެވެ. 

އައު ވަޒީރު މިހާރު ބޭހުގެ މައްސަލަ ހައްލު ކޮށްފި. ވަޒީރު ވިދާޅުވިތާ މިހާރު ޑޮކްޓަރުންނަށް ތިމަންނަ އަންގައިފީމޭ ބޭސް ފިހާރައިގަ ހުރި ބޭސް ދޭން. އެއީ ރައްޔިތު މީހާ އަށް ފަސޭހަ ގޮތޭ. ބޭސް ހޯދަން. އޭރަށް ކޮންމެހެން ނުޖެހޭނެތާ ޑޮކްޓަރަށް ދައްކާކަށް. ބޭސް ފިހާރަ އަށް ގޮސް ބުންޏަސް އެމީހުން ކައިރީގަ ބުންޏަސް ބޭސް ދޭނުހޭ. މީގަ ނުލިބޭނެ އެއްޗަކީ ފަރުވާ. ބޭސް މިހާރު ލިބޭނެ. މިހާރު ބައްޔަށް ފަރުވާ ނުލިބެނީ.
 ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. ނުލިބިގެން ގިނަ ފަހަރަށް ރައްޔިތުން އުޅެނީ ވެސް ބޮޑެތި ބަލިތަކުގެ ބޭސް ނޫން ކަމަށާ ނުލިބެނީ އާންމުކޮށް ކާ ބޭސް ކަމަށެވެ. ޚާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭސް ނުލިބޭ ކަމަށް މެންބަރު ވިދާޅުވި އެވެ. 

ބޭސް ނުލިބުމުގެ މައްސަލަ އަކީ ރާއްޖޭގައި ދިގު މުއްދަތަކަށް ދެމިއޮތް މައްސަލައެކެވެ. ގިނަ ބަލިމީހުން ބޭސް ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް ބޭސްތައް ފާމަސީތަކުން ނުލިބި ދަތިވެފައިވެ އެވެ. ޚާއްސަކޮށް ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސްތައް ނުލިބުމަކީ ބަލިމީހުންނަށް ބޮޑު ދަތިކަމެއް ކަމަށް ވެފައިވެ އެވެ.

ބޭހުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މީގެ ކުރިންވެސް އެކިއެކި ޑެޑްލައިންތައް ދީފައިވެއެވެ. އެގޮތުން މި ސަރުކާރުން އާސަންދަ ނިޒާމު ރީފޯމް ކުރުމަށްކަމަށް ބުނެ ގެނައި އެކި ބަދަލުތަކާއެކު އާއްމު ގޮތެއްގައި ބޭނުންކުރާ ގިނަ ބޭސްތައް ނުލިބޭ މައްސަލަ ބޮޑުވެ، އާންމު ރައްޔިތުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

ނަމަވެސް ރައްޔިތުންގެ މިކަންބޮޑުވުންތަކަށް މާ ބޮޑު އަހައްމިއްޔަތު ކަމެއް ނުދީ ސަރުކާރުން ދިޔައީ ބޭސް ލިބޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. މިފަހުން އިސްތިއުފާ ދެއްވި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ވަރަށް ބޮޑަށް މިމައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި ބޭހުގެ މައްސަލައަށް 100 އިންސައްތަ އަށް ހައްލު ނުވާތީ ރައްޔިތުން ޝަކުވާ ކުރަނީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ބޭހުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އައު ކުންފުންޏެއް އުފައްދައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އިން ބޭސް ވެސް ވަނީ ގެންނަން ފަށާފަ އެވެ. ނަމަވެސް، މިހާތަނަށް މި ކުންފުނީގެ ސަބަބުން ބޭސް ލިބުމުގެ ދަތިކަމަށް އެދެވޭ ބަދަލެއް އައިސްފައެއް ނުވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 445 ފާމަސީ ހުރި ނަމަވެސް، ގިނަ ރަށްރަށުގެ ފާމަސީތަކުން އަސާސީ ބޭސްތައް ނުލިބުމުގެ ޝަކުވާ އަށް ނިމުމެއް ނެތެވެ. 

ސަރުކާރަށް މި ވީހާ ދުވަހު މި މައްސަލާގައި ވެސް ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރުމަށް ފަހު، މެއި މަހުގެ 26 ވީ އާދިއްތަ ދުވަހު ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިހާރުގެ ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ ރާއްޖެއަށް ބޭސް ލިބުމުގައި އަދިވެސް ބޮޑެތި ދަތިތަކެއް ހުރިކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ގީލާ އަލީއަބްދުﷲ ނާޒިމް އިބްރާހިމްސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްއާސަންދަ ނިޒާމުބޭސް ނުލިބޭ މައްސަލަޙުސެއިން ޒިޔާދު (ފިއްޓޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީރެއްގެ ފެންވަރުގައި އަނެއްކާވެސް ނާޒިމް ސަރުކާރަށް

ވަޒީރެއްގެ ފެންވަރުގައި އަނެއްކާވެސް ނާޒިމް ސަރުކާރަށް

05 ޖޫން 2026
ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް

ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް

31 މެއި 2026
ބޭހުގެ މައްސަލަ އެއްކޮށް ޙައްލު ކުރުމަށް ރައީސްގެ ޑެޑްލައިނެއް، ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ބޭހުގެ މައްސަލަ ޙައްލުވާނެކަމަށް!

ބޭހުގެ މައްސަލަ އެއްކޮށް ޙައްލު ކުރުމަށް ރައީސްގެ ޑެޑްލައިނެއް، ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ބޭހުގެ މައްސަލަ ޙައްލުވާނެކަމަށް!

24 މެއި 2026
އޭޑީއެޗްޑީ ބޭސް ނުލިބޭ މައްސަލަ އެމްޑީޕީގެ މެންބަރު ކުޑޫ ހުށަަހަޅައި މަސައްކަތް ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ރައީސް މުއިއްޒުގެ ގަރާރަކުން އެކަން ކުރައްވަން ނިންމަވައިފި

އޭޑީއެޗްޑީ ބޭސް ނުލިބޭ މައްސަލަ އެމްޑީޕީގެ މެންބަރު ކުޑޫ ހުށަަހަޅައި މަސައްކަތް ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ރައީސް މުއިއްޒުގެ ގަރާރަކުން އެކަން ކުރައްވަން ނިންމަވައިފި

12 މެއި 2026
ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.

ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.

27 އެޕްރީލު 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު