Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިމަބިހި ވެކްސިން ކެމްޕޭން

ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި

30 މެއި 2026 | ހޮނިހިރު 05:40

ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެންނަން ފެށުމާ ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ ފަރާތްތަކަށް ޚާއްޞަ ވެކްސިން ކެމްޕޭނެއް ފެށުމަށް އެޗްޕީއޭއިން ދަނީ ތައްޔާރުވަމުން. މި ބަލި ޖެހިފައިވާ މީހުންނާ ސީދާ ދިމާވި ފަރާތްތަކަށް މިހާރުވެސް ވެކްސިން ދޭން ފަށާފައިވާއިރު، މާލެ ސަރަހައްދުން މިހާތަނަށް ނުވަ މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ. އެހެންކަމުން ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން ފުރިހަމަކުރިކަމުގެ ލިޔެކިޔުން ނެތް ފަރާތްތަކުންވެސް ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް އެ އެޖެންސީން އިލްތިމާސްކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 30 މެއި 2026 | ހޮނިހިރު 05:40
ރާއްޖޭގައި ހިމަބިހީގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިއްހީ މަސައްކަތްތެރިން ހިމަބިހީގެ ވެކްސިން ދެނީ.

ރާއްޖޭގައި ހިމަބިހީގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިއްހީ މަސައްކަތްތެރިން ހިމަބިހީގެ ވެކްސިން ދެނީ. | ރާއްޖެއެމްވީ

ރާއްޖެ އިން ނައްތާލެވިފައިވާ ކަމަށް 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ހިމަބިހި ނުވަތަ މީސެލްސް އަނެއްކާވެސް ރާއްޖެއިން ފެންނަން ފަށާފައިވާތީ، ހިމަބިހީގެ ވެކްސިން ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައި ފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމުން އެކަން ދަމަހައްޓައި، ބަލީގެ ނުރައްކާ ހާލަތަކަށް ދިޔުމުގެ ފުރުސަތު އޮތް މީހުން މަދުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހެއްގެ ގޭގައި އުޅޭ މީހުންނަށް ނުވަތަ ޑައިރެކްޓް ކޮންޓެކްޓްސް އަށް މިހާރުވެސް ވެކްސިން ދޭން ފަށާފައިވާކަމަށް އެޗްޕީއޭގެ އޮފިޝަލް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރަނީ ކުރިއަށް އޮތް ދުވަސްކޮޅުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރެވި ތިބި އާންމުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިހާރު ކުރިޔަށް ދަނީ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހިމަބިހީގެ ވެކްސިން އަށް އެމްއާރް ވެކްސިން އަދި އެމްއާރްއައިގެ ދެ ޑޯޒު އަންނަނީ ދެމުންނެވެ. އެހެންނަމަވެސް މިވެކްސިންތައް ދީފައިވާކަން ކަށަވަރުކުރެވޭ ލިޔެކިޔުމެއް ނެތްނަމަ، އެންމެ ރައްކާތެރިގޮތަކީ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުންކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ހިމަބިއްސަކީ ވެކްސިން ދީގެން ރައްކާތެރިވެވޭ ބައްޔަކަށް ވާއިރު، ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ރާއްޖޭގައި އެމްއާރު ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިރާއްޖެ އަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، ފަހަކަށް އައިސް މި ބަލީގެ ކޭސްތައް ރާއްޖެއިން ދަނީ ފެންނަމުންނެވެ.

މި މެއި މަހު މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެޗްޕީއޭ އިން މިހާރު ދަނީ އެފަރާތްތަކާއި ބައްދަލުވި ފަރާތްތައް ދެނެގަނެ، އެފަރާތްތަކުގެ ޓެސްޓު ހެދުމާއި އަދި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މާލެ ސަރަހައްދުން 9 ފަރާތެއް ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފަ އެވެ.

ހިމަބިހި އަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔަކަށްވާތީ، ސިއްހީ ފަރުވާދޭ ފަރާތްތަކުން އިލްތިމާސްކުރަނީ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށެވެ.

ހިމަބިހިދުނިޔޭގެ ސިއްހަތު ޖަމިއްޔާއެޗް.ޕީ.އޭމާލެއެމްއާރް ވެކްސިން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 މެއި 2026

ގަމުގައި ކަރަންޓުގައި ޖެހުނު 14 އަހަރުގެ ކުއްޖާ ވެންޓިލޭޓަރުން ނަގައިފި

30 މެއި 2026
ގަމުގައި ކަރަންޓުގައި ޖެހުނު 14 އަހަރުގެ ކުއްޖާ ވެންޓިލޭޓަރުން ނަގައިފި
29 މެއި 2026

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި

29 މެއި 2026
އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި
29 މެއި 2026

ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި

29 މެއި 2026
ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި
27 މެއި 2026

ގަމުގައި ކަރަންޓު ޖެހިގެން ހާލުދެރަވި 14 އަހަރުގެ ކުއްޖަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފި

27 މެއި 2026
ގަމުގައި ކަރަންޓު ޖެހިގެން ހާލުދެރަވި 14 އަހަރުގެ ކުއްޖަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފި
27 މެއި 2026

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރި، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި 500 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ

27 މެއި 2026
ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރި، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި 500 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ
26 މެއި 2026

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 9 ކޭސް

26 މެއި 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 9 ކޭސް
24 މެއި 2026

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް ޅާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭގެ އިލްތިމާސެއް!

24 މެއި 2026
ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް ޅާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭގެ އިލްތިމާސެއް!
23 މެއި 2026

ބިމާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 ގެ ނިޔަލަށް އިތުރުކޮށްދީފި

23 މެއި 2026
ބިމާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 ގެ ނިޔަލަށް އިތުރުކޮށްދީފި
23 މެއި 2026

ރާއްޖޭން ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފި

23 މެއި 2026
ރާއްޖޭން ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފި
22 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް