Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުން

ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް

31 މެއި 2026 | އާދީއްތަ 14:26

މި ކެމްޕޭނުގެ ދަށުން ސްކޫލްތަކާއި ޒުވާނުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުމުގެ އިތުރުން، ދުންފަތުގެ ވިޔަފާރިކުރެވޭ އެންމެ ހަގު އުމުރު 21 އަހަރަށް ބަދަލުކޮށް ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަށް ވަނީ ނިންމާފަ. ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގައި އާންމުންނާއި ޖަމިއްޔާތަކުގެ ބައިވެރިވުން މުހިންމުކަން ސަރުކާރުން ފާހަގަކުރޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 31 މެއި 2026 | އާދީއްތަ 14:26
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ރައީސް އޮފީސް

ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމުގެ ގޮތުން 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް ސަރުކާރުން ލޯންޗްކޮށްފި އެވެ.

އާދިއްތަ ދުވަހު އެ ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. 

Advertisement - newsAdvertisement

ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާއި ގުޅިގެން ސަރުކާރުގެ 4 ވުޒާރާއަކުން ގުޅިގެން ބޭއވްި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކެމްޕެއިން ލޯންޗްކުރުން އިއުލާންކުރެއްވީ ސިއްޙަތާއި ޢާއިލާ އާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

އެކަމަނާ ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުވާލައްވާފަ އެވެ. އަދި މިހާތަނަށް ވެސް އެފަދަ މުހިންމު މަސައްކަތްތަކެއް ސަރުކާރުން ވަނީ ކޮށްފައި ކަމަށާއި ޖެނެރޭޝަނަލް ބޭން އަކީ އެފަދަ ފިޔަވަޅެއް ކަަމަށް ގީލާ ވިދާޅުވި އެވެ. މިފަދަ މަސައްކަތެއް ކުރިއަށް ގެންދާ އިރު ދިމާވާ ގޮންޖެހުންތަކަށް ވެސް އެކަމަނާ އަލިއަޅުވާލެއްވި އެވެ. އަދި 5 އަހަރަށް މި ކެމްޕެއިން ދެމިގެންދާ ސަބަބު ސާފުކޮށްދެއްވާފައިވެ އެވެ. މީގެ އިތުރުން ސިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން މި ކެމްޕެއިން ކުރިއަށް ގެންދަން ނިންމަވާފައިވާ ކަަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

"މިފަދަ ކަމެއްގައި ކެމްޕެއިނެއް ރޯލް އައުޓް ކުރެވިގެންދާ އިރު ސަރުކާރާއި ރައްޔިތުން އަދި  ޖަމިއްޔާ ޖަމާޢާތްތަކާޢި ރައްޔިތުން އެކަމުގައި ބައިވެރިވުން މުހިންމު. މިފަދަ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ސާބިތުވެ ދައްކުވައިދީފައިވޭ." ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.

މި ކެމްޕެއިންގެ ތެރެއިން އާއްމުން ހޭލުންތެރިކުރުމުގެ އިތުރުން އެކި އިނާޔަތްތަކާއި ލުއިތައް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ސްކޫލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ތައުލީމީ ވަޒީރު  އިސްމާޢީލް ޝަފީޢު ވަނީ ހުރިހާ ސްކޫލެއްގައި ވެސް ދުންފަތުގެ ނުރައްކާ ސިއްހީ ގޮތުންނާއި އިގްތިސާދީ ގޮތުން ލިބޭ ގެއްލުންތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

މީގެ އިތުރުން ކުޅިވަރާއި މާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ މިކަމާއި ގުޅިގެން ޒުވާނުންގެ އިސްނެގުމާއި އެކު ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި އެޑްވޮކަސީ ޕްރޮގްރާމްތަކެއް ކުރިއަށް ރޭވިފައިވާކަން ވަނީ ފާހަގަކުރައްވާފަ އެވެ. 

ދުންފަތުގެ އިސްތިއުމާލުކުރުން މަދު ކުރުމަށް ދުންފަތުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ. އަދި ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ގީލާ އަލީއިސްމާއިލް ޝަފީއުއަބްދުﷲ ރާފިއުދުންފަތު އިސްތިއުމާލުކުރުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

31 މެއި 2026

ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން މަޝްވަރާ ކުރަނީ، އެންމެނަށް އެއްބަސްވެވޭނަމަ ގާނޫނަށް އިސްލާހު ގެންނާނެ: މިނިސްޓަރު އިހުސާން

31 މެއި 2026
ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން މަޝްވަރާ ކުރަނީ، އެންމެނަށް އެއްބަސްވެވޭނަމަ ގާނޫނަށް އިސްލާހު ގެންނާނެ: މިނިސްޓަރު އިހުސާން
24 މެއި 2026

ބޭހުގެ މައްސަލަ އެއްކޮށް ޙައްލު ކުރުމަށް ރައީސްގެ ޑެޑްލައިނެއް، ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ބޭހުގެ މައްސަލަ ޙައްލުވާނެކަމަށް!

24 މެއި 2026
ބޭހުގެ މައްސަލަ އެއްކޮށް ޙައްލު ކުރުމަށް ރައީސްގެ ޑެޑްލައިނެއް، ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ބޭހުގެ މައްސަލަ ޙައްލުވާނެކަމަށް!
27 އެޕްރީލު 2026

ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.

27 އެޕްރީލު 2026
ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.
27 އެޕްރީލު 2026

ބޭސް ނުލިބުމުގެ މައްސަލައަށް މިނިސްޓަރު ގީލާ ދެއްކެވި މެޖިކް ހައްލު!

27 އެޕްރީލު 2026
ބޭސް ނުލިބުމުގެ މައްސަލައަށް މިނިސްޓަރު ގީލާ ދެއްކެވި މެޖިކް ހައްލު!
23 ޖެނުއަރީ 2026

ބިން ހަވާލުކުރިތާ 9 މަސް: ނ. އަތޮޅު ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ނުގޮސް، އެ ސަރަހައްދު ވިނަ ހެދެން ދޫކޮށްލާފައި

23 ޖެނުއަރީ 2026
ބިން ހަވާލުކުރިތާ 9 މަސް: ނ. އަތޮޅު ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ނުގޮސް، އެ ސަރަހައްދު ވިނަ ހެދެން ދޫކޮށްލާފައި
13 ނޮވެމްބަރު 2025

2016 ވަނަ އަހަރުން ފެށިގެން ރޭސިންގެ ހަރަކާތެއް ނުހިންގާ ޖަމިއްޔާއެއް އެންޑޯޒް ކޮށްދިނުމަށް މިނިސްޓަރު ރާފިއު މަސައްކަތް ކޮށްފި

13 ނޮވެމްބަރު 2025
2016 ވަނަ އަހަރުން ފެށިގެން ރޭސިންގެ ހަރަކާތެއް ނުހިންގާ ޖަމިއްޔާއެއް އެންޑޯޒް ކޮށްދިނުމަށް މިނިސްޓަރު ރާފިއު މަސައްކަތް ކޮށްފި
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
12 ސެޕްޓެމްބަރު 2025

ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

12 ސެޕްޓެމްބަރު 2025
ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި
24 ޖޫން 2025

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ ކޮންމެ މީހަކަށް ފައިސާގެ އިނާމެއް ދޭން ވިސްނަނީ

24 ޖޫން 2025
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ ކޮންމެ މީހަކަށް ފައިސާގެ އިނާމެއް ދޭން ވިސްނަނީ
13 އެޕްރީލު 2025

ގައިން ގަޔަށް ނާރާ ބަލިތައް ފެތުރި، ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތު އިސްތިއުމާލު ކުރުން: ރައީސް މުއިއްޒު

13 އެޕްރީލު 2025
ގައިން ގަޔަށް ނާރާ ބަލިތައް ފެތުރި، ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތު އިސްތިއުމާލު ކުރުން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް