Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިމަބިހި ކޭސް އިތުރުވުން

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 9 ކޭސް

ރާއްޖެއިން ފެނުނު ހިމަބިހީގެ ކޭސްތަކާ ގުޅިގެން 128 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާއިރު، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި "ރިންގް ވެކްސިން" ދިނުމުގެ މަސައްކަތް އެޗްޕީއޭ އިން ވަނީ ފަށާފަ. ވައިގެ މަގުން ހަލުވިކަމާއެކު ފެތުރޭ މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ވެކްސިން ފުރިހަމަކުރުމަށް އެ އެޖެންސީން އިލްތިމާސްކުރޭ. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 26 މެއި 2026 | އަންގާރަ 14:29
ރާއްޖެ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މާލެއިން ދެ ކޭސް ފެނިފައިވުމާ ގުޅިގެން، ހަށިގަނޑުގައި ފެންނަ ރަތް ބިހިތަކާއެކު ހިމަބިހީގެ އަލާމާތްތައް ދައްކާ ބަލި މީހަކު ޑޮކްޓަރަށް ދެއްކުން.

ރާއްޖެ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މާލެއިން ދެ ކޭސް ފެނިފައިވުމާ ގުޅިގެން، ހަށިގަނޑުގައި ފެންނަ ރަތް ބިހިތަކާއެކު ހިމަބިހީގެ އަލާމާތްތައް ދައްކާ ބަލި މީހަކު ޑޮކްޓަރަށް ދެއްކުން. | ރާއްޖެއެމްވީ

ދިވެހިރާއްޖެއިން މީސެލްސް ނުވަތަ ހިމަބިއްސަށް ފައްސިވެފައިވާ އިތުރު ދެ މީހަކު ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށް ފިއެވެ.

އެ އެޖެންސީން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމުލަ ނުވަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ވެސް ހިމެނެ އެވެ.

އެޗްޕީއޭ އިން އާންމުކުރި ހިމަބިހީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ފެނުނު ކޭސްތަކާ ގުޅިގެން 128 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަކުރެވިފަ އެވެ. އަދި މި ބައްޔަށް ޝައްކުކުރެވޭ އިތުރު ފަސް ކޭހެއްގެ އިންވެސްޓިގޭޝަން ނުވަތަ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އެ އެޖެންސީން މައުލޫމާތު ދެއެވެ.

ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭ އިން އަންނަނީ ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށާއި، ބަލިޖެހުނު މީހުންނާ ގާތުން އެއްތާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، މި ވޭދަނަތައް މޮނިޓަރކޮށް، ހިމަބިހި ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށާއި، ބަލިޖެހުނު ފަރާތްތައް ދިރިއުޅޭ ސަރަހައްދުތަކުގައި "ރިންގް ވެކްސިން" ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

ބަލީގެ އަލާމާތްތަކާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނީ، ހިމަބިހި ޖެހުމުން ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައި ކަމަށެވެ. އެއަށްފަހު މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ނަގަން ފަށާނެއެވެ. މި ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރެނީ ބިހި ނެގުމުގެ ހަތަރު ދުވަސް ކުރިން ފެށިގެން، ބިހި ނެގުމަށްފަހު ހަތަރު ދުވަސް ހަމަވަންދެންނެވެ. މިއީ ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ވައިގެ މަގުން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ.

އެހެންކަމުން، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އަންގާފަ އެވެ.

ހިމަބިއްސަކީ ވެކްސިން ދީގެން ރައްކާތެރިވެވޭ ބައްޔަކަށް ވާއިރު، ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ރާއްޖޭގައި އެމްއާރު ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރު އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، ފަހަކަށް އައިސް މި ބަލީގެ ކޭސްތައް ރާއްޖެއިން ދަނީ ފެންނަމުންނެވެ.

ހިމަބިހިއެޗް.ޕީ.އޭއެމްއާރް ވެކްސިންދުނިޔޭގެ ސިއްހަތު ޖަމިއްޔާ

އިތުރަށް ކިޔާލަން

24 މެއި 2026

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް ޅާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭގެ އިލްތިމާސެއް!

24 މެއި 2026
ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް ޅާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭގެ އިލްތިމާސެއް!
23 މެއި 2026

ރާއްޖޭން ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފި

23 މެއި 2026
ރާއްޖޭން ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފި
20 މެއި 2026

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 7 ކޭސް ފެނުނު އިރު 74 ކޮންޓެކްޓުން ފާހަގަކުރެވިއްޖެ

20 މެއި 2026
މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 7 ކޭސް ފެނުނު އިރު 74 ކޮންޓެކްޓުން ފާހަގަކުރެވިއްޖެ
20 މެއި 2026

ކޮންގޯއިން 131 މީހުން މަރުވެ، އެބޯލާ ގެ ބިރުވެރިކަން އިތުރުވަނީ

20 މެއި 2026
ކޮންގޯއިން 131 މީހުން މަރުވެ، އެބޯލާ ގެ ބިރުވެރިކަން އިތުރުވަނީ
17 މެއި 2026

ކޮންގޯގައި ފެތުރޭ އެބޯލާ އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި

17 މެއި 2026
ކޮންގޯގައި ފެތުރޭ އެބޯލާ އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު