Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ

އިންޑިއާގެ ޓަމިލްނާޑޫގެ ޗީފް މިނިސްޓަރު ކަމުގެ ހުވާ ވިޖޭ ކުރައްވައިފި

ވިޖޭ އަށް ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ލިބުނީ ކޮންގްރެސް ޕާޓީ އާއި، ސީޕީއައި، ސީޕީއައި-އެމް، ވީސީކޭ އަދި އައިޔޫއެމްއެލް ފަދަ ކުދި ޕާޓީ ތަކުގެ ތާއީދާ އެކު ޖުމުލަ 120 މެމްބަރުންގެ ތާއީދު ހަމަ ކުރެއްވުމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މެއި 2026 | އާދީއްތަ 11:27
ޓަމިލްނާޑޫގެ އައު ޗީފް މިނިސްޓަރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު، އިންޑިއާގެ ތަމަޅަ ފިލްމީ ތަރި ސީ ޖޯސެފް ވިޖޭ ވާހަކަ ދައްކަވަނީ.

ޓަމިލްނާޑޫގެ އައު ޗީފް މިނިސްޓަރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު، އިންޑިއާގެ ތަމަޅަ ފިލްމީ ތަރި ސީ ޖޯސެފް ވިޖޭ ވާހަކަ ދައްކަވަނީ. | ގެޓީ އިމޭޖަސް

އިންޑިއާގެ ތަމަޅަ ފިލްމީ ތަރި ސީ ޖޯސެފް ވިޖޭ، ޓަމިލްނާޑޫގެ އައު ޗީފް މިނިސްޓަރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

ޗީފް މިނިސްޓަރުގެ ހުވާ ވިޖޭ ކުރައްވާފައި ވަނީ އާދީއްތަ ދުވަހު އެވެ. މިއާ އެކު، އެ ސްޓޭޓުގެ ސަރުކާރު އެކުލަވާލުމާ މެދު އުފެދިފައި އޮތް ސިޔާސީ ނުތަނަވަސްކަން ވަނީ ނިމުމަކަށް އައިސްފަ އެވެ. 

ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައި ވިޖޭ އާއެކު، ނުވަ މިނިސްޓަރަކު ވަނީ މަގާމުގެ ހުވާ ކުރައްވައިފަ އެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ އިތުރުން، ފިލްމީ ދާއިރާގެ މަޝްހޫރު ފަރާތްތަކާއި ވިޔަފާރިވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ. 

އުމުރުން 51 އަހަރުގެ ވިޖޭ އަށް ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ލިބުނީ، ގަވަރުނަރު ރާޖެންދުރަ ވިޝްވަނާތު އަރްލޭކަރްއާ ހަތަރު ދުވަސް ތެރޭގައި، ހަތަރު ފަހަރު ބައްދަލު ކުރައްވައި ބޭނުންވާ އަދަދަށް މެމްބަރުންގެ ތާއީދު އޮތް ކަމަށް ސާބިތު ކޮށްދެއްވުމުންނެވެ. 

މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުގައި ވިޖޭ އަލަށް އުފެއްދި ޕާޓީ، ތަމަޅަގަ ޕެޓްރީ ކަޒަގަމް (ޓީވީކޭ) އިން ވަނީ 108 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް، 234 މެމްބަރުން ހިމެނޭ އެސެމްބްލީގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 118 ގޮނޑި ހަމަ ކުރުމަށް ވިޖޭގެ ޕާޓީ އަށް 10 ގޮނޑި މަދުވި އެވެ. 

އެހެންކަމުން ގަވަރުނަރު އެންމެ ފުރަތަމަ ނިންމެވީ ސަރުކާރު އެކުލަވާލުމުގެ ކުރިން ތާއީދު އޮތް ކަމުގެ ލިޔުންތައް ހުށަހެޅުމަށެވެ. ވިޖޭ އަށް ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ލިބުނީ ކޮންގްރެސް ޕާޓީ އާއި، ސީޕީއައި، ސީޕީއައި-އެމް، ވީސީކޭ އަދި އައިޔޫއެމްއެލް ފަދަ ކުދި ޕާޓީ ތަކުގެ ތާއީދާ އެކު ޖުމުލަ 120 މެމްބަރުންގެ ތާއީދު ހަމަ ކުރެއްވުމުންނެވެ. 

ޓަމިލް ނާޑޫގެ ސިޔާސީ މަސްރަހުގައި އެތައް އަހަރެއް ވަންދެން ރަސްކަން ކުރަމުން އައި ޑީއެމްކޭ އަދި އޭއައިއޭޑީއެމްކޭގޭ ބާރު ވިޖޭ ވަނީ އިންތިޚާބުގައި ގެއްލުވާލައްވައިފަ އެވެ. ޚާއްސަކޮށް މިހާރު ވެރިކަމުގަައި އޮތް އެމްކޭ ސްޓާލިންގެ ޑީއެމްކޭ ބަލިކޮށް، ޓީވީކޭ އިން ހޯދި ކާމިޔާބީ އަކީ ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ހައިރާން ކޮށްލި ނަތީޖާ އެކެވެ. ވިޖޭގެ މި ކުރިއެރުން ގިނަ ބަޔަކު މިސާލު ކުރަނީ، 1977 ވަނަ އަހަރު އަމިއްލަ ޕާޓީއެއް އުފައްދަވައި، ވެރިކަމަށް ވަޑައިގެންނެވީ މަޝްހޫރު އެކްޓަރު އެމްޖީ ރާމަޗަންދުރަންއާ އެވެ. 

އާންމުންގެ މެދުގައި "ތަލަޕަތީ" ނުވަތަ ކޮމާންޑަރުގެ ނަމުން މަޝްހޫރުވެފައިވާ ވިޖޭ އަކީ، އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ފިލްމީ ތަރި އެވެ. އޭނާ ވަނީ މިހާތަނަށް 69 ފިލްމެއްގައި މަސައްކަތް ކުރައްވައިފަ އެވެ. 2024 ވަނަ އަހަރު ޓީވީކޭ އުފެއްދެވުމަށް ފަހު ވިޖޭ އިއުލާން ކުރެއްވީ، ސިޔާސީ ދާއިރާ އަށް ފުރިހަމަ އަށް ވަގުތު ދެއްވުމަށްޓަކައި ފިލްމީ މަސައްކަތް ތަކުން ރިޓަޔާ ކުރައްވާނެ ކަމަށެވެ. ޒުވާނުންނާއި، އަންހެނުންގެ މެދުގައި ބޮޑު މަޤުބޫލު ކަމެއް އޮތް ވިޖޭ އަކީ، ޓަމިލް ނާޑޫގެ ސިޔާސީ ތާރީޚުގައި ފިލްމީ ދާއިރާ އިން ވެރި ކަމަށް ވަޑައިގެންނެވި އެލްޖީއާރު އަދި ޖަޔަލަލީތާ ފަދަ ޝަޚުސިއްޔަތު ތަކުގެ ފިޔަވަޅު މަތިން ހިންގަވާ ބޭފުޅެކެވެ. 

މަސްދަރު: ބީބީސީ

އިންޑިއާސީ. ޖޯސެފް ވިޖޭތަމިލަގާ ވެޓްރީ ކަޒަގަމްޓެމިލް ނާޑޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖޫން މަހު ހަމަވާ 50 މިލިއަން ޑޮލަރުގެ ބޮންޑަށް، އިންޑިއާ އަށް ދައްކަންޖެހޭ ފައިސާ ރިޒާވްގައި ނެތް: ރައީސް ނަޝީދު

ޖޫން މަހު ހަމަވާ 50 މިލިއަން ޑޮލަރުގެ ބޮންޑަށް، އިންޑިއާ އަށް ދައްކަންޖެހޭ ފައިސާ ރިޒާވްގައި ނެތް: ރައީސް ނަޝީދު

09 މެއި 2026
ޗާގޯސް މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ ގުޅުން ގޯސްވުން: އިންޑިއާގެ ނުފޫޒަށް ބޮޑު އިމްތިހާނެއް.

ޗާގޯސް މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ ގުޅުން ގޯސްވުން: އިންޑިއާގެ ނުފޫޒަށް ބޮޑު އިމްތިހާނެއް.

07 މެއި 2026
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މުއިއްޒުއަށް ފޮނުވާ ސިޓީ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މުއިއްޒުއަށް ފޮނުވާ ސިޓީ.

03 މެއި 2026
ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު

ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު

28 އެޕްރީލު 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށް ބަންދުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށް ބަންދުކޮށްފި

17 އެޕްރީލު 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު