Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށް ބަންދުކޮށްފި

ރާއްޖެއަށް 2.4 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ދެމަފިރިންގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފި. މި މައްސަލައިގައި ހިމެނޭ އަންހެން މީހާ ތަހުގީގަށް އެއްބާރުލުންދީ ދައުލަތުގެ ހެއްކަކަށް ވާން ބޭނުންވާކަން ހާމަކޮށްފައިވާއިރު، ފުލުހުން ބުނެފައި ވަނީ މި ދެމީހުން ގެނައި ލަގެޖުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް. މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އާއި ފިލާފާނެ ކަމުގެ އިހުތިމާލު އޮތުމުން މި ދެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައިވޭ.

މަޚްތޫމް
މަޚްތޫމް | 17 އެޕްރީލު 2026 | ހުކުރު 09:27
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު | ރާއްޖެއެމްވީ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ދެމަފިރިއަކު ހައްޔަރުކޮށް ބަންދުކޮށްފި އެވެ. 

މަސްތުވާތަކެތީގެ މައްސަލައިގައި އިންޑިއާގެ ދެމަފިރިން ކަމަށްވާ ކްރިސް އެމްބްރޯސިޔާ (27އ) އަދި އިމްރާން ޕާޝާ (33އ) ހައްޔަރުކޮށް ބަންދު ކުރީ ބުރާސްފަތި ދުވަހު އެވެ. މި ދެމީހުންގެ މައްޗަށް ކުރަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތެވެ. ދެމީހުންގެ ބަންދަށް ވެސް ދީފައިވަނީ 30 ދުވަހެވެ. 

ބަންދު އަމުރުގައި ބުނެފައި ވަނީ މި ދެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. މައްސަލައިގައި ފެނިފައިވާ ލަގެޖުން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނުނުކަމާމެދު ދިފާޢުން ސުވާލު އުފައްދާފައި ނުވެއެވެ. އަދި މި މައްސަލައިގައި އިމްރާން ގެނައި ލަގެޖުގައި މަސްތުވާތަކެތި ހުރިކަން އެނގެ އެވެ. އަދި މި ދެމީހުންނާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ފޯމާއި ސީންއަށްދިޔަ ފުލުހެއްގެ ބަޔާނާއި ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓް ހެކީގެ ގޮތުގައި ހުށަހަޅައިފައިވެ އެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އާއި، 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ދެމީހުން ބަންދުން ދޫކޮށްލައިފި ނަމަ ފިލާފާނެކަމުގެ އިޙްތިމާލު އޮތުމުންނާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބައިތިއްބަން ޖެހޭކަމަށް ދެކޭ ކަމަށެވެ. 

ކޯޓު އަމުރުން އިނގޭގޮތުގައި މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 2.4 ކިލޯ ގްރާމް އެވެ. މި މައްސަލައިގައި ހައްޔަރު ކުރި އިމްރާން ރާއްޖެއަށް އައިސްފައި ވަނީ މީނާގެ އަނބިމީހާ (ކްރިސްއެމްބްރޯސިޔާ) އާއި އެކުގައި ކަމަށާއި ދެ މީހުންގެ ލަގެޖުން ވެސް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހި ފެނުނުކަމަށް ފުލުހުން ބުނެފައިވާއިރު، މީނާގެ ފަރާތުން ލަގެޖުން މި ތަކެތި ފެނުނުކަމާމެދު ސުވާލެއް އުފައްދާފައިނުވެ އެވެ. ނަމަވެސް އެ ތަކެތި ހުރިކަން މީނާއަށް އެނގޭކަމާ މެދު ސުވާލު އުފައްދާފައިވެ އެވެ. 

އެމްބްރޯސިޔާގެ ބަންދު އަމުރުގައި ބުނެފައި ވަނީ މީނާ ރާއްޖެއަށް އައިސްފައި ވަނީ މީނާ ކައިވެނި ކުރަން އުޅޭ މީހާ އާ އެކުގައި ކަމަށާއި ދެ ލަގެޖުން ވެސް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހި ފެނުނުކަމަށް ފުލުހުން ބުނެފައިވާއިރު، މީނާގެ ފަރާތުން މައްސަލައި ގައި ހިމެނޭ ލަގެޖުގައި ހުރިތަކެތީގެ ހަޤީޤަތް އެނގޭނީ އިމްރާން ޕާޝާ އަށް ކަމަށް ބުނެފައިވެ އެވެ. އަދި މީނާގެ ފަރާތުން ތަޙްޤީޤަށް އެއްބާރުލުން ދޭނެކަމަށާއި މި މައްސަލައިގައި ދައުލަތުގެ ހެއްކަކަށް ވާން ބޭނުންވާކަމަށް ބުނެފައިވެ އެވެ. 

ކްރިސް އެމްބްރޯސިޔާއިމްރާން ޕާޝާއިންޑިއާމަސްތުވާތަކެތިމޯލްޑިވްސް ކަސްޓަމްސް ސާރވިސް

އިތުރަށް ކިޔާލަން

17 އެޕްރީލު 2026

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރާ މަސައްކަތް ހުއްޓާލަން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

17 އެޕްރީލު 2026
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރާ މަސައްކަތް ހުއްޓާލަން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި
13 އެޕްރީލު 2026

ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާއިން 2027 އާ ހަމައަށް އިތުރުކޮށްފި

13 އެޕްރީލު 2026
ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާއިން 2027 އާ ހަމައަށް އިތުރުކޮށްފި
12 އެޕްރީލު 2026

ބޮލީވުޑްގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

12 އެޕްރީލު 2026
ބޮލީވުޑްގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ
08 އެޕްރީލު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފި

08 އެޕްރީލު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފި
07 އެޕްރީލު 2026

ރާއްޖެ އަށް ދެ ކިލޯ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ އަންހެނަކު ހައްޔަރުކޮށްފި

07 އެޕްރީލު 2026
ރާއްޖެ އަށް ދެ ކިލޯ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު