Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މުއިއްޒުއަށް ފޮނުވާ ސިޓީ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ރާއްޖޭގެ ނޫސްވެރިންނަށް ހިމާޔަތްތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ނޫހެއްގެ އިދާރާއަށް ފުރަތަމަ ފަހަރަށް ޓީޒާގަން އާ އެކު ވަދެފައިވާއިރުއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 3 މެއި 2026 | އާދީއްތަ 07:14
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅާއި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނޫސްވެރިން ދެންނެވި ސުވާލުތަކާއި، އެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުތައް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅާއި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނޫސްވެރިން ދެންނެވި ސުވާލުތަކާއި، އެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުތައް | ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ ޑރ މުއިއްޒަށް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ސަނާއާ ތައުރީފް އޮއްސާލާކަށް މަށަކު ނެތީމެވެ. އެވަރު ކުރާން ޖެހޭހާ ނޫސްވެރިންނަށް ހިތްހެޔޮކަމެއް ބަހައްޓަވާ މީހެއްގެ ގޮތުގައެއް އަހަރެން ނުދެކެވެ. އެކަމަކު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން އަހަރެން މިސިޓީ މިފޮނުވާލަނީ ބައެއް ކަންކަން ބުނެދޭން ޖެހޭކަން މިވަގުތައް އަހަރެންގެ ޟަމީރު އަހަރެންނަށް އުނދަގޫކުރާވަރުން އެނޫން ގޮތެއް ނެތިގެންނެވެ. ފަހަރެއްގައިވެސް ދުވަހާ ގުޅިގެން މާމެލާމެލިން މާބޮނޑި ހަދައިގެން ޝުކުރުގެ ތަރާތައް ވެދުންކުރަން ޖެހޭވަރުގެ ވެރިއެއްގެ ގޮތުގައި ދެކިގެނެއް ނޫނެވެ.

ސިޓީ ފަށަމުންވެސް މުއިއްޒުގެ ހާލަތާމެދު އަހަރެންވެސް ކަންބޮޑުވެ ހަމްދަރުދީވަމެވެ. މިހާރު ހިލިގެން އުޅޭ ގުޖަޑުގަނޑުގެ ސަބަބުން އުޅުއްވާނެ ހާލު މަށަށްވެސް އިހްސާސް ކުރެވެއެވެ. އެކަމަކު އަނބިކަނބަލުންވެސް އެކަމާ ގުޅޭގޮތުން މިހާތަނަށް އެއްޗެއް ވިދާޅު ނުވާއިރު މަވެސް އެވާހަކަ ނަގަނަގައިގެން ދައްކާކަށް ނެތީމެވެ. އެވާހަކަ އެދެއްކި މަންޖެ އެދެއްކި ވާހަކަތަކަކާ މަށަކާވެސް ވާކަމަކަށް ނުވާތީއާވެސް އެކުގައެވެ.

މުއިއްޒޫއެވެ. ދުވަހާ ގުޅިގެން ތިޔަ ދެއްވި ޚިތާބުގައި ދެއްވާނެ ކަމަށް ތިޔަވިދާޅުވާ ހިމާޔަތް ނުދެއްވިއަސް މަށަށް ވަރިހަމައެވެ. އެއަށްވުރެ ބޮޑަށް ކުރިން އޮތްގޮތައް ބާއްވައިދިނުމަށް މާ ބޮޑަށް އެދި އާދޭސް ކުރަމެވެ. ސީދާ މުތުލަގަށް ކަންކުރައްވާނެ ކަމަށް ކުރިން ވިދާޅުވި ގޮތައް ކަންކޮށްދެއްވިއްޔާ މާ ރަނގަޅެވެ.

މުއިއްޒޫއެވެ. ރިޔާސީ އިންތިޚާބަށް ފައިނަގައިގެން އުޅުއްވުއިރު މަހުރީ ވަރަށްވެސް އުފަލުންނެވެ. ހާމަ ކުރައްވާނެކަމަށް ވިދާޅުވިލެއް ބޮޑުކަމުންނެވެ. ރޯހިތު ހެދިފައި ހާމަކުރުންތައް ހާމަކުރަމުންދިޔަ އޭރުގެ ބައެއް ނޫސްވެރިންގެ މަސައްކަތައް ހިތްވަރުދީ ބާރަށް މުއިއްޒު އަތްވެސް ޖެއްސެވީތީއެވެ. އިންޑިޔާ ސިފައިން ތިބި ތަންތަނަށް ގޮސް އެމީހުންގެ ފަހަތުން ދުވެ ފޮޓޯ ނަގައި، ވީޑިއޯކޮށް އެމީހުންގެ ދަށުވެފައިތިބި ދިވެހި ސިފައިންގެ ހާލަތު ގެނެސްދޭން އެވެރިންނަށް މުއިއްޒު އެދުވަހު ދެއްވި ހިތްވަރު މިއަދުވެސް ދެއްވާނެ ކަމަށެވެ. ސިއްރު ކުރާނެ އެއްވެސް އެއްޗެއް ނުބާއްވާނެ ކަމަށާއި އިބުރާހީމުމެން ހަދާފައިވާ ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭ ހުރިހާ އެއްބަސްވުންތައް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވީމައެވެ. ހާމަކުރުމާއި މައުލޫމާތު ލިބުމަކީ އަހަރެމެން މިކުރާ މަސައްކަތައްވެސް ނުހަނު މުހިއްމު ކަމަކަށްވީތީއެވެ.

މުއިއްޒޫއެވެ. އެކަމަކު ކަން ތިޔަ ކުރައްވަނީ ދިމާ އިދިކޮޅަށެވެ. ވެރިކަމުގެ ދައުރު މެދު ފަހަނައަޅާ ދާއިރުވެސް އެކަންކަން ތިޔަ ހެއްދެވީ ކަނޑުގައި އަޅާލި ރޮނގަކަށެވެ. ރުކަށް އެރި މީހާގެ ނަދުރަށް އެކަންވެ ނިމިއްޖެއެވެ. ކުރިން ކީހާ ޅެން މިހާރު ތިޔަވަނީ ފަރިއްސަކަށް ހައްދަވާފައެވެ. މިހާރު ގިނައީ ސިއްރެވެ. ސިއްރު ނުކުރާ އޮތީ މަދު ކަމެކެވެ. އަމުދުން ކުރީގެ އެއްބަސްވުންތައް ހާމަ ނުކުރެއްވި ތާނގައި ފަހުން ސޮއިއެޅި އެއްބަސްވުންތައްވެސް ތިޔަވަނީ ބޮޑު ސިއްރަކަށް ހައްދަވާފައެވެ.

މުއިއްޒޫއެވެ. މުއިއްޒުގެ ސިއްރުކުރުންގަނޑު ނޭނގޭ ހަމަ އެކަކުވެސް މިހާރަކު ނެތެވެ. ފަލާހު ކިތައްމެ ވަރަކަށް މޭގައި އަތް ޖައްސަވާފައި އަދި ފަޅައިގެންދާވަރަށް މޭޒުމަތީގައި އަތްޖައްސަވާފައި ހުވާކުރައްވަން ތައްޔާރުވިއަސް ވަރިހަމައެވެ. މަނިކުފާނާ މަނިކުފާނުގެ ސިއްރުކުރުން ފަހުމް ނުވާ މީހަކު، ބޮލެއް މައްޗަކަށް ނުހުންނާނެއެވެ. އޭގެ ދިރިދިރިއޮތް މިސާލަކީ ސިޔާސީ މުވައްޒަފުންގެ އަދަދާއި އެއީ ކޮންބައެއްކަން ހާމަކޮށްލަން ކެރިވަޑައި ނުގަތް ތިޔައުޅުއްވާ އުޅުއްމެވެ.

މުއިއްޒޫއެވެ. ނޫސްވެރިންނަށް އެންމެ މުހިއްމު އެއްޗަކީ މައުލޫމާތު ލިބުމެވެ. އެވެރިންނަށް ހަގީގީ ނޫސްވެރިކަން ކުރެވެނީ މައުލޫމާތު ލިބިގެންނެވެ. ޚާއްޞަކޮށް ސަރުކާރުގެ ވާހަކަތައް ރައްޔިތުންނާ ހަމައަށް ގެނެސްދެވޭނެ އެންމެ ހެޔޮގޮތަކީ މައުލޫމާތު ލިބުމެވެ. އެކަމަކު މިހެން ބުނީމާ އަނެއްކާ އަނެއް ނޫސް ކޮންފަރެންސް ބާއްވާ މުޅިދުވަސް އެކަމުގައި ދުއްވާލިއަކަސް އަދި ކަމަކު ނުދާނެއެވެ. މުއިއްޒުވެސް މުއިއްޒުގެ ވަޒީރުންވެސް އެފަދަ ކޮންފަރެންސެއް ބާއްވައިފިއްޔާ އޭގައި ތިޔަ ދައްކަވަނީ ދައްކަވާނެ ވާހަކައެކެވެ. ނޫސްވެރިން ކުރާ ސުވާލަކަށް ކޯފާއިސްކުރައްވައިގެން މީހާ ތުރުތުރު އަޅާ ހާލުގައި ހުންނަވައިގެން ތިޔަ ދައްކަވަނީ މުޅިން އެހެން ވާހަކަތަކެކެވެ. ސީދާ ނޫސްވެރިއާއަށް ޖައްސަވާލައްވައި ތިޔަ ދައްކަވާ ވާހަކަތަކުގެ މައުލޫމާތުގެ ދޮގުކަން ފަހުން ތިޔަ އަޅުއްވަނީ އެހެން މީހުންގެ ބޮލުގައެވެ.

މުއިއްޒޫއެވެ. ނިންމާލާނަމެވެ. އަނެއްކާވެސް ފަށްފަށްކޮށްލާނަމެވެ. ހެޔޮ ނުވާނެއެވެ. ތިޔަ ވިދާޅުވާވަރުގެ ހިމާޔަތް ދެއްވަން ނުހައްދަވާށެވެ. ގިނިދުށްމީހާ ރަތްމަލަށް ބިރުގަންނަ ފަދައިން މިހާރުވެސް އެހިމާޔަތް ދެކެ ބިރު އެބަ ގަނެއެވެ. ރާއްޖޭގައި ފުރަތަމަފަހަރަށް ނޫހުއްގެ އިދާރާއަކަށް ފުލުހުން ވައިދައިގެން އެތާހުރިއްޔާ ހުރި އެއްޗެއް ތިޔަ ގެންދެވީ މުއިއްޒުގެ ސަރުކާރުގައެވެ. ސޯފާއެއް ގެންގުޅޭ މުޒާހަރާއެއް ލައިވް ކުރުން ޓީވީ ޗެނަލްއަކަށް ހުއްޓާލަން އަންގަވާފައެވެ. ގެނެސްދިން ލަވައެއްގެ މަންޒަރުތަކާއި އޭގައި ކިޔާ އެއްޗަކާ ގަޔާ ނުވާތީ އެލަވަ ދެއްކުންވެސް ހުއްޓުވީ މުއިއްޒުގެ ސަރުކާރުންނެވެ. ޖިނާއީ ތަހުގީގަކަށް ޓީޒާ ގަން ހިފައިގެން ނޫހެއްގެ އިދާރާއަށްވެސް ފުލުހުން ތިޔަ ވެއްދީ މުއިއްޒުގެ ސަރުކާރުގައެވެ.

ހޯހޯއެވެ. އިތުރަށް ހިމާޔަތް ދެއްވަން ނުހައްދަވާށެވެ. ތިޔަ ހިމާޔަތާހެދި މަށަކުވާ ބިރު ގަނެއެވެ. ތިޔަ ހިމާތާ އިނާޔަތާ، ސަރުކާރުން ފައިސާ ދީގެން ފަސްބައި ރީތިކުރަން ގެންގުޅޭ ކުދިކުދި އޮންލައިން ނޫސްތަކަށް ދެއްވައިގެން ފުއްދަވާ ލައްވާށެވެ. ހެދޭ ހަޑި ފިލުވައި މޫނުމަތި ރީތިކުރުމަށް ތިޔަ ގެންގުޅުއްވާ ސިޔާސީ ކުދިންކޮޅަށާއި އެކުދިން އެހިންގާ އަންޑަރގްރައުންޑް ސައިޓްތަކަށް ދެއްވާށެވެ.

މުއިއްޒޫއެވެ. ތިޔަ ހިމާޔަތް ނުދެއްވިއަސް އަހަރެމެން މިކަން ކުރާނީ ތިޔަ ވިދާޅުވާ ޒިންމާދާރު ކަމާއެކު އަޚްލާގީ މިންގަނޑުގެ ތެރެއިންނެވެ. މުއިއްޒުވިދާޅުވިއަސް ނުވިއަސް މެއެވެ. ވަރަށް ސަލާމެވެ.

ޑރ. މުއިއްޒުޕްރެސް ފްރީޑަމްއިންޑިއާފަލާޙު

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

03 މެއި 2026
ސީރިއަސްލީ ތަރުޖަމާނު؟ ވަރަށް ސެލެކްޓިވް ދެއްތޯ؟

ސީރިއަސްލީ ތަރުޖަމާނު؟ ވަރަށް ސެލެކްޓިވް ދެއްތޯ؟

01 މެއި 2026
ނުފޫޒުން ބޭރުން "އައިޝާ" ޑޮކިއުމެންޓްރީ ގެ މައްސަލަ ތަހުގީގު ކުރަން، ހާއްސަ އިންވެސްޓިގޭޓަރ އެއް އައްޔަންކުރަން ޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު އަބްދުﷲ ދީދީ

ނުފޫޒުން ބޭރުން "އައިޝާ" ޑޮކިއުމެންޓްރީ ގެ މައްސަލަ ތަހުގީގު ކުރަން، ހާއްސަ އިންވެސްޓިގޭޓަރ އެއް އައްޔަންކުރަން ޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު އަބްދުﷲ ދީދީ

30 އެޕްރީލު 2026
ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި

ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި

30 އެޕްރީލު 2026
ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

29 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު