Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮންޑު ދެއްކުން

ޖޫން މަހު ހަމަވާ 50 މިލިއަން ޑޮލަރުގެ ބޮންޑަށް، އިންޑިއާ އަށް ދައްކަންޖެހޭ ފައިސާ ރިޒާވްގައި ނެތް: ރައީސް ނަޝީދު

9 މެއި 2026 | ހޮނިހިރު 11:06

މި މައްސަލައަށް އޮތް ހައްލަކީ ސަރުކާރުގެ ބޭކާރު އިސްރާފުތައް ހުއްޓާލައި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ގަބޫލުކުރާ ފަދަ ހަރުދަނާ އިގްތިސާދީ ޕްރޮގްރާމެއް އެކުލަވާލުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި. ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ވަކި ޚާއްޞަ އިގްތިސާދީ ޕްރޮގްރާމެއް ހުށަހަޅައިގެން، އެ ޕްރޮގްރާމުގެ ތެރެއިން މިކަމަށް ހައްލެއް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް. އަދި ބޭރުގެ އެހީތެރިކަން ހޯދުމުގައި ދައުލަތުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 9 މެއި 2026 | ހޮނިހިރު 11:06
އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާ ގެ ނިއުދިއްލީ ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަަނީ

އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާ ގެ ނިއުދިއްލީ ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަަނީ | ރާއްޖެ އެމްވީ

ރާއްޖެ އިން އިންޑިއާ އަށް ވިއްކާފައިވާ 50 މިލިއަން ޑޮލަރުގެ ބޮންޑަށް މި ފެށޭ ޖޫން މަހު ފައިސާ ދައްކަން ޖެހޭއިރު، އެ ފައިސާ ދެއްކޭނެ ފަދަ މާލީ ތަނަވަސްކަމެއް ދައުލަތުގެ ރިޒާވްގައި ނެތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށްފަހު، ހޮނިހިރު ދުވަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަންނަ ހަފުތާގައި ނުވަތަ އަންނަ މަހުގެ ތެރޭގައި އިންޑިއާ ސަރުކާރުގެ 50 މިލިއަން ޑޮލަރުގެ ބޮންޑެއް ނުވަތަ ޓްރެޜަރީ ބިލެއްގެ މެޗުއަރިޓީ ހަމަވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތަށް ބަލާއިރު، އެ ފައިސާ ދެއްކޭނެ މިންވަރަށް ރިޒާވްގައި ފައިސާ ހުރި ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރާއްޖެ އަށް މިހާރު ބޭރު ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި، ރިޒާވަަށް އޮތް ޕްރެޝަރާ މެދު އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަޅުގަނޑު ލަފާކުރަނީ، މިއަންނަ ހަފުތާގައި ކަންނޭނގެ ނުވަތަ ވަރަށް އަވަހަށް އެބައޮތް 50 މިލިއަން ޑޮލަރުގެ ބޮންޑެއް، އިންޑިއާ ސަރުކާރުގެ ބޮންޑެއް. ދެން އެ ބޮންޑު މެޗުއަރިޓީ އެއް އެބައާދޭ. މި އަންނަ މަހު ދައްކަންޖެހެނީ. މި އަންނަ ހަފްތާ ނުވަތަ މި އަންނަ މަހު. އަޅުގަނޑު ނުދެކެން އަޅުގަނޑުމެންގެ ރިޒާވްގަ ހުރި ކަމަކަށް އެ ދެއްކޭކަށް. އަޅުގަނޑުމެން އަތުގައި ނެތް. އެނގިލައްވާނެ ވަރަށް ބޮޑަށް ބޭރު ފައިސާ އަށް ޑޮލަރަށް ދަތިވެފައި މިހާރު މި ވަނީ. ދެން އަޅުގަނޑު އިންޑިއާގެ އެ ބޭފުޅުންނާ ވާހަކަ ދެއްކިން. ދެން އަޅުގަނޑު އުއްމީދު ކުރަން ދިވެހިރާއްޖެ އިން އިންޑިއާ ސަރުކާރަށް ޕްރޮގްރާމެއް ހުށަހަޅައިގެން، ވަކި ޕްރޮގްރާމެއްގެ ތެރެއިން ކަންތައްތައް ދާގޮތަށް މިކަން ކުރިއަށް ގެންދެވޭނެ ކަމަށް.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު

މި މައްސަލައަށް އޮތް ހައްލެއްގެ ގޮތުން ރައީސް ނަޝީދު ދެ ކަމެއް ހުށަހެޅުއްވިއެވެ. އެއީ ސަރުކާރުން މިހާރު ކުރަމުންދާ ބޭކާރު އިސްރާފުތައް ވަގުތުން ހުއްޓާލުމާއި، ބޭރުގެ އެހީތެރިކަން ހޯދުމަށްޓަކައި ހަރުދަނާ އިގްތިސާދީ ޕްރޮގްރާމެއް އެކުލަވާލައި ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ހުށަހެޅުމެވެ. ސަރުކާރުގެ ޚަރަދުތައް ބެލެހެއްޓުމުގައި ހަރުދަނާ އުޞޫލުތަކެއް ގެންގުޅުމަކީ ބޭރުގެ މާލީ އިދާރާތަކާއި އެކުވެރި ދައުލަތްތަކުގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކުވެރި ދައުލަތްތަކުން ދޭ އެހީގެ ފައިސާ ސަރުކާރުން އިސްރާފުކުރަމުންދާ ނަމަ، އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުގެ އިސް ފަރާތްތަކުގެ މެދުގައި ރާއްޖެއާ މެދު އޮންނަ އިތުބާރު ކުޑަވެގެންދާނެ އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ވަކި ޚާއްޞަ އިގްތިސާދީ ޕްރޮގްރާމެއް ހުށަހަޅައިގެން، އެ ޕްރޮގްރާމުގެ ތެރެއިން މިކަމަށް ހައްލެއް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

އިންޑިއާރާއްޖެ-އިންޑިއާނިއު ދިއްލީއިންޑިއަން އޯޝަން ޑަޔަލޮގްރައީސް މުހައްމަދު ނަޝީދު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

09 މެއި 2026

ޗާގޯސް މައްސަލައިގަ މޮރިޝަސް އޮތީ ސުލްހަވެރި ހައްލެއް ހޯދަން ރާއްޖެ އާއި މަޝްވަރާ ކުރަން ތައްޔާރަށް: ރައީސް ނަޝީދު

09 މެއި 2026
ޗާގޯސް މައްސަލައިގަ މޮރިޝަސް އޮތީ ސުލްހަވެރި ހައްލެއް ހޯދަން ރާއްޖެ އާއި މަޝްވަރާ ކުރަން ތައްޔާރަށް: ރައީސް ނަޝީދު
07 މެއި 2026

ޗާގޯސް މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ ގުޅުން ގޯސްވުން: އިންޑިއާގެ ނުފޫޒަށް ބޮޑު އިމްތިހާނެއް.

07 މެއި 2026
ޗާގޯސް މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ ގުޅުން ގޯސްވުން: އިންޑިއާގެ ނުފޫޒަށް ބޮޑު އިމްތިހާނެއް.
06 މެއި 2026

އިންޑިއަން އޯޝަން ޑަޔަލޮގް ގައި ބައިވެރި ވުމަށް ނަޝީދު އިންޑިއާ އަށް

06 މެއި 2026
 އިންޑިއަން އޯޝަން ޑަޔަލޮގް ގައި ބައިވެރި ވުމަށް ނަޝީދު އިންޑިއާ އަށް
03 މެއި 2026

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މުއިއްޒުއަށް ފޮނުވާ ސިޓީ.

03 މެއި 2026
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މުއިއްޒުއަށް ފޮނުވާ ސިޓީ.
01 މެއި 2026

ސީރިއަސްލީ ތަރުޖަމާނު؟ ވަރަށް ސެލެކްޓިވް ދެއްތޯ؟

01 މެއި 2026
ސީރިއަސްލީ ތަރުޖަމާނު؟ ވަރަށް ސެލެކްޓިވް ދެއްތޯ؟
28 އެޕްރީލު 2026

ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު

28 އެޕްރީލު 2026
ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު
24 އެޕްރީލު 2026

ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި

24 އެޕްރީލު 2026
ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި
21 އެޕްރީލު 2026

ރައީސް ނަޝީދު މުއިއްޒުއަށް: މުޢިއްޒާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމި ތިބޭނަން

21 އެޕްރީލު 2026
ރައީސް ނަޝީދު މުއިއްޒުއަށް: މުޢިއްޒާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމި ތިބޭނަން
20 އެޕްރީލު 2026

އިންޑިއާ އަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ!

20 އެޕްރީލު 2026
އިންޑިއާ އަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ!
18 އެޕްރީލު 2026

ރާއްޖޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދަނީ ސަރުކާރުގެ ނާގާބިލުކަމުން، އެ މީހުންނަށް އެކަން ކުރަން ނޭނގޭތީ: ފަލާހު

18 އެޕްރީލު 2026
ރާއްޖޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދަނީ ސަރުކާރުގެ ނާގާބިލުކަމުން، އެ މީހުންނަށް އެކަން ކުރަން ނޭނގޭތީ: ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް