Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން ހަނގުރާމަ

އިރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދެނީ

އެމެރިކާއިން އިރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ކުވައިތާއި ބަހްރޭނުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ފިފްތް ފްލީޓަށް އަމާޒުކޮށް އިރާނުން ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް އިރާނުން ބުނާއިރު، މަސްލަހަތު ގޯސްވުމާ ގުޅިގެން އިރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށްވެސް އަމުރުކޮށްފައި. ނަމަވެސް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އިރާނުން ހަމަލާ ހުއްޓާލުމަށް އެދިފައިވާކަމަށް ވިދާޅުވެފައި.

ރާއްޖެ އެމްވީ | 11 ޖޫން 2026 | ބުރާސްފަތި 07:07
އީރާނުން ފޮނުވާލި ޑްރޯންތަކެއް ބުރާސްފަތި ދުވަހުގެ ކުރީކޮޅު ހުއްޓުވުމުގެ ތެރޭގައި، އޭގެ ބައިތައް ވެއްޓި ލިބުނު ގެއްލުންތައް ދައްކައިދޭ ފޮޓޯތަކެއް ބަހްރޭނުން އާންމުކޮށްފި.

އީރާނުން ފޮނުވާލި ޑްރޯންތަކެއް ބުރާސްފަތި ދުވަހުގެ ކުރީކޮޅު ހުއްޓުވުމުގެ ތެރޭގައި، އޭގެ ބައިތައް ވެއްޓި ލިބުނު ގެއްލުންތައް ދައްކައިދޭ ފޮޓޯތަކެއް ބަހްރޭނުން އާންމުކޮށްފި. | އެކްސް

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާއި އެ ގައުމުގެ އަސްކަރިއްޔާއިން ގުޅިގެން، ބަހްރޭނުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިމެނޭހެން ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބަދަލުހިފުމުގެ ވަރުގަދަ އޮޕަރޭޝަންތަކެއް ފަށައިފިކަން އިއުލާނުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނެރުނު ބަޔާންތަކުގައި ބުނެފައިވަނީ، މި އޮޕަރޭޝަންތަކަކީ އިރާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހިންގާ ހަރަކާތްތަކެއް ކަމަށެވެ.

އައިއާރުޖީސީގެ ކޯސްޓަލް އައުޓްޕޯސްޓްތަކާއި، ޚިދުމަތްދޭ ޔުނިޓްތަކާއި، ލޯ އެންފޯސްމަންޓް ޕޯސްޓްތަކުގެ އިތުރުން ބަންދަރު އައްބާސް އެއާޕޯޓް ސަރަހައްދަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އެ ޖަމާއަތުގެ އެއިރޯސްޕޭސް ފޯސް އާއި ކަނޑުގެ ސިފައިން ދެ މަރުހަލާއަކަށް ބަހާލައިގެން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އައިއާރުޖީސީން ބުނެފައިވެއެވެ.

މި އޮޕަރޭޝަންގައި ކުވައިތުގައި ހުންނަ އަލީ އަލް-ސާލިމް އަދި އަހުމަދު އަލް-ޖާބިރު އެއާބޭސްގެ އިތުރުން ބަހްރޭނުގެ ޝެއިޚް އީސާ އެއާބޭސްގައި ހުރި "މުޖުރިމް އެމެރިކާ އަސްކަރިއްޔާގެ މުހިންމު 18 އަމާޒަކަށް" ހަމަލާދީ އެ ތަންތަން ސުންނާފަތިކޮށްލާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އިރާނު އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ވަނީ ބަހްރޭނުގައި ހުންނަ އެމެރިކާގެ ފިފްތް ފްލީޓްގެ ހެޑްކުއާޓަރަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައިވާކަން ހާމަކޮށްފައެވެ.

އެ އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެ، އިރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ރައްދުގައި، އިރާނުގެ އަސްކަރިއްޔާއިން ވަނީ ގޮވާތަކެތި ހަރުކޮށްފައިވާ އެކި ބާވަތުގެ ޑްރޯންތައް ބޭނުންކޮށްގެން އެމެރިކާގެ ފިފްތް ފްލީޓަށް ހަމަލާދީފައެވެ.

މި ހަމަލާތަކުގައި އެ ފްލީޓްގެ ޕެޓްރިއަޓް އެއާ ޑިފެންސް ސިސްޓަމާ ގުޅިފައިވާ މުވާސަލާތީ އެންޓަނާތަކާއި ރޭޑާ ސިސްޓަމްތަކަށް އަމާޒުކޮށްފައިވާ ކަމަށްވެސް އެ އޮފީހުން އިތުރަށް ބުނެފައިވެއެވެ.

އިރާނުގެ އަސްކަރިއްޔާއިން ބުނީ އެ ގައުމުގެ ފައުޖުތައް އޮތީ އިތުރު ކުރިމަތިލުންތަކަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި، "އިސްވެ ހަމަލާދިން ފަރާތަށް އަދަބުދީ" ނިމެންދެން އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިދަނޑިވަޅުގައި، އިރާނުގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑް ޔުނިޓް ކަމަށްވާ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން އެންމެ ފަހުން ދިން ހަމަލާތައް ހުއްޓުމަކަށް އައީ އިރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ދިން "ވަރުގަދަ އަދި ސާބިތު ރައްދު"ގެ ސަބަބުން ކަމަށެވެ.

ހަމަ އެއާއެކު ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އިރާނަށް ދެމުންދާ ބޮމުގެ ހަމަލާތައް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހުއްޓާލާނެ ކަމަށާއި، އެންމެ ފަހުން ދިން ހަމަލާތައް ހުއްޓާލުމަށް އެދި އިރާނުގެ އިސް އޮފިޝަލުން އޭނާއަށް ގުޅުއްވާފައިވާ ކަމަށެވެ.

ނަމަވެސް، އައިއާރުޖީސީން ވަނީ ޓްރަމްޕްގެ އެ ވާހަކަތައް މުޅިން ދޮގުކޮށްފައެވެ. އަދި އެއީ "ހަނގުރާމައިން ރެކުމަށްޓަކައި ދައްކާ ބަހަނާއެއް" ކަމަށް އެ ޖަމާއަތުން ސިފަކޮށްފައިވެއެވެ.

ޚާތަމް އަލް-އަންބިޔާ ހެޑްކުއާޓާސްއިން އިތުރަށް ބުނީ، އެމެރިކާގެ އަނިޔާވެރިކަމާ ދެކޮޅަށް އިރާނުގެ އަސްކަރިއްޔާއިން ދޭ ރައްދު ހަމަލާތައް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް އެ ހަމަލާތައް ދޭނެ ވަގުތެއް ނުވަތަ އޭގެ ދާއިރާއެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

އިރާނުން މިގޮތަށް ގުޅިގެން ބަދަލުހިފުމުގެ ހަމަލާތަކެއް ދީފައި މިވަނީ، އިރާނުގެ ހުރްމުޒްގާން އާއި ދެކުނުގެ އެހެން ސަރަހައްދުތަކުގައި އާ ގޮވުންތަކެއްގެ އަޑު އިވިފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާ އަސްކަރިއްޔާއިން ވަނީ އެއްވެސް އުދުވާނަކާ ނުލައި އިރާނަށް އާ ހަމަލާތަކެއް ދޭން ފަށާފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެމެރިކާގެ މި އުދުވާނާ ގުޅިގެން، ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްއިން ވަނީ އިސްތިރާތީޖީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އަމުރުކޮށްފައެވެ.

"މި ވަގުތުން ފެށިގެން، ސަރަހައްދުގެ ސަލާމަތީ ނުރައްކާތެރިކަމަށްޓަކައި، ތެޔޮ ޓޭންކަރުތަކާއި ވިޔަފާރި އުޅަނދުތައް ހިމެނޭހެން ހުރިހާ އުޅަނދަކަށް ހުރްމުޒް ކަނޑުއޮޅި ބަންދުކުރެވިފައިވާކަން އިއުލާނުކުރަން. އަދި އެ ސަރަހައްދުން ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާދެވޭނެ،" ކޮމާންޑް ޔުނިޓުން ނެރުނު ބަޔާނުގައިވެއެވެ.

މަސްދަރު: ބީބީސީ

އީރާން-އެމެރިކާއައިއާރުޖީސީބަޙްރައިންހުރްމުޒް ކަނޑުއޮޅިކުވައިތު

އިތުރަށް ކިޔާލަން

11 ޖޫން 2026

އީރާންގެ ސަބަބުން މަޝްވަރާގެ ދޮރު ބަންދުވާ ކަމަށް ޖީސީސީ އިން ބުނެފި

11 ޖޫން 2026
އީރާންގެ ސަބަބުން މަޝްވަރާގެ ދޮރު ބަންދުވާ ކަމަށް ޖީސީސީ އިން ބުނެފި
11 ޖޫން 2026

މެދު އިރުމަތީގެ ސަރަހައްދަކީ އެމެރިކާ އަށް "ނަރަކަ" އަށް ވާނެ ކަމަށް ބުނެ، އީރާންގެ ވަރުގަދަ އިންޒާރެއް

11 ޖޫން 2026
މެދު އިރުމަތީގެ ސަރަހައްދަކީ އެމެރިކާ އަށް "ނަރަކަ" އަށް ވާނެ ކަމަށް ބުނެ، އީރާންގެ ވަރުގަދަ އިންޒާރެއް
11 ޖޫން 2026

އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފި

11 ޖޫން 2026
އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފި
11 ޖޫން 2026

އަމިއްލަ ދިފާއުގައި ކަމަށް ބުނެ، އީރާންގެ މުހިންމު ތަންތަނަށް އެމެރިކާާ އިން ހަމަލާ ދީފި

11 ޖޫން 2026
އަމިއްލަ ދިފާއުގައި ކަމަށް ބުނެ، އީރާންގެ މުހިންމު ތަންތަނަށް އެމެރިކާާ އިން ހަމަލާ ދީފި
11 ޖޫން 2026

އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

11 ޖޫން 2026
އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު