Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އަމިއްލަ ދިފާއުގައި ކަމަށް ބުނެ، އީރާންގެ މުހިންމު ތަންތަނަށް އެމެރިކާާ އިން ހަމަލާ ދީފި

އެމެރިކާގެ ސެންޓްކޮމް އިން ބުނި ގޮތުގައި މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ އަސްކަރީ މުވާސަލާތީ އިންފްރާސްޓްރަކްޗާ އަށާއި، ވައިގެ ދިފާއީ ނިޒާމު ތަކުގެ އިތުރުން އަސްކަރީ މޮނިޓަރިން އަދި ސަވައިލަންސް ނިޒާމު ތަކަށް. މި ހަމަލާ ތަކަކީ އީރާން އިން ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގަމުންދާތީ، އެކަމަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާ ތަކެއް ކަމަށް ވެސް އެމެރިކާ އިން ވަނީ ފާހަގަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2026 | ބުރާސްފަތި 05:48
އެމެރިކާ އާއި އިޒްރޭލް އިން މީގެ ކުރިން އީރާން އަށް އަމާޒުކޮށް ދީފައިވާ ހަމަލާ ތަކުގެ ތެރެއިން.

އެމެރިކާ އާއި އިޒްރޭލް އިން މީގެ ކުރިން އީރާން އަށް އަމާޒުކޮށް ދީފައިވާ ހަމަލާ ތަކުގެ ތެރެއިން. | ރޮއިޓާސް

އީރާންގެ އެކި ސަރަހައްދު ތަކުގައި ހުރި އަސްކަރީ މަރުކަޒު ތަކަށް އަމާޒުކޮށް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އަމިއްލަ ދިފާއުގައި ކަމަށް ބުނެ ހަމަލާ ތަކެއް ދީފި އެވެ.

މި ހަމަލާ ތަކަކީ އީރާންގެ އަސްކަރީ ޤާބިލުކަން ކުޑަ ކުރުމުގެ މަޤުސަދުގައި ދީފައިވާ ހަމަލާ ތަކެއް ކަަމަށް އެމެރިކާ އިން ވަނީ ބުނެފައި އެވެ. މި ހަމަލާތައް ދިނުމަށް ފަހު އޮޕަރޭޝަން ނިންމާލާފައިވާ ކަމަށް އެމެރިކާ އިން ބުނެފައިވާއިރު، ހަމަލާތައް ދީފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދީފައި ވަނިކޮށެވެ. 

އެމެރިކާގެ ސެންޓްކޮމް އިން ބުނި ގޮތުގައި މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ އަސްކަރީ މުވާސަލާތީ އިންފްރާސްޓްރަކްޗާ އަށާއި، ވައިގެ ދިފާއީ ނިޒާމު ތަކުގެ އިތުރުން އަސްކަރީ މޮނިޓަރިން އަދި ސަވައިލަންސް ނިޒާމު ތަކަށެވެ. މި ހަމަލާ ތަކަކީ އީރާން އިން ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގަމުންދާތީ، އެކަމަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާ ތަކެއް ކަމަށް ވެސް އެމެރިކާ އިން ވަނީ ފާހަގަ ކޮށްފައި އެވެ.

މި އޮޕަރޭޝަންއާ ގުޅޭ ގޮތުން އެމެރިކާގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާންގެ އެކި ސަރަހައްދު ތަކުގައި ހުރި މުހިންމު އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައި ވަނީ ވަރަށް ބޮޑަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ. މީގެ ތެރޭގައި އީރާންގެ މުވާސަލާތީ ވިއުގަ ތަކާއި، ރާޑަރު ސިސްޓަމްތައް ހިމެނޭހެން، އެ ގައުމުގެ އަސްކަރީ މަރުކަޒު ތަކަށް ބޮޑެތި ގެއްލުން ތަކެއް ދީފައި ވާނެ ކަމަށް އެމެރިކާ އިން ބުނެ އެވެ.

އެމެރިކާގެ ސަރުކާރުން ބުނާ ގޮތުގައި މި ހަމަލާ ތަކަކީ އެމެރިކާގެ މަސްލަހަތު ތަކާއި، ސަރަހައްދީ ބައިވެރިންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް އެޅި ފިޔަވަޅެކެވެ. އަދި މިއީ އީރާން އިން ދީފާނެ އިތުރު ހަމަލާ ތަކަކުން ދިފާއުވުމަށްޓަކައި ކުރިއަށް ގެންދިޔަ "ސެލްފް ޑިފެންސް" ނުވަތަ އަމިއްލަ ދިފާއީ އޮޕަރޭޝަނެއްގެ ގޮތުގައި އެމެރިކާ އިން ވަނީ ސިފަ ކޮށްފައި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން އިތުރަށް ބުނެފައި ވަނީ، އީރާންގެ އަސްކަރީ ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށާއި އެ ގައުމުގެ ހަރަކާތްތައް މޮނިޓަރު ކުރުމަށް ބޭނުން ކުރާ ވަސީލަތް ތަކަށް ހަމަލާ ދިނުމުން، ކުރިއަށް އޮތް ތަނުގައި އީރާން އިން ދީފާނެ ހަމަލާ ތަކުގެ ނުރައްކާ ކުޑަ ވާނެ ކަމަށެވެ. މި އޮޕަރޭޝަން މިހާރު ނިންމާލާފައިވީ ނަމަވެސް، ސަރަހައްދުގެ ހާލަތު ވަރަށް ގާތުން ބަލަމުން ދާނެ ކަމަށް ވެސް އެމެރިކާ އިން ވަނީ ބުނެފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސެންޓްކޮމް

އިތުރަށް ކިޔާލަން

11 ޖޫން 2026

އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

11 ޖޫން 2026
އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
10 ޖޫން 2026

އީރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭން ޓްރަމްޕް ވިސްނަވަނީ

10 ޖޫން 2026
އީރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭން ޓްރަމްޕް ވިސްނަވަނީ
10 ޖޫން 2026

އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި

10 ޖޫން 2026
އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި
10 ޖޫން 2026

ޖޯޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި

10 ޖޫން 2026
ޖޯޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި
10 ޖޫން 2026

ބަދަލު ހިފުމުގެ ގޮތުން އީރާން އަށް ދިން ހަމަލާތައް ނިމިފައިވާ ކަމަށް އެމެރިކާ އިން ބުނެފި

10 ޖޫން 2026
ބަދަލު ހިފުމުގެ ގޮތުން އީރާން އަށް ދިން ހަމަލާތައް ނިމިފައިވާ ކަމަށް އެމެރިކާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު