Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

11 ޖޫން 2026 | ބުރާސްފަތި 04:12

އިތުރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާާ އިން އީރާން އަށް ސިއްރުން އެ ޤައުމުގެ އެތައް މިލިއަން ތެޔޮ ބެރަލްގެ ތެޔޮ ނަގާފައިވާ ކަމަށް. އެކަމުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 250 އެމެރިކާ ޑޮލަރަށް އެރުމުގެ ބަދަލުގައި، 85 އެމެރިކާ ޑޮލަރާއި 90 ޑޮލަރާ ދެމެދުގައި ހުރި ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2026 | ބުރާސްފަތި 04:12
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާންއާ ދެކޮޅަށް އެމެރިކާ އިން ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ބުދަ ދުވަހު ޓްރަމްޕް މި އިންޒާރު ދެއްވާފައި ވަނީ، އޭގެ ކުރިން ވެސް އެމެރިކާ އިން އީރާންއާ ދެކޮޅަށް ހަމަލާ ތަކެއް ދީފައި ވަނިކޮށެވެ. އެއީ ހޮރްމޫޒް ކަނޑު އޮޅި ކައިރިން އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވައްޓާލުމުގައި އީރާންގެ ބައިވެރިވުމެއް އޮތް ކަމަށް ބުނެ އެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އަށް ވަރަށް ބާރަށް އަދި ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށެވެ. އެގޮތުން އަންގާރަ ދުވަހު ވެސް އެމެރިކާ އިން އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށާއި، އެ ހަމަލާ ދިނުން އަދިވެސް ކުރިއަށް ގެންދަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އެއާ އެކު ޓްރަމްޕް ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު އެއްބަސްވުމަކަށް އައުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް، އެމެރިކާ އިން އެއްވެސް އެއްބަސްވުމެއް ހަދާނީ މާނަހުރި ގޮތެއްގައި ކަމަށާއި، އެއްބަސްވުން ތަންފީޒު ކުރެވޭނެ ގޮތެއްގައި ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ހަމަ ހަގީގަތުގައި ވެސް މާނަހުރި އަދި ތަންފީޒު ކުރެވޭނެ އެއްބަސްވުމެއް ބޭނުންވާ ކަމަށެވެ. ނަމަވެސް، އީރާންގެ އަމަލުތައް ފެންނަނީ އެމެރިކާއާ ކުރިމަތިލާން ބޭނުންވާ ގޮތެއްގައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އީރާން އިން ކަންތައްތައް ކުރަމުން އަންނަނީ އޭނާ ވަރަށް ފޫހިވާ ގޮތަކަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައި އެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާާ އިން އީރާން އަށް ސިއްރުން އެ ޤައުމުގެ އެތައް މިލިއަން ތެޔޮ ބެރަލްގެ ތެޔޮ ނަގާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 250 އެމެރިކާ ޑޮލަރަށް އެރުމުގެ ބަދަލުގައި، 85 އެމެރިކާ ޑޮލަރާއި 90 ޑޮލަރާ ދެމެދުގައި ހުރި ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. 

އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާއިރު، ދެ ޤައުމުގެ ދެ މެދުގައި ނުތަނަވަސްކަން ވަނީ ބޮޑުވެފައި އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

10 ޖޫން 2026

އީރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭން ޓްރަމްޕް ވިސްނަވަނީ

10 ޖޫން 2026
އީރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭން ޓްރަމްޕް ވިސްނަވަނީ
10 ޖޫން 2026

އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި

10 ޖޫން 2026
އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި
10 ޖޫން 2026

ޖޯޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި

10 ޖޫން 2026
ޖޯޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި
10 ޖޫން 2026

ބަދަލު ހިފުމުގެ ގޮތުން އީރާން އަށް ދިން ހަމަލާތައް ނިމިފައިވާ ކަމަށް އެމެރިކާ އިން ބުނެފި

10 ޖޫން 2026
ބަދަލު ހިފުމުގެ ގޮތުން އީރާން އަށް ދިން ހަމަލާތައް ނިމިފައިވާ ކަމަށް އެމެރިކާ އިން ބުނެފި
10 ޖޫން 2026

ހެލިކޮޕްޓަރު ވައްޓާލީ އީރާން އިން ކަމަށް ބުނެ، އެމެރިކާ އިން ހަމަލާ ދީފި

10 ޖޫން 2026
ހެލިކޮޕްޓަރު ވައްޓާލީ އީރާން އިން ކަމަށް ބުނެ، އެމެރިކާ އިން ހަމަލާ ދީފި
10 ޖޫން 2026

އެއްވެސް ހަމަލާ އަކަށް ބަދަލު ނުހިފާ ނުދޫކޮށްލާނަން: އީރާންގެ ޚާރިޖީ ވަޒީރު

10 ޖޫން 2026
އެއްވެސް ހަމަލާ އަކަށް ބަދަލު ނުހިފާ ނުދޫކޮށްލާނަން: އީރާންގެ ޚާރިޖީ ވަޒީރު
10 ޖޫން 2026

އީރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދީފި

10 ޖޫން 2026
އީރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދީފި
09 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް

09 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް
09 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅި ކައިރި އަށް ވެއްޓުނު އެމެރިކާގެ ހެލިކޮޕްޓަރުގެ ޕައިލެޓުން ސަލާމަތް ކޮށްފި

09 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅި ކައިރި އަށް ވެއްޓުނު އެމެރިކާގެ ހެލިކޮޕްޓަރުގެ ޕައިލެޓުން ސަލާމަތް ކޮށްފި
09 ޖޫން 2026

އީރާން އިން މަސައްކަތް ކުރަނީ އަމިއްލަ އެދުމެއްގައި ކަމަށް ވިދާޅުވެ، ލުބުނާާން ރައީސްގެ ނުރުހުން

09 ޖޫން 2026
އީރާން އިން މަސައްކަތް ކުރަނީ އަމިއްލަ އެދުމެއްގައި ކަމަށް ވިދާޅުވެ، ލުބުނާާން ރައީސްގެ ނުރުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް