Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕްގެ އިނާމު ފައިސާގެ އަދަދު ބޮޑު ކުރަން ފީފާ އިން ވިސްނަނީ

އެގޮތުން މިއަހަރުގެ މުބާރާތުގައި ޖުމުލަ 48 ޓީމެއް ބައިވެރިވާއިރު، ބައިވެރިވާ ކޮންމެ ޓީމަކަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އަދަދެއް ދިނުމަށް އަންނަނީ މަޝްވަރާ ކުރަމުން. ހަމަ އެހެންމެ، މުބާރާތް ކާމިޔާބު ކުރާ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 50 މިލިއަން އެމެރިކާާ ޑޮލަރުގެ އަދަދެއް ދިނުމަށް ވެސް ފީފާ އިން އަންނަނީ މަޝްވަރާ ކުރަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އެޕްރީލު 2026 | އަންގާރަ 09:50
2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އާޖެންޓީނާ އިން މުބާރާތުގެ ތަށި އުފުލާލަނީ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އާޖެންޓީނާ އިން މުބާރާތުގެ ތަށި އުފުލާލަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ އިނާމު ފައިސާގެ ގޮތުގައި ދެމުން އަންނަ އަަދަދު އިތުރު ކުރުމަށް، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

ފީފާ އިން މަޝްވަރާ ކުރަމުން އަންނަނީ، މިއަހަރުގެ ޖޫން މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި އޮންނަ ވޯލްޑް ކަޕްގެ ފައިސާގެ އިނާމުގެ އަަދަދު އިތުރު ކުރުމަށެވެ.

އެގޮތުން މިއަހަރުގެ މުބާރާތުގައި ޖުމުލަ 48 ޓީމެއް ބައިވެރިވާއިރު، ބައިވެރިވާ ކޮންމެ ޓީމަކަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އަދަދެއް ދިނުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. ހަމަ އެހެންމެ، މުބާރާތް ކާމިޔާބު ކުރާ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 50 މިލިއަން އެމެރިކާާ ޑޮލަރުގެ އަދަދެއް ދިނުމަށް ވެސް ފީފާ އިން އަންނަނީ މަޝްވަރާ ކުރަމުންނެވެ. 

ފީފާ އިން މިގޮތަށް މަޝްވަރާ ކުރަމުން އަންނައިރު، މީގެ ކުރިން ފީފާ އިން ވަނީ ވޯލްޑް ކަޕްގެ އިނާމު ފައިސާ އިތުރު ކުރާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މި ހަފުތާގެ ބުރާސްފަތި ދުވަހު އޮންނަ ފީފާގެ ކޮންގްރެސްގައި މިކަމަށް ގޮތެއް ނިންމާނެ އެވެ. ފީފާގެ 76 ވަނަ ކޮންގްރެސް ބުރާސްފަތި ދުވަހު އޮންނާނީ މުބާރާތް ބާއްވާ ޤައުމެއް ކަމަށްވާ ކެނެޑާގަ އެވެ.

ފީފާ އިން އަންނަނީ މިއަހަރުގެ ވޯލްޑް ކަޕް އަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު، އަދި ފުރިހަމަ މުބާރާތަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުގެ ތެރެއިން ފީފާ އިން ވަނީ ގިނަ އިންތިޒާމު ތަކެއް ހަމަޖައްސަމުންނެވެ.

ފީފާފީފާ ވާރލްޑް ކަޕް 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ސްވެޑެން އަތުން ބަލިވެ، ލެވަންޑޯސްކީގެ ޕޮލެންޑު ވޯލްޑް ކަޕަށް ކޮލިފައި ނުވި

ސްވެޑެން އަތުން ބަލިވެ، ލެވަންޑޯސްކީގެ ޕޮލެންޑު ވޯލްޑް ކަޕަށް ކޮލިފައި ނުވި

01 އެޕްރީލު 2026
ބޮސްނިއާ އަތުން ބަލިވެ، އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު މިފަހަރު ވެސް ގެއްލިއްޖެ

ބޮސްނިއާ އަތުން ބަލިވެ، އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު މިފަހަރު ވެސް ގެއްލިއްޖެ

01 އެޕްރީލު 2026
މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން

މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން

24 މާރިޗު 2026
ފީފާ އިން އިޒްރޭލް އަށް އެޅި ފިޔަވަޅަކީ ޖޫރިމަނާ ކުރުމާ އެކު، ދަނޑުގައި ބެނާއެއް ދެމުމަށް

ފީފާ އިން އިޒްރޭލް އަށް އެޅި ފިޔަވަޅަކީ ޖޫރިމަނާ ކުރުމާ އެކު، ދަނޑުގައި ބެނާއެއް ދެމުމަށް

21 މާރިޗު 2026
ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

14 މާރިޗު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު