Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސްވެޑެން އަތުން ބަލިވެ، ލެވަންޑޯސްކީގެ ޕޮލެންޑު ވޯލްޑް ކަޕަށް ކޮލިފައި ނުވި

ޕޮލެންޑު ބަލިކޮށް ސްވެޑެން އިން މި ވަނީ އަލުން ވޯލްޑް ކަޕަށް ކޮލިފައިވެފައި. އެންމެ ފަހުން 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ސްވެޑެން ކޮލިފައި ނުވޭ. ސްވެޑެން އަތުން ބަލިވެ، ޕޮލެންޑަށް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އެޕްރީލު 2026 | ބުދަ 05:11
ސްވެޑެންއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮލެންޑުގެ ކެޕްޓަން ލެވަންޑޯސްކީ.

ސްވެޑެންއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮލެންޑުގެ ކެޕްޓަން ލެވަންޑޯސްކީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭ އޮފްގައި ސްވެޑެންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ރޮބާޓް ލެވަންޑޯސްކީ ކެޕްޓަންކަން ކުރަމުން އަންނަ ޕޮލެންޑަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިއްްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު ޕްލޭ އޮފްގެ މެޗުގައި ސްވެޑެން އިން ވަނީ 3-2 އިން ޕޮލެންޑު ބަލިކޮށްފަ އެވެ. މެޗުގައި ސްވެޑެން އިން ދެ ފަހަރު ލީޑު ނެގިއިރު ވެސް، ޕޮލެންޑުން ނަތީޖާ ހަމަހަމަ ކުރި އެވެ. ނަމަވެސް ސްވެޑެން އިން ވަނީ ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 20 ވަނަ މިނެޓުގައި ސްވެޑެން އަށް ލީޑު ނަގައިދިނީ އެންތަނީ އެލަންގާ އެވެ. އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި ނިކޮލާ ޒަލެންސްކީ ވަނީ ލަނޑު ޖަހައި ޕޮލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ދެ ވަނަ ފަހަރަށް ސްވެޑެން އަށް ލީޑު ނަގައިދިނީ ގުސްޓާފް ލެގަބިއެލްކޭ އެވެ.

ނަމަވެސް، މެޗުގެ ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޕޮލެންޑުން އަނެއްކާ ވެސް ނަތީޖާ ހަމަހަމަ ކުރި އެވެ. ޕޮލެންޑުގެ ޒަލެންސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖަހައިދިނީ ކެރޯލް ސްވިޑާސްކީ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ސްވެޑެންގެ ވިކްޓާ ޔޮކަރޭޝް ވަނީ ލަނޑު ޖަހައި އެ ޓީމު މޮޅު ކޮށްދީފަ އެވެ.

ޕޮލެންޑު ބަލިކޮށް ސްވެޑެން އިން މި ވަނީ އަލުން ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. އެންމެ ފަހުން 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ސްވެޑެން ކޮލިފައި ނުވެ އެވެ. ސްވެޑެން އަތުން ބަލިވެ، ޕޮލެންޑަށް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިފަ އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026ފީފާ ވާރލްޑް ކަޕް 2026ޕޮލެންޑުގެ ޤައުމީ ފުޓުބޯޅަ ޓީމުރޮބަރޓް ލެވަންޑޯސްކީ

އިތުރަށް ކިޔާލަން

01 އެޕްރީލު 2026

ބޮސްނިއާ އަތުން ބަލިވެ، އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު މިފަހަރު ވެސް ގެއްލިއްޖެ

01 އެޕްރީލު 2026
ބޮސްނިއާ އަތުން ބަލިވެ، އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު މިފަހަރު ވެސް ގެއްލިއްޖެ
25 މާރިޗު 2026

މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

25 މާރިޗު 2026
މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ
24 މާރިޗު 2026

މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން

24 މާރިޗު 2026
މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން
14 މާރިޗު 2026

ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

14 މާރިޗު 2026
ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި
12 މާރިޗު 2026

އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

12 މާރިޗު 2026
އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު