Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޖޯޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި

އައިއާރުޖީސީ އީން ހާމަކުރި ގޮތުގައި މި ހަމަލާ ތަކުގައި އެމެރިކާގެ ސިފައިން ތިބޭ އެއާ ބޭސްގެ މުހިންމު ހަތަރު އަމާޒަކަށް ވަނީ ސީދާ ހަމަލާދީ ސުންނާފަތި ކޮށްލާފައި. މީގެ ތެރޭގައި އެމެރިކާގެ އެންމެ ޒަމާނީ އެފް-35 މަރުކާގެ ފައިޓާ ޖެޓުތައް ބާއްވާ ހޭންގަރު ތަކާއި، އެ މަރުކަޒުގެ މައި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރު ހިމެނޭ ކަމަށް އީރާން އިން ބުނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖޫން 2026 | ބުދަ 07:22
އީރާންގެ ދިދަ.

އީރާންގެ ދިދަ. | ރޮއިޓާސް

ޖޯޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަރުގަދަ މިސައިލް ހަމަލާ ތަކެއް ދީފި އެވެ.

އީރާންގެ އެއަރޯސްޕޭސް ފޯސް އިން އިސް ނަގައިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ބޭނުން ކޮށްފައި ވަނީ ދުރު ރާސްތާގެ ސޮލިޑް ފިއުލް މިސައިލް ތަކެއް ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އައިއާރުޖީސީ އީން ހާމަކުރި ގޮތުގައި މި ހަމަލާ ތަކުގައި އެމެރިކާގެ ސިފައިން ތިބޭ އެއާ ބޭސްގެ މުހިންމު ހަތަރު އަމާޒަކަށް ވަނީ ސީދާ ހަމަލާދީ ސުންނާފަތި ކޮށްލާފައި އެވެ. މީގެ ތެރޭގައި އެމެރިކާގެ އެންމެ ޒަމާނީ އެފް-35 މަރުކާގެ ފައިޓާ ޖެޓުތައް ބާއްވާ ހޭންގަރު ތަކާއި، އެ މަރުކަޒުގެ މައި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރު ހިމެނޭ ކަމަށް އީރާން އިން ބުނެ އެވެ.

މި ހަމަލާ އަކީ އީރާން އިން ބަދަލު ހިފުމުގެ ގޮތުން ފަށާފައިވާ ފުޅާ އޮޕަރޭޝަނެއްގެ ފަހު މަރުހަލާ ކަމަށް އައިއާރުޖީސީ އިން ސިފަ ކުރެ އެވެ. މި އޮޕަރޭޝަނުގެ ދަށުން ސަރަހައްދީ ގައުމު ތަކުގައި ހުރި އެމެރިކާގެ ވައިގެ އަދި ކަނޑުގެ އަސްކަރީ މަރުކަޒު ތަކުގެ 21 އަމާޒަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ވަނީ ބުނެފައި އެވެ. މީގެ އިތުރުން އީރާންގެ ވައިގެ ސަރަހައްދަށް ވަތް އެމެރިކާގެ އެމްކިއު-9 މަރުކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ވެސް އެ ގައުމުން ހާމަ ކުރި އެވެ.

އީރާންގެ އަސްކަރިއްޔާ އިން ވަނީ އެމެރިކާ އަށް ވަރުގަދަ އިންޒާރެއް ވެސް ދީފައި އެވެ. އެގޮތުން އެމެރިކާގެ ފަރާތުން އިތުރު އަސްކަރީ ހަރަކާތެއް ހިންގައިފި ނަމަ، އޭގެ ރައްދުގައި ވަރުގަދަ އަދި ނުރައްކާތެރި ހަމަލާ ތަކެއް ދިނުމަށް އީރާންގެ ފައުޖުތައް ފުރިހަމަ އަށް ތައްޔާރު ވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އަދި މަސްރަހު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކޮންމެ ނަތީޖާއެއްގެ ފުރިހަމަ ޒިންމާ އެމެރިކާ އިން އުފުލަން ޖެހޭނެ ކަމަށް ވެސް އައިއާރުޖީސީ އިން ބުނެފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް

އިތުރަށް ކިޔާލަން

10 ޖޫން 2026

ބަދަލު ހިފުމުގެ ގޮތުން އީރާން އަށް ދިން ހަމަލާތައް ނިމިފައިވާ ކަމަށް އެމެރިކާ އިން ބުނެފި

10 ޖޫން 2026
ބަދަލު ހިފުމުގެ ގޮތުން އީރާން އަށް ދިން ހަމަލާތައް ނިމިފައިވާ ކަމަށް އެމެރިކާ އިން ބުނެފި
10 ޖޫން 2026

ހެލިކޮޕްޓަރު ވައްޓާލީ އީރާން އިން ކަމަށް ބުނެ، އެމެރިކާ އިން ހަމަލާ ދީފި

10 ޖޫން 2026
ހެލިކޮޕްޓަރު ވައްޓާލީ އީރާން އިން ކަމަށް ބުނެ، އެމެރިކާ އިން ހަމަލާ ދީފި
10 ޖޫން 2026

އެއްވެސް ހަމަލާ އަކަށް ބަދަލު ނުހިފާ ނުދޫކޮށްލާނަން: އީރާންގެ ޚާރިޖީ ވަޒީރު

10 ޖޫން 2026
އެއްވެސް ހަމަލާ އަކަށް ބަދަލު ނުހިފާ ނުދޫކޮށްލާނަން: އީރާންގެ ޚާރިޖީ ވަޒީރު
10 ޖޫން 2026

އީރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދީފި

10 ޖޫން 2026
އީރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދީފި
09 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް

09 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު