Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

މަރާ ދޭތެރޭގައި އަބަދުވެސް ވިސްނަން ޖެހޭ، އެއީ ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން ހޭލައްވައިލާ ކަމެއް: ޚުތުބާ

މަރަކީ ކޮންމެ އިންސާނަކާވެސް ބައްދަލުކުރާނެ އެންމެ ބޮޑު ހަގީގަތްކަން ފާހަގަކޮށް، އެ ވަގުތަށް ތައްޔާރުވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައި. ދުނިޔޭގެ ލައްޒަތާއި ޒީނަތްތެރިކަމަށް ހެއްލި ޣާފިލުވުމުގެ ބަދަލުގައި، ގިނަގިނައިން މަރު ހަނދާންކޮށް ހެޔޮ އަމަލުތައް އިތުރުކުރުމަށް ޚުތުބާގައި ބާރުއަޅާފައިވޭ. އަދި މަރުން ރެކިގަނެވޭނެ އެއްވެސް މީހަކު ނުވާނެތީ، ނުބައި ކަންކަމުން ދުރުހެލިވެ ތަގުވާވެރިވުމަށް ޚުތުބާގައި ގޮވާލާފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2026 | ހުކުރު 08:50
ހުކުރު ޚުތުބާ ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން.

ހުކުރު ޚުތުބާ ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން. | އިސްލާމިކް މިނިސްޓްރީ

މަރާ ދޭތެރޭގައި އަބަދުވެސް ވިސްނަން ޖެހޭ ކަމަށާއި، އެއީ ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން ހޭލައްވައިލާ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ. 

''މަރު'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، މަރަކީ ކޮންމެ އިންސާނަކާ ވެސް ކުރިމަލާންޖެހޭނެ ހަގީގަތެއް ކަމަށާއި، މި ހަގީގަތާ މެދު އެއްވެސް މީހަކު ޚިޔާލުތަފާތުވެފައިނުވާ ކަމަށެވެ. އެހެންވެ، މަރަށް الله سبحانه وتعالى ނަންދެއްވައިފައިވަނީ ޔަގީނުގެ ނަމުންކަން ފާހަގަކޮށްފައިވެ އެވެ. 

މަރަކީ ދިރިއުޅުމުގެ ހަޔާތުގައި ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ހަގީގަތްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މި ހަޔާތުގައި ބޭނުންވުމުން ލޯމަރާލާފައި ބޭނުންވުމުން ލޯ ހުޅުވާލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި، ނަމަވެސް ދުނިޔޭގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި، ބިނާކޮށްފައިވާ ވިޔަފާރި އާއި، މި ދުނިޔޭގެ ޒީނަތުގައި ހޭދަކުރަމުން ދިޔަ އުފާވެރި ދުވަސްތައް ދޫކޮށް، ތިބާ ދުނިޔެއިން ވަކިވާން ޖެހޭ ކަމަށެވެ. އަދި އެ ވަގުތަކީ އާދައިގެ ވަގުތެއް ނޫންކަން ޚުތުބާގައި ހަނދާން ކޮށްދީފައިވެ އެވެ. 

ޚުތުބާގައި ބުނީ މަރަކީ ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން ހޭލައްވައިލާ ކަމެއް ކަމަށާއި، މަރާ ދޭތެރޭގައި ވިސްނައި މަރު މަތީން ހަނދާން ކުރަން ޖެހޭ ކަމަށެވެ. އަދި މަރުމަތިން އަބަދުވެސް ހަނދާން ކުރުމަށް ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އިރުޝާދު ދެއްވާފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވާ ކަމަށާއި، އެއީ ކިތަންމެ އާރާއި ބާރެއްގެ ވެރިއެއްކަމުގައި ވިޔަސް، އޭނާ ގެ ގާތަށް މަރު އަންނާނެ ކަމަށެވެ.

އެއީ ތިބާ ދެކެ ލޯބިވާ ދަރީން ތިބާއަށް މާޔޫސްކަމާ އެކު ބަލަމުންދާ ވަގުތެވެ. ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާ ހިތާމަކުރަމުންދާ ވަގުތެވެ. މައިންބަފައިންގެ ލޯތައް ތެމި ކަރުނަ އަޅަމުންދާ ވަގުތެވެ. ތިމާގެމީހުން ތިބާއަށް ޓަކައި، އަވަސް ޝިފާއަކަށް އެދި ދުޢާކުރާ ވަގުތެވެ. އެކުވެރީން ތިބާގެ ގައިގައި ފިރުމަމުންދާ ވަގުތެވެ. ސިއްހީ އެންމެހައި ވަސީލަތްތައް މެދުވެރިކޮށް ތިބާގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި މަސައްކަތްކުރެވެމުންދާ ވަގުތެވެ. ނަމަވެސް ތިބާގެ ނޭވާ ކުރުވެ، އަބަދުގެއަބަދަށް މި ދުނިޔެ ދޫކޮށް ދާން ޖެހޭ ވަގުތަކީ ކޮންމެ އިންސާނަކާ ބައްދަލުކުރާނޭ އެންމެ ވޭނާއި ތުރާ ލިބޭނޭ ވަގުތެވެ. މާތް ﷲ ވަޙީކުރައްވައިފައި ވާ އާޔަތުގެ މާނާގައި ވަނީ "އަދި މަރުގެ ސަކަރާތް ޙައްޤު ގޮތުގައި އަންނަ ހުށްޓެވެ. އެއީ ތިބާ އެޔަށް ފިލާން އުޅޭ ކަމުގައިވީ މަރެވެ.
ހުކުރު ޚުތުބާ 

ޚުތުބާގައި ވަނީ މަރާ ކުރިމަތިލާން ޖެހޭނޭކަން ދަނެ، މަރަށް ތައްޔާރުވުމަށް ގޮވާލާފަ އެވެ. އަދި ހެޔޮ އަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާން ކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ. 

މަރުވުންހުކުރު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާންނެތޭ، އަގު ވަޒަން ނުކުރާ އެއް ނިއުމަތަކީ ވަގުތު: ޚުތުބާ

ނިއުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާންނެތޭ، އަގު ވަޒަން ނުކުރާ އެއް ނިއުމަތަކީ ވަގުތު: ޚުތުބާ

20 މާރިޗު 2026
ހެޔޮކަމެއް ކުރެވުމުން އެ އަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭ ނަމަވެސް ކުރެވުނު އަމަލެއްގެ ގިނަކަމަކުން ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ: ޚުތުބާ

ހެޔޮކަމެއް ކުރެވުމުން އެ އަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭ ނަމަވެސް ކުރެވުނު އަމަލެއްގެ ގިނަކަމަކުން ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ: ޚުތުބާ

13 މާރިޗު 2026
ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް: ޚުތުބާ

ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް: ޚުތުބާ

06 މާރިޗު 2026
ރަމަޟާން މަހަކީ ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުތުބާ

ރަމަޟާން މަހަކީ ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުތުބާ

27 ފެބުރުއަރީ 2026
ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން، ދުއާ ކުރުން ގިނަ ކުރޭ: ޚުތުބާ

ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން، ދުއާ ކުރުން ގިނަ ކުރޭ: ޚުތުބާ

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު