Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

ހުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ވަރަށްވެސް ބޮޑު، ފާފަވެރި އަމަލުތަކުން އަމިއްލަ ނަފްސަށް އަނިޔާވެރިނުވޭ: ޚުތުބާ

ހުރުމަތްތެރިވެގެންވާ މައްސަރުތަކަކީ މާތްﷲ ޚާއްސަ ކުރައްވައި މަތިވެރިކުރައްވާފައިވާ ދުވަސްތަކަކަށް ވާތީ، އެ މައްސަރުތަކުގައި ފާފަވެރި އަމަލުތަކުން ދުރުހެލިވެ އަޅުކަމުގައި ހީވާގިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައި. މި މަތިވެރި ދުވަސްތަކުގައި ޒިކުރުކުރުމާއި، ހެޔޮ ނަސޭހަތްދިނުމާއި، ނިކަމެތިންނަށް އެހީތެރިވުން ފަދަ އަމަލީ ގޮތުން ކުރެވޭ ހެޔޮކަންތައް ގިނަކުރުމަށް ޚުތުބާގައި ބާރުއަޅާފައިވޭ. ހަމައެއާއެކު، ދޮގުހެދުމާއި ޣީބަބުނުން ފަދަ ނުބައި އަމަލުތަކުން ހިތްތައް ތާހިރުކޮށް، މާތްﷲގެ ރުހުން ހޯދުމަށް މަސައްކަތްކުރުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2026 | ހުކުރު 08:09
ހުކުރު ޚުތުބާ އަޑު އެހުމަށް ޖަމާއަތް ހަދައިގެން.

ހުކުރު ޚުތުބާ އަޑު އެހުމަށް ޖަމާއަތް ހަދައިގެން. | އިސްލާމިކް މިނިސްޓްރީ

ފާފަވެރި އަމަލުތައް ކުރުމަކީ އަމިއްލަ ނަފްސަށް އަނިޔާވެރިވުން ކަމަށާއި، ހުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ވަރަށްވެސް ބޮޑު ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ. 

'' ހުރުމަތްތެރިވެގެންވާ މައްސަރުތައް '' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ މާތްﷲ ގެ ހިކުމަތްވަންތަކަމާއި ރަހުމަތްވަންތަކަމުން، ބައެއް ވަގުތަތުތަކާއި މައްސަރުތައް ޚާއްސަކުރައްވައި މާތް ކުރައްވައިފައިވާކަން ފާހަގަކޮށްފަ އެވެ. 

ޚުތުބާގައި ބުނީ އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ، މާތް ﷲ ހަރާމް ކުރައްވައިފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި އަމަލުތައް ކުރުން ކަމަށެވެ. ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ ވަގުތެއްގައި ވެސް މި ފަދަ ކަމަކަށް އަރައިގަތުމަކީ މާތް ﷲގެ ކޯފާ ހައްގުވާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. އަދި ވަކީން ޚާއްސަކޮށް ހުރުމަތްތެރި ވެގެންވާ މައްސަރެއްގައި މި ފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވާ ކަމަށާއި، އެއީ އެ ފަދަ އަމަލަކީ، މާތް ﷲއަށް އުރެދުމާ އެކު، އެކަލާނގެ ޚާއްސަ ކުރައްވައި މަތިވެރިކުރައްވައި ހުރުމަތްތެރި ކުރައްވައިފައިވާ ކަންކަމުގެ ހުރުމަތްކަނޑައި އެ ކަންކަމަށް އިހާނަތްތެރިކޮށްހިތުން ކަމުގައި ވާތީ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

ހުރުމަތްތެރިކުރެވިގެންވާ މައްކާގެ ހަރަމުގައި ފާފައަކަށް އަރައިގަތުމުގެ ނުބައިކަމުގެ ބޮޑުކަން ބަޔާންކުރައްވައި، މާތް ﷲ ވަހީ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "އަދި އެ ތާނގައި އަނިޔާވެރިކަމާއެކު، ދީނާ ޚިލާފު ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންރަސްކަލާނގެ ވޭންދެނިވި ޢަޛާބުން ރަހަދައްކަވާހުށީމެވެ." ހަމައެފަދައިން، ޙުރުމަތްތެރި މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ވެސް ބޮޑުވެގެންވެއެވެ. މި ސަބަބަށް ޓަކައި، اَلْإِمَامُ الشَّافِعِي - رَحِمَهُ الله - ފަދަ ގިނަ ޢިލްމުވެރީންގެ އަރިހުގައި، މި މައްސަރުތަކުގައި މީހަކު މެރުމުން ދޭން ޖެހޭ މަރުގެ ދިޔަ ބޮޑެވެ.
ހުކުރު ޚުތުބާ 

މި ފަދަ މަތިވެރި މައްސަރަކާ ބައްދަލުވުމުން މުއުމިނު އަޅާގެ މައްޗަށް ވަނީ އަޅުކަމުގައި ހީވާގިވުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ މާތް ﷲ ހަނދުމަކޮށް، ގިނަގިނައިން ޒިކުރު ކުރުމާއި، ދުއާ ކުރުމާއި، ކީރިތި ގުރުއާން ކިޔެވުމާއި، ތަސްބީހަ އާއި ތަހުމީދާއި ތަކުބީރުކިޔުން ފަދަ ދުލުން ކުރެވޭ އަޅުކަންތައް ގިނަކުރަން ޖެހޭ ކަމަށެވެ. އަދި ކޮންމެ މުސްލިމަކަށް ވެސް ހެޔޮ ނަސޭހަތްދިނުމާއި، ރޯދަހިފުމާއި، ޞަދަގާތް ކުރުމާއި، އަނިޔާ ލިބިފައިވާ މީހާއަށް ނަސްރުދިނުމާއި، ނިކަމެތީންނަށް އެހީތެރިވުމާއި، މުސީބާތެއް ޖެހިފައިވާ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ އަމަލީ ގޮތުން ކުރެވޭ ހެޔޮކަންތައް ވެސް ގިނަކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މާތް ﷲއަށް އިޚުލާސްތެރިވުމާއި، އެކަލާނގެ އެއްކައުވަންތަކުރުމާއި، އެކަލާނގެއަށް ފުރިހަމައަށް އީމާންވުމާއި، އެކަލާނގެ މަތިވެރިކުރުމާއި، އެކަލާނގެ ދެކެ ލޯބިވުމާއި، އެކަލާނގެ މަތިވެރިކޮށް ގަދަރުކުރުމާއި، މާތް ﷲ ލޯބިވެވޮޑިގެންވާ އަމަލުތައް ކުރުމަށާއި، މާތްﷲ ރުހިވޮޑިނުގަންނަވާ އެންމެހައި ކަންކަމުން ހިތް ޠާހިރުކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

ހަމައެއާއެކު ޣީބަބުނުމާއި، ދޭތެރެޖެއްސުމާއި، ދޮގުހެދުމާއި، މީހުންނަށް އެއްޗެހި ގޮވުމާއި، ލައުނަތްދިނުން ފަދަ ނުބައި ފާފަތަކުން ރައްކާތެރިވެ ދުރުހެލިވުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ. 

ހުކުރު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން, އެއީ މުދަލުން ބަރަކާތް ކެނޑޭނެ ކަމެއް: ޚުތުބާ

ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން, އެއީ މުދަލުން ބަރަކާތް ކެނޑޭނެ ކަމެއް: ޚުތުބާ

17 އެޕްރީލު 2026
މަރާ ދޭތެރޭގައި އަބަދުވެސް ވިސްނަން ޖެހޭ، އެއީ ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން ހޭލައްވައިލާ ކަމެއް: ޚުތުބާ

މަރާ ދޭތެރޭގައި އަބަދުވެސް ވިސްނަން ޖެހޭ، އެއީ ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން ހޭލައްވައިލާ ކަމެއް: ޚުތުބާ

03 އެޕްރީލު 2026
ނިއުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާންނެތޭ، އަގު ވަޒަން ނުކުރާ އެއް ނިއުމަތަކީ ވަގުތު: ޚުތުބާ

ނިއުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާންނެތޭ، އަގު ވަޒަން ނުކުރާ އެއް ނިއުމަތަކީ ވަގުތު: ޚުތުބާ

20 މާރިޗު 2026
ހެޔޮކަމެއް ކުރެވުމުން އެ އަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭ ނަމަވެސް ކުރެވުނު އަމަލެއްގެ ގިނަކަމަކުން ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ: ޚުތުބާ

ހެޔޮކަމެއް ކުރެވުމުން އެ އަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭ ނަމަވެސް ކުރެވުނު އަމަލެއްގެ ގިނަކަމަކުން ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ: ޚުތުބާ

13 މާރިޗު 2026
ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް: ޚުތުބާ

ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް: ޚުތުބާ

06 މާރިޗު 2026

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު