Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗް.ޕީ.އޭ

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް ޅާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭގެ އިލްތިމާސެއް!

ރާއްޖޭގައި ޑެންގީ، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ ފެތުރުން އިތުރުވަމުންދާތީ، އީދު ބަންދާ ދިމާކޮށް ދަތުރުފަތުރުކުރުމުގައާއި އާންމު އެއްވުންތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ. ބަލީގެ އަލާމާތެއް ހުރިނަމަ ގޭގައި މަޑުކުރުމަށާއި، މީހުން ގިނަ ތަންތަނުގައި މާސްކު އެޅުމުގެ އިތުރުން ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް އެ އެޖެންސީން ބާރުއަޅާ. މީގެ އިތުރުން، މާލެ ސަރަހައްދުން ހިމަބިހި ފެނިފައިވާތީ ވެކްސިން ފުރިހަމަކުރުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 މެއި 2026 | އާދީއްތަ 13:59
ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީ | ރާއްޖެއެމްވީ

ރާއްޖޭގެ އެކި ހިސާބުތަކުގައި ބަލިތައް ފެތުރުން އިތުރުވަމުންދާއިރު ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް، ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ. 

އެޗްޕީއޭ އިން ބުނީ، މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ އާއްމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުވަމުންދާކަން އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. 

މީގެ އިތުރުން މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ރިޕޯޓްކޮށްފައިވާތީ، މިފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމުކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެހެންކަމުން ދަތުރުފަތުކުރުކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަން ވަނީ ހިއްސާ ކޮަށްފަ އެވެ.

އެގޮތުން ހުންއައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަނަމަ ގޭގައި މަޑުކުރުން، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އޭގެ އިތުރުން ބަލިޖެހިގެން ހާލަތުގޯސް ވާނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ދާއިރު މާސްކް އަޅައިގެން ދިއުން އަދި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް އެދިފައި ވެ އެވެ.

އެޗްޕީއޭ އިން ބުނީ ހިމަބިހި އަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް، އަދި އާންމު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ފަދަ މީހުން ގިނަ، ބަންދު ތަންތަނުގައި އަނގައާ ނޭފަތް ރަނގަޅަށް ނިވާވާނެ ހެން މާސްކުއެޅުމުގެ އިތުރުން ސައިބޯނި ލައިގެން ރަނގަޅަށް އަތޮ ދޮވުން ނުވަތަ ސެނިޓައިޒްކުރުން މުހިއްމު ކަމަށެވެ.

ބަލިން ރައްކާތެރިވުމަށާއި ބަލީގައި ބޮޑުވަރު ވިޔަ ނުދިނުމަށް ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. 

އެޗް.ޕީ.އޭޑެންގީ ހުންއިންފުލުއެންޒާހިމަބިހި

އިތުރަށް ކިޔާލަން

23 މެއި 2026

ރާއްޖޭން ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފި

23 މެއި 2026
ރާއްޖޭން ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފި
20 މެއި 2026

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 7 ކޭސް ފެނުނު އިރު 74 ކޮންޓެކްޓުން ފާހަގަކުރެވިއްޖެ

20 މެއި 2026
މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 7 ކޭސް ފެނުނު އިރު 74 ކޮންޓެކްޓުން ފާހަގަކުރެވިއްޖެ
13 މެއި 2026

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ 2 ކޭސް މާލެ އިން ފެނިއްޖެ

13 މެއި 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ 2 ކޭސް މާލެ އިން ފެނިއްޖެ
09 މެއި 2026

ރާއްޖެ އަށް ހަންޓާ ވައިރަސްގެ ރިސްކު ވަރަށް ކުޑަ: އެޗްޕީއޭ

09 މެއި 2026
ރާއްޖެ އަށް ހަންޓާ ވައިރަސްގެ ރިސްކު ވަރަށް ކުޑަ: އެޗްޕީއޭ
06 މެއި 2026

ޑެންގީ ޖެހޭ މިންވަރު އިތުރު، އަތޮޅުތެރެއިން މިއަހަރުގެ މިހާތަނަށް 3000 އާ ގާތްކުރާ މިންވަރަކަށް ކޭސް ރިޕޯޓު ކޮށްފައިވޭ: އެޗްޕީއޭ

06 މެއި 2026
ޑެންގީ ޖެހޭ މިންވަރު އިތުރު، އަތޮޅުތެރެއިން މިއަހަރުގެ މިހާތަނަށް 3000 އާ ގާތްކުރާ މިންވަރަކަށް ކޭސް ރިޕޯޓު ކޮށްފައިވޭ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު