Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުޕްރީމް ކޯޓު

ޗާޕުދެލީގެ ތިކި ހުރެގެން ވޯޓު ކަރުދާސް ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ: ސުޕްރީމް ކޯޓު

ވޯޓު ކަރުދާހުގައި ހުންނަ ޗާޕުދެލީގެ ކުޑަ ތިއްކެއްގެ ސަބަބުން ވޯޓު ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި. ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލައިގައި ކުރި މި ޙުކުމުގައި ބުނެފައިވަނީ، ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ފަދަ ހާލަތެއް ނެތް ނަމަ އެފަދަ ކަރުދާސްތައް ބާތިލު ނުކުރެވޭނެ ކަމަށް. މި ނިންމުމާއެކު ހައިކޯޓުގެ ޙުކުމް ބާތިލުވެ، ވޭވަށު ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ވަނީ އަލުން ކަށަވަރުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖޫން 2026 | ބުރާސްފަތި 09:51
ސުޕްރީމް ކޯޓުން ވޭވަށު މައްސަލައިގައި ކުރި ޙުކުމުގެ ތެރެއިން

ސުޕްރީމް ކޯޓުން ވޭވަށު މައްސަލައިގައި ކުރި ޙުކުމުގެ ތެރެއިން | ރާއްޖެ އެމްވީ

ޗާޕުދެލީގެ ތިކި ހުރި ހުރިހާ ވޯޓު ކަރުދާހެއް ބާތިލުކުރަން ނިންމައިފިނަމަ މުޅި އިންތިޚާބީ ނިޒާމު ބައްޓަން ކުރުމުގައި އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށް ޤަބޫލުކުރެވޭކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން އެހެން ބުނެފައިވަނީ ވޭވަށު ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މޮޅުވާގޮތަށް ހައިކޯޓުން ކުރިން ކުރި ޙުކުމަކީ ގޯސް ނިންމުމެއް ކަމަށް ނިންމައި ބުރާސްފަތި ދުވަހު ކުރި ޙުކުމުގައެވެ.

Advertisement - newsAdvertisement

 މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ބަހުސް ކުރެވިފައިވަނީ ވޯޓު ކަރުދާހުގައި ހުންނަ ޗާޕުދެލީގެ ތިކިތަކާ ގުޅޭގޮތުންނެވެ. ސުޕްރީމް ކޯޓުން ބުނީ ޗާޕުދެލި ހުރި ކޮންމެ ކަރުދާހެއް ބާތިލުކުރާނަމަ، އެކަމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.

އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ 63 ވަނަ މާއްދާގައި އިންތިޚާބާބެހޭ ޝަކުވާ ހުށަހެޅުމުގެ ޙައްޤު ލިބިފައިވާ ފަރާތްތައް ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި، ސުޕްރީމް ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ މިއީ ހަމައެކަނި މިއަހަރުގެ ލޯކަލް ކައުންސިލު އިންތިޚާބުގެ ނަތީޖާއަކާ ގުޅިގެން ހުށަހެޅުނު މައްސަލައެއް ކަމުގައިވީނަމަވެސް، މި މައްސަލައިގައި ނިންމާ ނިންމުމުގެ ސަބަބުން ކުރިއަށް ހުރި އިންތިޚާބުތަކަށްވެސް އޭގެ އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި މައްސަލައިގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުންނާއި ވޯޓު ކަރުދާސް ޗާޕުކުރި ފަރާތުންވެސް ވަނީ ވޯޓު ކަރުދާސް ޗާޕުކުރުމުގައި ޗާޕުދެލި އެއްކޮށް ނައްތާލުމަކީ މުސްތަހީލު ނުވަތަ ނުކުރެވޭނެ ކަމެއްކަން ހާމަކޮށްފައެވެ.

އެހެންކަމުން، ޗާޕުދެލީގެ ކުޑަ ތިއްކެއް ހުންނަ ކޮންމެ ކަރުދާހަކީ ބާތިލު ކަރުދާހެއްގެ ގޮތުގައި ކަނޑައަޅަން ފަށައިފިނަމަ، އެއީ ކުރިމަގުގައި ބާއްވާ ހުރިހާ އިންތިޚާބަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް ކޯޓުން ފާހަގަކުރިއެވެ.

ސުޕްރީމް ކޯޓުން އިތުރަށް ބުނެފައިވަނީ، މިފަދަ ނިންމުމެއްގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމު ބައްޓަން ކުރުމުގައި އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

Your browser does not support the video tag.
ސުޕްރީމް ކޯޓުން ވޭވަށު މައްސަލައިގައި ކުރި ޙުކުމުގެ ތެރެއިން

 އެހެންކަމުން ވޯޓު ކަރުދާހުގައި ހުންނަ ޗާޕުދެލީގެ ސަބަބުން ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ފަދަ ހާލަތެއް ނެތް ނަމަ، އެއީ ބާތިލު ވޯޓެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުމާއެކު ވޭވަށު ކައުންސިލްގެ ގޮނޑި އަލުން އެމްޑީޕީގެ ކެންޑިޑޭޓަށް ވަނީ ކަށަވަރުވެފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ސަލީމް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޙަމީދުއެވެ. އަދި ރިޔާސަތުގެ ރައުޔަށް ދެން ތިއްބެވި 2 ފަނޑިޔާރުން ތާއީދު ކުރެއްވިއެވެ.

ސުޕްރީމް ކޯޓުލ. ވޭވަށުއެމްޑީޕީޕީއެންސީއިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

11 ޖޫން 2026

ވޭވަށު ގޮނޑި އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މޮޅުވާގޮތަށް ހައިކޯޓުން ޙުކުމްކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު

11 ޖޫން 2026
ވޭވަށު ގޮނޑި އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މޮޅުވާގޮތަށް ހައިކޯޓުން ޙުކުމްކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު
11 ޖޫން 2026

ޝުހާދު މަރާލި މައްސަލަ: އޭނާގެ މަންމައާއި ބައްޕަވެސް ބޭނުންވަނީ މަރަށް މަރު ހިފަން

11 ޖޫން 2026
ޝުހާދު މަރާލި މައްސަލަ: އޭނާގެ މަންމައާއި ބައްޕަވެސް ބޭނުންވަނީ މަރަށް މަރު ހިފަން
11 ޖޫން 2026

ރައްޔިތުން ވޯޓަށް ޒިންމާދާރުވާން ޖެހޭ، ޒިންމާދާރުނުވާ ނަމަ ވެރިން ނާޖާއިޒު ފައިދާ ނަގާނެ: ސައުދު

11 ޖޫން 2026
ރައްޔިތުން ވޯޓަށް ޒިންމާދާރުވާން ޖެހޭ، ޒިންމާދާރުނުވާ ނަމަ ވެރިން ނާޖާއިޒު ފައިދާ ނަގާނެ: ސައުދު
11 ޖޫން 2026

އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫން: މައުރޫފް

11 ޖޫން 2026
އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫން: މައުރޫފް
11 ޖޫން 2026

މި ކުރާ ހަމައެކަނި މަސައްކަތަކީ ދެހާސް އަށާވީހާ ހަމައަށް ދާއިރު މި ޕާޓީގެ ސަފުތައް އެކުވެރިކަމާއެކީ، އެއްބައިވަންތަކަމާއެކީ އެކުއެކީ ބޭއްވުމުގެ މަސައްކަތް: މީކާއިލް

11 ޖޫން 2026
މި ކުރާ ހަމައެކަނި މަސައްކަތަކީ ދެހާސް އަށާވީހާ ހަމައަށް ދާއިރު މި ޕާޓީގެ ސަފުތައް އެކުވެރިކަމާއެކީ، އެއްބައިވަންތަކަމާއެކީ އެކުއެކީ ބޭއްވުމުގެ މަސައްކަތް: މީކާއިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު