Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އެބައޮތް، އެ ޖަންޕު ނުޖަހައިފިނަމަ ވެއްޓޭނީ އަނދަވަޅަކަށް: ކުރީގެ ރައީސް ނަޝީދު

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށްޓަކައި ރަށްރަށުގެ އިހުތިސާސްގައިވާ ހުރިހާ ވަސީލަތްތަކެއްގެ މިލްކިއްޔާތު ކައުންސިލްތަކަށް ދޭންޖެހޭ ކަމަށް. ނ. ހޮޅުދޫގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވައިގެން މުޅި ރާއްޖެ އެކުއެކީގައި ތަރައްގީކޮށް، ރައްޔިތުންގެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމަށް. އަދި ދުނިޔޭގެ ހަގީގަތްތަކާ އެއްގޮތަށް ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ގާބިލުކަން އޮތީ އެމްޑީޕީއަށް ކަމަށްވެސް ނަޝީދު ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖޫން 2026 | ބުދަ 07:31
ނ.ހޮޅުދޫ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައި.

ނ.ހޮޅުދޫ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައި. | އެމްޑީޕީ

ދިވެހިރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އެބައޮތް ކަމަށާއި، އެ ޖަންޕު ނުޖަހައިފިނަމަ ވެއްޓޭނީ އަނދަވަޅަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހު ނ. ހޮޅުދޫގައި ބޭއްވި ބޮޑު ބަދަލު ކެންޕޭންގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، އެބަދަލުތައް ގެނެވޭނީ އެމްޑީޕީ އަށް ކަމަށެވެ.

ރާއްޖޭގެ ހާލަތަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށް ކަމަށާއި، ބޮޑު ޖަންޕެއް ޖަހަން ޖެހޭ ކަމަށެވެ. އަދި އެޖަންޕު ނުޖަހާނަމަ އަނދަވަޅަކަށް ވެއްޓޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދުނިޔެވީ ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށާއި، އެތިބި ތަނުގައި އަބަދު ނުތިބެވޭނެ ކަމަށެވެ. މައްޗަށް ނުވަތަ ދަށަށް ދާން ޖެހޭ ކަމަށާއި، އެ މަގު އިހުތިޔާރު ކުރުމުގެ ބާރު އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

މިސްތަގުބަލް ވަރަށް އުޖާލާ. އަޅުގަނޑުމެންނަށް ފެންނަން އެބައޮތް ދިވެހިރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އޮތްކަން. މިހާރު މިތިބިތަނުން މާ ބާރަށް މައްޗަށް ފުންމާލެވެން އެބައޮތްކަން. ނުފުއްމާފިނަމަ ވެއްޓޭނީ އަނދަވަޅަކަށް. ހުރި ތަނުގައި ތިބުން އެއީ އަސްލު ހަގީގަތުގައި ކުރެވެން އޮތް ކަމެއް ނޫން. މި ހަދަހަދާ ތިބޭގޮތް ހަދަހަދާ ތިބެވޭކަށް ނެތް. އެހެން އަޅުގަނޑުމެން ވިސްނާފިނަމަ އަޅުގަނޑުމެންވާނީ ނިކަމެތި. ބޮޑު ބަދަލެއްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ މި ސަބަބަށްޓަކައި، ތިބެވެން ނެތުނީމަ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު 

މީގެ އިތުރުން ނަޝީދު ވަނީ ރާއްޖޭގެ ތަރައްގީއާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. 

ނަޝީދު ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމަށްޓަކައި، އެރަށެއްގެ އިހުތިސާސްގައި ހިމެނޭ ހުރިހާ ކަމެއް ނުވަތަ ހުރިހާ އެއްޗެއް އެރަށަށް ދޭން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމުކޮށް އެންމެ ބޭނުންވަނީ މި ރަށްރަށުގެ މިލްކިއްޔާތު މި ރަށްރަށަށް ދިނުން. އެއީ އަޑީގައި ހުރި ހޮޅިއަށް ވިޔަސް ނަރަށް ވިޔަސް އަދި މަތީގައި ހުރި ގަހަށް ވިޔަސް ބިމަށް ވިޔަސް. އަދި އުޑުގައި އޮތް ވަޔަށް ވިޔަސް. މިރަށުގެ އިހުތިސާސްގައި ހޮޅުދޫގެ އިހުތިސާސްގައި ހިމެނޭ ހުރިހާ އެއްޗެއް އެއީ ހޮޅުދޫގެ މިލްކަކަށް އެބަވާން ޖެހޭ. މިކަމުގައި ހިންގާ ހުރިހާ ކަމަކީ އެއީ މިތަނުން ކައުންސިލުން ހިންގާ ކަމަކަށް އެބަ ވާން ޖެހޭ. ބޯހިޔާވަހިކަން ވެސް އެބަ ފޯރުކޮށްދޭން ޖެހޭ. އެ މަސައްކަތްތައް ކައުންސިލްތަކުން ހިންގާ މަސައްކަތްތަކަކަށް ވާން ޖެހޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަންކަން ހިންގޭނެ. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުގެ ފުރިހަމަ ބާރުވެރިކަމާއެކު މުޅި ރާއްޖެ އެކުއެކީގައި ތަރައްގީ ކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބޭ އާމްދަނީ ވެސް ދެގުނަ ކުރެވޭނެ ކަމަށެވެ. 

އެމްޑީޕީބޮޑު ބަދަލު ކެންޕޭންކުރީގެ ރައީސް މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

10 ޖޫން 2026

ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ

10 ޖޫން 2026
ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ
09 ޖޫން 2026

ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް

09 ޖޫން 2026
ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް
09 ޖޫން 2026

މީކާއީލް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބައެއް ވޯޓުފޮށި ބަހައްޓާ ތަންތަން ބަދަލުކޮށްފި

09 ޖޫން 2026
މީކާއީލް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބައެއް ވޯޓުފޮށި ބަހައްޓާ ތަންތަން ބަދަލުކޮށްފި
09 ޖޫން 2026

އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް

09 ޖޫން 2026
އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް
09 ޖޫން 2026

އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

09 ޖޫން 2026
އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި
08 ޖޫން 2026

ސޯބެ އާއެކު ފޮޓޯ އެއް ނެގުމުން، ކޮންޓްރެކްޓް ވަޒީފާއެއްގައި ހުންނެވި ޒުހައިރުގެ ވަޒީފާ އުވާލައިފި

08 ޖޫން 2026
 ސޯބެ އާއެކު ފޮޓޯ އެއް ނެގުމުން، ކޮންޓްރެކްޓް ވަޒީފާއެއްގައި ހުންނެވި ޒުހައިރުގެ ވަޒީފާ އުވާލައިފި
08 ޖޫން 2026

މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން، ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ

08 ޖޫން 2026
މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން،  ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ
08 ޖޫން 2026

ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު

08 ޖޫން 2026
ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު
08 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި

08 ޖޫން 2026
 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި
08 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން

08 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު