Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޗެއަރޕާސަން އިންތިޚާބު

އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ: ޝައުނާ

އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ ކަމަށް ކުރީގެ މިނިސްޓަރު ޝައުނާ ވިދާޅުވެއްޖެ. މީކާއިލް ނަސީމްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ، ޕާޓީގެ މަސްލަހަތު ގެއްލުމަކީ ގައުމުގެ ހަމަޖެހުމަށް އަސަރުކުރާ ކަމެއް ކަމަށާއި، މިހާރުގެ ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި ޕާޓީގެ އުސޫލުތައް އިސްކުރާ މުއައްސަސާއަކަށް އެމްޑީޕީ ބަދަލުވާންޖެހޭ ކަމަށް. އަދި ޕާޓީގެ ކުރިމަގު ބައްޓަންކުރަންވީ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށްގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް | 11 ޖޫން 2026 | ބުރާސްފަތި 00:56
ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ.

ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ. | އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ ކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ "އިތުބާރު ކެމްޕޭން" ނިންމާލުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ އެ ޕާޓީގެ މުސްތަޤްބަލްގެ މިސްރާބު ހަމަމަގަށް އަޅުވަން ލިބޭ މުހިންމު ފުރުޞަތެއް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ. ޕާޓީގެ އެތެރޭގެ ހިންގުން ތަރުތީބުކުރަންވީ ވަގުތު މިއަދު ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިކަން ކުރަން އެންމެ ރަނގަޅު ވަގުތަކީ މީގެ ވިއްސަކަށް އަހަރު ކުރިން ކަމަށާއި ނަމަވެސް މިއަދަކީ އެންމެ ރަނގަޅަށް އެންމެ މުހިންމު އެންމެ ފަރުވާތެރިކަމާ އެކީގައި މިކަން ކުރަން ލިބޭ ވަގުތު ކަމަށް ޝައުނާ ވިދާޅުވި އެވެ.

އެމްޑީޕީ އިން ކުރަންވީ ކޮންކަމެއްތޯ ސުވާލުކުރައްވަމުން ޝައުނާ ވިދާޅުވީ އެންމެ މުހިންމު ޒިންމާއަކީ މި ނުބައި ނުލަފާ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރަންޖެހޭ މަސައްކަތް މުޒާހަރާކުރަންޖެހޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި މި ސަރުކާރު ޖަވާބުދާރީކުރުވަންޖެހޭ ކަމަށެވެ. ވާހަކަދައްކަންޖެހޭ ލިޔަންޖެހޭ އަޑު އުފުލާންޖެހޭ ކަމަށް ވިދާޅުވި އެވެ.

މި ކަންތައްތަކަށް އެކުވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް އޮތް ކަމަށާއި ޕާޓީގެ އެތެރޭގެ ހިންގުން ތަރުތީބުކުރަމުން މި ކަންތައްތައް ކުރާން ޖެހޭ ކަމަށް ވިދާޅުވިއެވެ. ވިހި އަހަރު ވީއިރުގައި ހަނދާންނައްތައިލާފައި އޮތީ މި ކަންތައްތައް ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު މިއަދު މިތާ ހުއްޓިހުރެ ވާހަކަދައްކަން ބޭނުންވަނީ، މި ޕާޓީ ކުރިއަށް އޮތް ވިހި އަހަރަށް، ކުރިއަށް އޮތް އެކާވީސް އަހަރު ދުވަހު އަޅުގަނޑުމެން ކުރަން މުހިންމު މަސައްކަތްތަކާ ގުޅޭ ގޮތުން. އަޅުގަނޑުމެންގެ ޕާޓީއަކީ މުއައްސަސާއެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އަޅުގަނޑު ތިޔަބޭފުޅުންނަށް ހިއްސާކޮށްލަން ބޭނުންވާ ވާހަކަތަކެއް. މި ޕާޓީއަށް ވާ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ރާއްޖެއަށް ވާ ތަން އަޅުގަނޑުމެންނަށް އެބަފެނޭ. މި ޕާޓީ ރޫޅުނީމާ ދިވެހި ދައުލަތް ރޫޅޭ ތަން އަޅުގަނޑުމެންނަށް އެބަފެނޭ. މި ޕާޓީ ރޫޅުނީމާ ދިވެހި ސަރުކާރު ރޫޅޭ ތަން އަޅުގަނޑުމެންނަށް އެބަފެނޭ. އަޅުގަނޑުމެންގެ ދިރިއުޅުން ރޫޅޭ ތަން އަޅުގަނޑުމެންނަށް އެބަފެނޭ. އެމް.ޑީ.ޕީ ވެރިކަމުގައި ނެތުނީމަ، އެމް.ޑީ.ޕީ ވެރިކަމުން، އަޅުގަނޑުމެންގެ ވެރިކަމެއް ނެތީމާ ދިވެހިރާއްޖެއަށް ވާ ކަންކަން އަޅުގަނޑުމެންނަށް އެބަ އިހުސާސްކުރެވޭ. ޤާނޫނުއަސާސީ ކުދިކުދި ކުރަމުން އެދަނީ އިނގޭތޯ. އަޅުގަނޑުމެންގެ ޙައްޤުތައް ހަނިކޮށްފި. އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެތައް ޒަމާނެއް ވަންދެން ކުރި މަސައްކަތްތައް މި ދަނީ ދުވަމުން. މީޑިއާގެ މިނިވަންކަން ނަގާލައިފި، ނޫސްވެރިން އެދަނީ ޖަލަށް ލަމުން، ސިޔާސީ ކުށްވެރިން މި އަންނަނީ އިތުރުވަމުން. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއްޖެ. ދިރިއުޅެން ޙަޤީޤަތުގައި ވެސް ދަތިވެއްޖެ. ގޭހެއް ނެތް، ބޭހެއް ނެތް. ޑޮލަރެއް ވެސް މިއަދަކު އަޅުގަނޑުމެންނަކަށް ނުފެނޭ. ރާއްޖޭގެ ރަށްރަށުގައި ތަރައްޤީ ހުއްޓިއްޖެ. ހަމަ އެންމެ އިސްކުރަންޖަހައިލާ ތަނެއްވެސް އަޅުގަނޑުމެންނަކަށް ނުފެނޭ އިނގޭތޯ.
ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ

ޝައުނާ ވިދާޅުވީ މިއަދު މި ޤައުމު މި ހާލަތަށް ވެއްޓުނީ ޕާޓީގެ އެތެރޭގެ މަޞްލަޙަތު ގެއްލިގެންދިޔައިމަ ކަމަށެވެ. ދެންވެސް ތަކުރާރު މި ކަންތައްތައް ނުކުރެވޭނީ މުއައްސަސާއެއްގެ ގޮތުގައި މި ޕާޓީގެ ކަންކަން އެތެރޭގައި ހިންގުން ތަރުތީބުކުރެވިގެން ކަމަށް ވިދާޅުވިއެވެ. ޕާސަނަލިޓީ ޕޮލިޓިކްސްއިން ޕްރިންސިޕަލް ޕޮލިޓިކްސްއަކަށް ބަދަލުވާން ޖެހޭ ކަމަށާއި އުސޫލުތަކަށް ތަބާވާ ޕާޓީއަކަށް ބަދަލުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޗެއަރޕާސަނެއްގެ ދައުރަކީ މި ޕާޓީގެ ހިންގުން ވަރުގަދަކުރުން ކަމަށާއި ޕާޓީގެ އެތެރޭގެ ކޮމިޓީތައް ގަވާއިދުން ހިނގާނުހިނގާވެ ބަލައި އެ ކޮމިޓީތަކުން ލިބޭ މަޢުލޫމާތުތަކުގެ އަލީގައި ޕާޓީގެ ސިޔާސަތުތައް ކަނޑައަޅައި ރައްޔިތުންނާ މުޢާމަލާތްކުރާ ގޮތް އިތުރުކުރުން ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ އެ ޕާޓީއަކީ ވަކި މީހެއްގެ ފައުސަފާއެއް ނޫން ކަމަށާއި ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށެވެ. މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޕާޓީއެއް ނޫން ކަމަށާއި ރައީސް ނަޝީދުގެ ޕާޓީއެއް ވެސް ނޫން ކަމަށް ވިދާޅުވިއެވެ. ޕާޓީ ވަރުގަދަކުރާނީ ޕާޓީ ވަރުގަދަވީމަ ޤައުމަށް ހަމަޖެހުން އަންނާނެ ކަމަށާއި ޕާޓީގެ އެތެރޭގެ ހިންގުމަށް ހެޔޮވެރިކަން ޤައުމަށް ވެސް ހެޔޮވެރިކަން އަންނާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީމީކާއިލް ނަސީމްއިބްރާހީމް މުޙައްމަދު ސޯލިޙުއެމްޑީޕީ ޗެއަރޕާސަން އިންތިހާބު 2026

އިތުރަށް ކިޔާލަން

11 ޖޫން 2026

މި ކުރާ ހަމައެކަނި މަސައްކަތަކީ ދެހާސް އަށާވީހާ ހަމައަށް ދާއިރު މި ޕާޓީގެ ސަފުތައް އެކުވެރިކަމާއެކީ، އެއްބައިވަންތަކަމާއެކީ އެކުއެކީ ބޭއްވުމުގެ މަސައްކަތް: މީކާއިލް

11 ޖޫން 2026
މި ކުރާ ހަމައެކަނި މަސައްކަތަކީ ދެހާސް އަށާވީހާ ހަމައަށް ދާއިރު މި ޕާޓީގެ ސަފުތައް އެކުވެރިކަމާއެކީ، އެއްބައިވަންތަކަމާއެކީ އެކުއެކީ ބޭއްވުމުގެ މަސައްކަތް: މީކާއިލް
10 ޖޫން 2026

ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެއަރޕޯޓަށް ދިޔަ، މިފްކޯގެ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފީ

10 ޖޫން 2026
 ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެއަރޕޯޓަށް ދިޔަ، މިފްކޯގެ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފީ
10 ޖޫން 2026

ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަަށަކަށް ވޯޓު ފޮށިތައް ފޮނުވޭނޭ: އެމްޑީޕީ

10 ޖޫން 2026
ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަަށަކަށް ވޯޓު ފޮށިތައް ފޮނުވޭނޭ: އެމްޑީޕީ
10 ޖޫން 2026

ރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އެބައޮތް، އެ ޖަންޕު ނުޖަހައިފިނަމަ ވެއްޓޭނީ އަނދަވަޅަކަށް: ކުރީގެ ރައީސް ނަޝީދު

10 ޖޫން 2026
ރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އެބައޮތް، އެ ޖަންޕު ނުޖަހައިފިނަމަ ވެއްޓޭނީ އަނދަވަޅަކަށް: ކުރީގެ ރައީސް ނަޝީދު
10 ޖޫން 2026

ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ

10 ޖޫން 2026
ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު