Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޗެއަރޕާސަން އިންތިހާބު 2026

ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަަށަކަށް ވޯޓު ފޮށިތައް ފޮނުވޭނޭ: އެމްޑީޕީ

އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބަށް ބޭނުންވާ ވޯޓު ފޮށިތަކުގެ 80 އިންސައްތަ މިހާރު ވަނީ ރަށްރަށަށް ފޮނުވާފަ. ކުރީގެ ރައީސް ނަޝީދާއި މީކާއިލް ނަސީމް ވާދަކުރައްވާ މި އިންތިހާބުގެ ހުރިހާ ތައްޔާރީތަކެއް ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ޕާޓީން ބުނޭ. މި އިންތިހާބުގައި ވޯޓުލުން ކުރިއަށްދާނީ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 10 ޖޫން 2026 | ބުދަ 14:07
މީގެ ކުރިން ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގެ ތެރެއިން.

މީގެ ކުރިން ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގެ ތެރެއިން.

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ހުރިހާ ވޯޓު ފޮއްޓެއް ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ފޮނުވައި ނިންމާލެވޭނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

މި އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދާ އެމްޑީޕީގެ އިލެކްޝަންސް ކޮމިޓީގެ މެމްބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ، ރަށްރަށަށް ފޮނުވަންޖެހޭ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސްތައް މާލެ އިން ޑިސްޕެޗް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަމަށެވެ. އެގޮތުން މިހާރު ވަނީ 80 އިންސައްތަ ޑިސްޕެޗް ކުރެވިފައި ކަމަށާއި، ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ވޯޓު ފޮށިތައް ފޮނުވަލަވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް އެވެ. މި އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެކި ރަށްރަށަށް ދަތުރުކުރައްވައި ކެމްޕެއިން ހަރަކާތްތައް ބާއްވަމުންނެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދާނީ 12 ޖޫން 2026 ވާ ހުކުރު ދުވަހުގެ މެންދުރު 2:30 ން ރޭގަނޑު 8:00 އަށެވެ. ޗެއަރޕާސަން އިންތިހާބުގެ ޓައިމްލައިންގައިވާ ގޮތުން ވޯޓު ލެވޭނީ 22 އެޕްރީލް އާ ހަމައަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ތިބޭ މެންބަރުންނަށެވެ.

އެމްޑީޕީއިބްރާހިމް މުއިއްޒުއެމްޑީޕީ ޗެއަރޕާސަން އިންތިހާބު 2026

އިތުރަށް ކިޔާލަން

10 ޖޫން 2026

ރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އެބައޮތް، އެ ޖަންޕު ނުޖަހައިފިނަމަ ވެއްޓޭނީ އަނދަވަޅަކަށް: ކުރީގެ ރައީސް ނަޝީދު

10 ޖޫން 2026
ރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އެބައޮތް، އެ ޖަންޕު ނުޖަހައިފިނަމަ ވެއްޓޭނީ އަނދަވަޅަކަށް: ކުރީގެ ރައީސް ނަޝީދު
10 ޖޫން 2026

ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ

10 ޖޫން 2026
ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ
09 ޖޫން 2026

ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް

09 ޖޫން 2026
ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް
09 ޖޫން 2026

މީކާއީލް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބައެއް ވޯޓުފޮށި ބަހައްޓާ ތަންތަން ބަދަލުކޮށްފި

09 ޖޫން 2026
މީކާއީލް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބައެއް ވޯޓުފޮށި ބަހައްޓާ ތަންތަން ބަދަލުކޮށްފި
09 ޖޫން 2026

އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް

09 ޖޫން 2026
އިދިކޮޅަށް ކެމްޕެއިން ކުރުމާ ހައްގު ހޯދުމަށް އަޑުއުފުލާ މީހުން ވަޒީފާ އިން ވަކިކުރާތީ ފައްޔާޒުގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރަށް
09 ޖޫން 2026

އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

09 ޖޫން 2026
އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި
08 ޖޫން 2026

ސޯބެ އާއެކު ފޮޓޯ އެއް ނެގުމުން، ކޮންޓްރެކްޓް ވަޒީފާއެއްގައި ހުންނެވި ޒުހައިރުގެ ވަޒީފާ އުވާލައިފި

08 ޖޫން 2026
 ސޯބެ އާއެކު ފޮޓޯ އެއް ނެގުމުން، ކޮންޓްރެކްޓް ވަޒީފާއެއްގައި ހުންނެވި ޒުހައިރުގެ ވަޒީފާ އުވާލައިފި
08 ޖޫން 2026

މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން، ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ

08 ޖޫން 2026
މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން،  ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ
08 ޖޫން 2026

ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު

08 ޖޫން 2026
ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު
08 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި

08 ޖޫން 2026
 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު