Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒުގެ ސަރުކާރު

ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ

ރައީސް މުއިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމުން އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިވަމުންދާކަމަށާއި، މިއީ ވެރިކަން ކުރުމުގެ ޤާބިލުކަން ނެތްކަމުގެ ހެއްކެއް ކަމަށް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ. ބޭސްފަރުވާއާއި ސްޓޫޑެންޓް ލޯނު ފަދަ އަސާސީ ޚިދުމަތްތަކަށް ބުރޫއަރައި، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައި އޮތުމަކީ ސަރުކާރުގެ މިސްރާބު އޮޅިފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށްވެސް ޑރ. ޑީޑީ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖޫން 2026 | ބުދަ 04:26
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ޑީޑީ

އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ޑީޑީ | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ހިންގުމުގެ ވައްޓަފާޅިއެއް އަދި ހަރުދަނާ ސިޔާސަތެއް ނެތުމުގެ ސަބަބުން، ސަރުކާރުގެ ޙާލަތު ދުވަހުން ދުވަހަށް ދަށަށް ދަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ، ރައީސް މުއިއްޒުގެ ކިބައިގައި ވެރިކަން ކުރުމުގެ ޤާބިލުކަން ނެތްކަން މިހާރު އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ތެރޭގައި އޮތް ނުތަނަވަސްކަމަށް އަލިއަޅުއްވާލައްވަމުން ޑރ. ޑީޑީ ވިދާޅުވީ، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ފަހަރަކު ބޭފުޅަކު ރައީސް މުއިއްޒު ދޫކުރައްވައި ވަޑައިގަންނަވަމުންދާ ކަމަށެވެ. އަދި ވަޒީރުންގެ މަޤާމުތަކަށް ތަކުރާރުކޮށް ބަދަލުތައް ގެންނަން ޖެހުމަކީ ސަރުކާރުގެ ހަރުދަނާކަމެއް ނެތްކަމުގެ ހެއްކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ޙާލަތު މިދަނީ އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް، އެއީ ރައީސް މުއިއްޒުގެ ވެރިކަން ކުރުމުގެ އެއްވެސް ކަހަލަ ވައްޓަފާޅިއެއް އަދި ހަރުދަނާ ސިޔާސަތެއް ނެތްކަން، ރައީސް މުއިއްޒުގެ އަރިހުގައި ތިއްބަވާ ބޭފުޅުންނަށްވެސް އެކަން އެބަ އެނގިވަޑައިގަންނަވާ. ފަހަރަކު ބޭފުޅަކު އެ ގެންދަވަނީ ރައީސް މުއިއްޒު ދޫކުރައްވާ ވަޑައިގަންނަވަމުން، އެކި ވަޒީރުންގެ މަޤާމު ދަނީ ބަދަލުވަމުން،
ޑރ. އިބްރާހިމް ދީދީ (ޑީޑީ)

ޑރ. ޑީޑީ ސިފަކުރެއްވި ގޮތުގައި، ސާފު ސިޔާސަތެއް ނެތުމުގެ ސަބަބުން ރައީސް މުއިއްޒު މިހާރު ހުންނެވީ ހަގީގަތުގައިވެސް "ހަތަރު އަނގޮޅި ކަންމައްޗެއްގައެވެ."

މީގެ އިތުރުން، ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި ޑރ. ޑީޑީ ވިދާޅުވީ، އަސާސީ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން ބޭސް ސިޓީއަށް ބޭސް ނުލިބުމުގެ މައްސަލައާއި، ކިޔަވާ ކުދިންނަށް ދޫކުރާ ސްޓޫޑެންޓް ލޯނު ވަގުތަށް ނުލިބުމުގެ ސަބަބުން ބެލެނިވެރިން އުފުލަންޖެހޭ ތަކުލީފުތައް އޭނާ ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ދާއިރާއިން ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޑީޑީ ވިދާޅުވީ، ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ތަކެތީގެ އަގު ބޮޑުވަމުންދިއުމަކީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައި ހުރުމަކީވެސް ސަރުކާރުގެ ނާޤާބިލުކަން ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޑރ. ޑީޑީގެ ވާހަކަފުޅުގައި ބޮޑަށް ބާރުއެޅުއްވީ، ސަރުކާރުގެ މިސްރާބު އޮޅި، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރު ނުކުޅެދިފައިވާ މިންވަރުގެ މައްޗަށެވެ. މި ހުރިހާ މައްސަލަތަކެއްގެ އަސްލަކީ ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތެއް ނެތުން ކަމަށް ވިދާޅުވެ، ޑރ. ޑީޑީ ވަނީ ސަރުކާރުގެ ހިންގުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޑރ. މުޙައްމަދު މުޢިއްޒުޑރ. އިބްރާހިމް ދީދީއެމްޑީޕީރާއްޖެ ޓީވީފަލަސުރުހީ

އިތުރަށް ކިޔާލަން

09 ޖޫން 2026

ސަރުކާރުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ވަނީ ގޯސް، ފެންނަނީ ފަހަރަކު ބޭފުޅަކު ރައީސް އާއި ފެޔަށް ވަޑައިގަންނަވާތަން: ޑީޑީ

09 ޖޫން 2026
ސަރުކާރުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ވަނީ ގޯސް، ފެންނަނީ ފަހަރަކު ބޭފުޅަކު ރައީސް އާއި ފެޔަށް ވަޑައިގަންނަވާތަން: ޑީޑީ
09 ޖޫން 2026

މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން

09 ޖޫން 2026
މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން
09 ޖޫން 2026

ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް

09 ޖޫން 2026
ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް
09 ޖޫން 2026

މީކާއީލް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބައެއް ވޯޓުފޮށި ބަހައްޓާ ތަންތަން ބަދަލުކޮށްފި

09 ޖޫން 2026
މީކާއީލް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބައެއް ވޯޓުފޮށި ބަހައްޓާ ތަންތަން ބަދަލުކޮށްފި
09 ޖޫން 2026

މައްސަލަ ފެށުނީ އިހުސާންގެ ކޮރަޕްޝަންގެ ކަންކަން ރައީސް އަށް އެންގުމުން، ރައީސްގެ ޖަވާބަކަށް ވީ އަޅުގަނޑަކީ ރައީސް އަށް ލޯޔަލް މީހެއް ނޫން ކަމަށް: ޝައްމާން

09 ޖޫން 2026
މައްސަލަ ފެށުނީ އިހުސާންގެ ކޮރަޕްޝަންގެ ކަންކަން ރައީސް އަށް އެންގުމުން، ރައީސްގެ ޖަވާބަކަށް ވީ އަޅުގަނޑަކީ ރައީސް އަށް ލޯޔަލް މީހެއް ނޫން ކަމަށް: ޝައްމާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު