Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިމޮކްރަސީ

ރައްޔިތުން ވޯޓަށް ޒިންމާދާރުވާން ޖެހޭ، ޒިންމާދާރުނުވާ ނަމަ ވެރިން ނާޖާއިޒު ފައިދާ ނަގާނެ: ސައުދު

ސައުދު ވިދާޅުވީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ވޯޓު ދިނުމުގައި ރައްޔިތުން މިއަށްވުރެ ޒިންމާދާރުވާންޖެހޭ ކަމަށާއި، އެމްޑީޕީއަކީ ގައުމުގެ ހައްގުތައް އިސްކުރާ އެންމެ ވަރުގަދަ ސިޔާސީ މުއައްސަސާ ކަމަށް. ރައްޔިތުން ޒިންމާދާރު ނުވާނަމަ ވެރިން އޭގެ ނާޖާއިޒު ފައިދާ ނަގައި ރައްޔިތުން އަޅުވެތިކުރާނެކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތް ތަނުގައި ވޯޓު ދިނުމުގައި ރައްޔިތުން އިތުރަށް ވިސްނުމަށް އޭނާ ގޮވާލެއްވި. މީގެ އިތުރުން ގައުމުގެ ހާލަތު ބަދަލުވެފައިވާ މިންވަރަށް ބަލައި، ޕާޓީގެ އެތެރޭގެ ކަންކަން ތަރުތީބުކޮށް ވަރުގަދަ ކުރަންޖެހޭ ކަމަށްވެސް ސައުދު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖޫން 2026 | ބުރާސްފަތި 06:34
ބުދަ ދުވަހުގެ ރޭ ބޭއްވި ''އިތުބާރު ކެމްޕޭން'' ނިންމާލުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން ވާހަކަ ދައްކަވަނީ.

ބުދަ ދުވަހުގެ ރޭ ބޭއްވި ''އިތުބާރު ކެމްޕޭން'' ނިންމާލުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން ވާހަކަ ދައްކަވަނީ. | އެމްޑީޕީ

ރައްޔިތުން ވޯޓަށް ޒިންމާދާރުވާން ޖެހޭ ކަމަށާއި، ޒިންމާދާރުނުވާ ނަމަ ވެރިން ނާޖާއިޒް ފައިދާ ނަގާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރޭ ބޭއްވި ''އިތުބާރު ކެމްޕޭން'' ނިންމާލުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ސައުދު ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހާލަތަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. 

Advertisement - newsAdvertisement

ސައުދު ވިދާޅުވީ މިރާއްޖޭގައި އޮތް ހަމައެކަނި ޑިމޮކްރަޓިކް ޕާޓީއަކީ އެމްޑީޕީ ކަމަށާއި، އެމްޑީޕީ އަކީ އެންމެ ވަރުގަދަ މުއައްސަސާ ކަމަށެވެ. ޕާޓީން އަބަދުވެސް ގައުމާއި ރައްޔިތުންގެ ހައްގުތައް އިސްކުރާކަން ފާހަގަކުރައްވައި ސައުދު ވިދާޅުވީ އެމްޑީޕީ އަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އޭގެ ނިކަމެތި އަސަރު ލިބިގެންދާ ކަމެއް ކަމަށެވެ. 

މީގެ އިތުރުން ސައުދު ވިދާޅުވީ ވޯޓަކީ ރައްޔިތުންނަށް ލިބޭ ބާރެއް ކަމަށާއި، ވޯޓަށް ރައްޔިތުން ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އަދި ޒިންމާދާރުނުވާނަމަ ވެރީން ނާޖާއިޒް ފައިދާ ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުން ޒިންމާދާރުނުވެއްޖެއްޔާ އެ ރައްޔިތުންގެ މައްޗަށް މި ޑިމޮކްރަސީގައި ވެރިން ނާޖާއިޒް ކަންތައްތަކެއް ހިންގާނޭ. ރައްޔިތުން އަޅުވެތި ކުރާނޭ. ރައްޔިތުން ޒިންމާދާރު ނުވެއްޖެއްޔާ އެ ރައްޔިތުންގެ ބޭނުން ހިފާފައި ރައްޔިތުން އަޅުވެތި ކުރުމުގެ ސިޔާސަތެއް މިފަހުގެ ޑިމޮކްރަސީތަކުން އަޅުގަނޑުމެންނަށް މިފެންނަނީ. އެހެންވީމަ ޑިމޮކްރަސީ ހިފަހައްޓަން ޑިމޮކްރަސީ އަށަގަންނަވަން ޑިމޮކްރަސީން ކުރިއެރުން ހޯދަން ބޭނުންވާނަމަ އެންމެ ފުރަތަމަ ރައްޔިތު މީހާ އެބަ ޖެހޭ ޒިންމާދާރުވާން. މިއަދު އެމްޑީޕީއަށް 20 އަހަރު ފުރުމުގެ ވާހަކަ މިދައްކަނީ އަޅުގަނޑު އަދި ވަރަށް ކުޑަ ދުވަސްކޮޅެއް އެމްޑީޕީގައި މިވީ. އަދިވެސް މިސިޔާސީ ހަޔާތުގައި ތަޖުރިބާ ވަކި ކުޑައެއް ނޫން.
 ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން

ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި ސައުދު ވިދާޅުވީ، މިހާލަތުގެ ގޮތުން ޕާޓީ އެތެރެ ތަރުތީބުވާން ޖެހޭ ކަމަށެވެ. ޑިމޮކްރަސީގައި އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ލިބުނު ކަމަށާއި، އެއް ދައުރު ނުވަތަ 5 އަހަރު ކާމިޔާބު ކަމާއެކު ގައުމު ހިންގި ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ދެ ވަނަ ދައުރު އެމްޑީޕީއަށް ގެއްލުނު ގޮތާއި މެދު ސުވާލު އުފައްދާނެ ރައްޔިތެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ވޯޓު ދޭއިރު ރައްޔިތުން ވިސްނުމަށް އޭނާ ގޮވާލެއްވި އެވެ. 

ސައުދު ހުސައިންއެމްޑީޕީއިތުބާރު ކެމްޕެއިންޑިމޮކްރަސީ

އިތުރަށް ކިޔާލަން

11 ޖޫން 2026

އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫން: މައުރޫފް

11 ޖޫން 2026
އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫން: މައުރޫފް
11 ޖޫން 2026

މި ކުރާ ހަމައެކަނި މަސައްކަތަކީ ދެހާސް އަށާވީހާ ހަމައަށް ދާއިރު މި ޕާޓީގެ ސަފުތައް އެކުވެރިކަމާއެކީ، އެއްބައިވަންތަކަމާއެކީ އެކުއެކީ ބޭއްވުމުގެ މަސައްކަތް: މީކާއިލް

11 ޖޫން 2026
މި ކުރާ ހަމައެކަނި މަސައްކަތަކީ ދެހާސް އަށާވީހާ ހަމައަށް ދާއިރު މި ޕާޓީގެ ސަފުތައް އެކުވެރިކަމާއެކީ، އެއްބައިވަންތަކަމާއެކީ އެކުއެކީ ބޭއްވުމުގެ މަސައްކަތް: މީކާއިލް
11 ޖޫން 2026

އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ: ޝައުނާ

11 ޖޫން 2026
އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ: ޝައުނާ
10 ޖޫން 2026

ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެއަރޕޯޓަށް ދިޔަ، މިފްކޯގެ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފީ

10 ޖޫން 2026
 ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެއަރޕޯޓަށް ދިޔަ، މިފްކޯގެ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފީ
10 ޖޫން 2026

ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަަށަކަށް ވޯޓު ފޮށިތައް ފޮނުވޭނޭ: އެމްޑީޕީ

10 ޖޫން 2026
ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަަށަކަށް ވޯޓު ފޮށިތައް ފޮނުވޭނޭ: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު