Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝުހާދުގެ މަރު

ޝުހާދު މަރާލި މައްސަލަ: އޭނާގެ މަންމައާއި ބައްޕަވެސް ބޭނުންވަނީ މަރަށް މަރު ހިފަން

11 ޖޫން 2026 | ބުރާސްފަތި 07:04

2010 ވަނަ އަހަރު ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި އަބްދުﷲ ޝުހާދު މަރާލިކަން ސާބިތުވެ، ހަސަން ފަރީދު މެރުމަށް ދަށު ކޯޓާއި ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގައިވެސް ޝުހާދުގެ ވާރިސުން ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައި. މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، ދެން އޮންނާނީ ހުކުމް އިއްވުން. ތަހުގީގު މަރުހަލާގައި ހައްގުތަކެއް އުނިވެފައިވާ ކަމަށް ފަރީދު ބުނި ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހަތް މީހަކު ވަނީ ހެކިބަސް ދީފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖޫން 2026 | ބުރާސްފަތި 07:04
ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެރަށު އަބްދުﷲ ޝުހާދު މަރާލިކަމުގެ ދައުވާ ލިބުނު ހަސަން ފަރީދު

ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެރަށު އަބްދުﷲ ޝުހާދު މަރާލިކަމުގެ ދައުވާ ލިބުނު ހަސަން ފަރީދު | ރާއްޖެ އެމްވީ

ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެރަށު އަބްދުﷲ ޝުހާދު މަރާލިކަމުގެ ދައުވާ ލިބުނު ހަސަން ފަރީދުގެ މައްޗަށް މަރަށް މަރު ހިފަން ބޭނުންވާކަމަށް އޭނާގެ އާއިލާއިން ކޯޓުގައި ބުނެފިއެވެ.

ޝުހާދު މަރުވެފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހުގެ ރޭ 21:30 އެހާކަށްހާއިރު ފުވައްމުލަކު ދޫޑިގަމު ބޮޑު ފަންނު މަގާއި، ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް، އެސަރަހައްދުގައި ހުންނަ ކެއުފިނިގެ ފާރުބުރި މަތީގައި އެހެން ބަޔަކާއެކު އިންދައި ފަރީދުގެ އަތުގައި އޮތް ވަޅިއަކުން ދިން ހަމަލާއެއްގައެވެ. އެ ހަމަލާއާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް ޝުހާދު ވަނީ ޖެހިގެން އައި ދުވަހު މަރުވެފައެވެ.

ފަރީދު ޝުހާދަށް ވަޅިން ހަމަލާދިން މައްސަލައިގައި ދައުލަތުން ޝަފަހީ ހެކިންވެސް ހުށަހެޅިއެވެ. ޝުހާދުގެ ބައްޕަ އާއި މަންމަ ވަނީ އެ މައްސަލާގައި ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ދަށު ކޯޓުގެ ޝަރީއަތުގައި ބުނެފައެވެ.

ފަރީދު މެރުމަށް ދަށުކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޝުހާދަށް ފަރީދު ހަމަލާދިން ކަމަށް ހަތް މީހަކު ހެކިބަސް ދީފައިވާ ކަމަށާއި ޝުހާދު މަރުވެފައި ވަނީ އޭނާގެ އަރިކަށްޓަށް ލިބުނު ޒަހަމްތަކުގެ ސަބަބުންކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށެވެ. އެހެންވެ ޝުހާދަށް ހަމަލާދީ އޭނާ މަރާލިކަން ފަރީދުގެ މައްޗަށް ސާބިތުވާއިރު ޝުހާދުގެ ވާރިސުންގެ ގޮތުގައި ތިބި އޭނާގެ މަންމަ އާއި ބައްޕަ ވެސް ބޭނުންވަނީ ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ކަމަށް އެ ދެ މީހުން ބުނެފައި ވާތީ ފަރީދު މެރުމަށް ހުކުމްކުރީ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވެއެވެ.

ދަށު ކޯޓުގެ އެ ނިންމުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ. އެހެންވެ ފަރީދުގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ސުޕްރީމް ކޯޓުގައި މި އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލާފައިވަނީ 2021 ވަނަ އަހަރުއެވެ. އެހެންނަމަވެސް ޙުކުމް ނުކޮށް ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވާއިރު، އޭގެ ފަހުން އޭރު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗު ބަދަލުވެ، މައްސަލަ އިތުރަށް ދިގުލައިގެންދިޔައީއެވެ. އަނެއްކާވެސް މިހާރު މައްސަލައިގެ އަޑުއެހުންތައް ފަށައި، ބުރާސްފަތި ދުވަހު އޮތް އަޑުއެހުމުގައި ވަނީ ޝުހާދުގެ ވާރިސުން ހާޒިރުކޮށް އެމީހުންގެ ބަސް ނަގާފައެވެ.

އޭގެ ކުރިން ޝުހާދުގެ ވާރިސުންނާ ދައްކާނެ އެއްވެސް ވާހަކައެއް އޮތްތޯ ހަސަން ފަރީދާ އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވުމުން، އެ މީހުންނާ ދައްކާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ހަސަން ފަރީދު މި އަޑުއެހުމުގައި ވަނީ ބުނެފައެވެ.

ޝުހާދުގެ ވާރިސުންގެ ގޮތުގައި ތިބި އޭނާގެ ޝުހާދުގެ ބައްޕަވެސް ވަނީ އެމީހުން ބޭނުންވަނީ މަރަށް މަރު ހިފަންކަމަށް ކޯޓުގައި ބުނެފައެވެ.

މި އަޑުއެހުމުގައި ޙަސަން ފަރީދު ވަނީ އޭނާއަށް ތަހުގީގުގައި ލިބެންޖެހޭ ބައެއް ޙައްޤުތައް ލިބިފައިނުވާކަމަށް ބުނެ އެކަމުގެ ޝަކުވާކޮށްފައެވެ. އަދި އޭނާ ފާހަގަކުރި ކަންކަމާ ގުޅިގެން އިތުރަށް ސާފު ކުރަންޖެހޭ ކަންކަން ސާފު ކުރައްވާނެކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

އެއަށްފަހު ދެން އޮންނާނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ޙުކުމް ކުރެއްވުމެވެ.

 

ފުވައްމުލަކުއަބްދުﷲ ޝުހާދުފަރީދާ ހަސަންސުޕްރީމް ކޯޓުމަރުގެ އަދަބުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

07 ޖޫން 2026

ރާއްޖެ އައީ ގުރުއަތުން ހޮވިގެން ކަމަށާއި ޑުރަގަކީ ސާމްޕަލްތަކެއް ކަމަށް ބިދޭސީއަކު ކޯޓުގައި ބުނެފި

07 ޖޫން 2026
ރާއްޖެ އައީ ގުރުއަތުން ހޮވިގެން ކަމަށާއި ޑުރަގަކީ ސާމްޕަލްތަކެއް ކަމަށް ބިދޭސީއަކު ކޯޓުގައި ބުނެފި
06 ޖޫން 2026

ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!

06 ޖޫން 2026
ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!
05 ޖޫން 2026

ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި

05 ޖޫން 2026
ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި
04 ޖޫން 2026

ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!

04 ޖޫން 2026
ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!
04 ޖޫން 2026

ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކުރާނަމަ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދު ސުވާލު އުފެއްދޭނެ، ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެ: ސުއޫދު

04 ޖޫން 2026
ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކުރާނަމަ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދު ސުވާލު އުފެއްދޭނެ، ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެ: ސުއޫދު
04 ޖޫން 2026

ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު

04 ޖޫން 2026
ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު
03 ޖޫން 2026

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު

03 ޖޫން 2026
 ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު
03 ޖޫން 2026

ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

03 ޖޫން 2026
ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި
02 ޖޫން 2026

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރުގެ ޝަރީއަތް ބުދަ ދުވަހު، ޝަރީއަތް ސިއްރު

02 ޖޫން 2026
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރުގެ ޝަރީއަތް ބުދަ ދުވަހު، ޝަރީއަތް ސިއްރު
01 ޖޫން 2026

އަދަދުގެ ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އަޑުއެހުން ޖޫން 8 ގައި، އަޑުއެހުން ކުރިއަށްދާނީ ސިއްރުކޮށްގެން

01 ޖޫން 2026
އަދަދުގެ ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އަޑުއެހުން ޖޫން 8 ގައި، އަޑުއެހުން ކުރިއަށްދާނީ ސިއްރުކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް