Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭވަށު ގޮނޑީގެ މައްސަލަ

ވޭވަށު ގޮނޑި އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މޮޅުވާގޮތަށް ހައިކޯޓުން ޙުކުމްކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު

މ. ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު ވޯޓުތައް ސައްޙަ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައި. ވޯޓު ކަރުދާހުގައި ހުރި ޗާޕުދެލީގެ ސަބަބުން ވޯޓު ބާތިލު ނުކުރެވޭނެ ކަމަށާއި، ހައިކޯޓުގެ ނިންމުމަކީ އިންތިޚާބީ ނިޒާމުގެ އަސާސްތަކާ ޚިލާފު ނިންމުމެއް ކަމަށް ފަނޑިޔާރުން ފާހަގަކުރެއްވި. މި ނިންމުމާއެކު އިންތިޚާބުގެ އަސްލު ނަތީޖާ ދަމަހައްޓައި، އިންތިޚާބީ ނިޒާމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިކަން ލިބިގެންދާނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖޫން 2026 | ބުރާސްފަތި 08:08
 އެމްޑީޕީގެ ކެންޑިޑޭޓު އަހުސަން ނައީމްގެ ވަކީލުންގެ ޓީމު.

އެމްޑީޕީގެ ކެންޑިޑޭޓު އަހުސަން ނައީމްގެ ވަކީލުންގެ ޓީމު. | ރާއްޖެ އެމްވީ

މ. ވޭވަށު ކައުންސިލްގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ވޯޓާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމަކީ މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ނިންމުމެއް ކަމަށް  ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މި މައްސަލައިގައި ހިލާފު އުފެދިފައިވަނީ ބާތިލު ވޯޓު ކަނޑައެޅުމުގައި ކަމަށްވާއިރު، އީސީން އަލުން ވޯޓު ގުނި މާލަމުގައި އެ ވޯޓުތައް ސައްޙަކަމަށް ކަނޑައަޅާފައިވަނީ ކިހިނެއްކަން ސާފުކޮށް ކިޔާދީފައިވެ އެވެ. އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަވެފައި ހުރީ ކުރެހުމެއް ނޫނެވެ. އެއީ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގައި ދެލި ފޭދިފައިވާ ކަރުދާސްކަމަށްވާތީ އީސީން ވަނީ އެ ކަރުދާސްތައް ސައްޙަކަމަށް ބަލައިގެންފައެވެ. އެއީ އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވާ 3 ވޯޓުގެ ވޯޓު ކަރުދާހެކެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ އެމްޑީޕީއަށް ލިބިފައިވާ 3 ވޯޓު ބާތިލު ކުރުމަށެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓު އަހުސަން ނައީމް ކުރި ހޯދާފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު ނަޒީހު މޮޅުވުމަށް މަގުފަހިވެގެންދިޔައީ އެވެ. އެހެންވެ އެމްޑީޕީގެ ކެންޑިޑޭޓުން މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ބުރާސްފަތި ދުވަހު ވަނީ ހައިކޯޓުގެ ނިންމުން ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ، އެ ނިންމުން ބާތިލުކޮށްފަ އެވެ.

ޙުކުމް ކުރައްވަމުން ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ފަދަ ނިންމުމެއް ފަނޑިޔާރު ނިންމަވާއިރު، ރިއާޔަތްކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް ހައިކޯޓުން ގޮތް ނިންމާފައިވަނީ އެ ޤާނޫނީ ނައްސުތަކާއި، ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާވެސް ޚިލާފަށްކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

މީގެ އިތުރުން، ވޯޓު ކަރުދާހުގައި ޗާޕުދެލި ހުންނަ ކޮންމެ ކަރުދާހަކީ ބާތިލު ވޯޓެއްކަމަށް ނިންމާނަމަ، އިންތިޚާބުގެ ނިޒާމަށް ގެއްލުންވެ، އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ޤަބޫލު ކުރެވޭކަމަށްވެސް ފަނޑިޔާރުން ވިދާޅުވި އެވެ.

އިންތިޚާބީ މައްސަލަތަކުގައި ކޯޓުތަކުން ނިންމާ ނިންމުންތަކަކީ މުސްތަޤުބަލުގައި ބޭއްވޭ އިންތިޚާބުތަކަށް އޭގެ ނަތީޖާ ފޯރާނެ ކަންކަން ކަމަށްވާތީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ގޮތަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ވަރަށް މުހިންމު ނިންމުމަކަށް ވެގެންދާނެކަން އިލެކްޝަންސް ކޮމިޝަނުންވެސް ކޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުގައި ވާހަކަދައްކަވަމުން އީސީގެ ވަކީލު ވިދާޅުވީ، ވޭވަށު ކައުންސިލްގެ އިންތިޚާބުގެ މައްސަލައިގައި ހައިކޯޓުން ގޮތް ނިންމާފައިވަނީ ވޯޓު ކަރުދާސްތަކަށް ބެލުމެއް ނެތި ކަމަށެވެ. އަދި މި މައްސަލައިގައި އީސީގެ ފަރާތުންނާއި ވޯޓު ކަރުދާސް ޗާޕުކުރި ނޮވެލްޓީގެ ފަރާތުން ކޯޓުގައި ދެއްކި ވާހަކަތަކަށްވެސް ހައިކޯޓުން ރިއާޔަތްކޮށްފައި ނުވާކަން ވަކީލު ފާހަގަކުރެއްވި އެވެ.

އީސީގެ ވަކީލު އިތުރަށް ވިދާޅުވީ، ވޯޓު ކަރުދާސް ޗާޕުކުރުމުގެ ތެރޭގައި ކަރުދާހުގައި ޖެހިފައި ހުންނަ ކުދި ތިކިތަކަކީ ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާނަމަ، އޭގެ ނޭދެވޭ އަސަރު ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް ކުރާނެ ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، ރެފަރެންޑަމް ވޯޓުތަކުގެ ނަތީޖާއަށްވެސް މިފަދަ ނިންމުމެއްގެ ސަބަބުން އަސަރުކޮށް، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވަކީލު ވިދާޅުވި އެވެ.

ހައިކޯޓުގެ ނިންމުމަކީ އިންތިޚާބީ ނިޒާމު ހިނގާ ގޮތުގެ މައިގަނޑު އަސާސްތަކާ ޚިލާފު ނިންމުމެއްގެ ގޮތުގައި ސިފަކުރައްވައި، އީސީން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.

ލ. ވޭވަށުހައި ކޯޓުސުޕްރީމް ކޯޓުއިލެކްޝަންސް ކޮމިޝަންއެމްޑީޕީޕީއެންސީ

އިތުރަށް ކިޔާލަން

11 ޖޫން 2026

ޝުހާދު މަރާލި މައްސަލަ: އޭނާގެ މަންމައާއި ބައްޕަވެސް ބޭނުންވަނީ މަރަށް މަރު ހިފަން

11 ޖޫން 2026
ޝުހާދު މަރާލި މައްސަލަ: އޭނާގެ މަންމައާއި ބައްޕަވެސް ބޭނުންވަނީ މަރަށް މަރު ހިފަން
11 ޖޫން 2026

ރައްޔިތުން ވޯޓަށް ޒިންމާދާރުވާން ޖެހޭ، ޒިންމާދާރުނުވާ ނަމަ ވެރިން ނާޖާއިޒު ފައިދާ ނަގާނެ: ސައުދު

11 ޖޫން 2026
ރައްޔިތުން ވޯޓަށް ޒިންމާދާރުވާން ޖެހޭ، ޒިންމާދާރުނުވާ ނަމަ ވެރިން ނާޖާއިޒު ފައިދާ ނަގާނެ: ސައުދު
11 ޖޫން 2026

އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫން: މައުރޫފް

11 ޖޫން 2026
އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫން: މައުރޫފް
11 ޖޫން 2026

މި ކުރާ ހަމައެކަނި މަސައްކަތަކީ ދެހާސް އަށާވީހާ ހަމައަށް ދާއިރު މި ޕާޓީގެ ސަފުތައް އެކުވެރިކަމާއެކީ، އެއްބައިވަންތަކަމާއެކީ އެކުއެކީ ބޭއްވުމުގެ މަސައްކަތް: މީކާއިލް

11 ޖޫން 2026
މި ކުރާ ހަމައެކަނި މަސައްކަތަކީ ދެހާސް އަށާވީހާ ހަމައަށް ދާއިރު މި ޕާޓީގެ ސަފުތައް އެކުވެރިކަމާއެކީ، އެއްބައިވަންތަކަމާއެކީ އެކުއެކީ ބޭއްވުމުގެ މަސައްކަތް: މީކާއިލް
11 ޖޫން 2026

އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ: ޝައުނާ

11 ޖޫން 2026
އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ: ޝައުނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު