Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗެއަރޕާސަން އިންތިހާބު

މި ކުރާ ހަމައެކަނި މަސައްކަތަކީ ދެހާސް އަށާވީހާ ހަމައަށް ދާއިރު މި ޕާޓީގެ ސަފުތައް އެކުވެރިކަމާއެކީ، އެއްބައިވަންތަކަމާއެކީ އެކުއެކީ ބޭއްވުމުގެ މަސައްކަތް: މީކާއިލް

އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް އިންތިޚާބުވެއްޖެ ނަމަ، ޕާޓީގެ އެތެރޭގެ ބައިބައިވުންތައް ނައްތާލައި ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުކޮށްދެއްވާނެ ކަމަށް މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ. މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ސަފުތައް ބަދަހިކޮށް ލީޑަރޝިޕަށް އޮތް އިތުބާރު އާކުރުމަކީ އޭނާގެ އެންމެ ބޮޑު އަމާޒު ކަމުގައި ފާހަގަކުރެއްވި. އެހެންކަމުން، ޕާޓީގެ ތިލަފަތް ވަކި އަތަކަށް ބުރަނުވާނެކަން ކަށަވަރުކޮށްދީ، ޒުވާނުންނާއި އަންހެނުންނަށް ޕާޓީގެ ކުރީ ސަފުން ޖާގަ ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މީކާއިލް ދެއްވި.

މަޚްތޫމް
މަޚްތޫމް | 11 ޖޫން 2026 | ބުރާސްފަތި 01:00
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް. | އެމްޑީޕީ

އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ދާއިރު ޕާޓީގެ ސަފުތައް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ބޭއްވުން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް މިހެން ވިދާޅުވީ އޭނާގެ "އިތުބާރު ކެމްޕޭން" ނިންމާލުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މީކާއިލް ވިދާޅުވީ އޭނާގެ ޗެއަރޕަރސަން ކަމެއްގައި، އޭނާއަށް ތާއީދުކުރާ މެންބަރުންނާއި ތާއީދު ނުކުރާ މެންބަރުންނަށް ވެސް ޕާޓީގެ އެންމެ ކުރީ ސަފުން ޖާގަ ކަށަވަރުކޮށްދޭނެ ކަމަށެވެ. އެމްޑީޕީއަކީ އެންމެންގެ ބައިވެރިވުން އޮންނަ ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައި ބޭއްވުމަކީ އޭނާގެ ތަސައްވުރެއް ކަމަށާއި، މި އިންތިޚާބަށް ނުކުމެ ހުރީ އެ މަގްސަދު ހާސިލުކުރުމަށް ކަމަށް މީކާއިލް ވިދާޅުވި އެވެ.

ކެމްޕޭނުގައި ރަށްރަށަށް ކުރި ދަތުރުތަކުން ފާހަގަވި ކަންކަމަށް އަލިއަޅުއްވާލައްވަމުން މީކާއިލް ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ލިބުނު ނާކާމިޔާބީގެ ހިތި ހަނދާންތައް އާންމު މެންބަރުން އަދިވެސް އާކުރަމުންދާ ކަމަށެވެ. ޕާޓީގެ އެތެރޭގައި އުފެދުނު ބައިބައިވުންތަކުގެ ސަބަބުން ވެރިކަން ބީވެގެން ދިޔުމަކީ ގައުމަށް ލިބުނު އިއާދަނުކުރެވޭ ފަދަ ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި މިހާރުގެ ސަރުކާރުން ނޫސްވެރިން ހައްޔަރުކުރުމާއި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން މީހުން ވަކިކުރުމާއި، އަސާސީ ބޭސްފަރުވާގެ ޚިދުމަތްތައް މެދުކެނޑެމުންދާ ދިއުމަކީ އެމްޑީޕީ ބައިބައިވުމުގެ ނަތީޖާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

މި ޕާޓީއަކީ ކޮންމެ ހަސަބަކުން އައިސް، ކޮންމެ ނަސަބަކުން އައިސް، ޒުވާނުންނަށް ވެސް، އަންހެނުންނަށް ވެސް، އަދި ހުރިހާ އެންމެނަށް މި ޕާޓީގެ އެންމެ މަތީ މަޤާމާ ހަމައަށް ވެސް ވާސިލުވެވޭނޭ ޖާގަ އޮތް ޕާޓީއަކަށް ހަދަން ބޭނުން ކަމަށް ވާނަމަ، ޖޫން ބާރަ ވާ ހުކުރު ދުވަހު ތި ބޭފުޅުން އަޅުގަނޑު މީކާއީލު އަޙްމަދު ނަސީމަށް ތި ބޭފުޅުންގެ ވޯޓު ދެއްވާފަ. މި ޕާޓީއަކީ ޙަޤީޤީ މާނައިގައި ޒުވާނުންނަށް ޖާގަ އޮތް ޕާޓީއެއްކަން މި ދިވެހިރާއްޖޭގެ ޒުވާނުންނަށް ދައްކަން ބޭނުން ނަމަ، ބާރަ ޖޫންގައި ތިބޭފުޅުން، އަޅުގަނޑު މީކާއީލު އަޙްމަދު ނަސީމަށް އިތުބާރު ކުރައްވާ. މި ޕާޓީއަކީ މި ޕާޓީގެ ރިޔާސީ ރޭހަށް، ރިޔާސީ ޕްރައިމަރީއަށް ޝައުޤުވެރިވާ ހުރިހާ ރިޔާސީ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތު އޮންނާނޭ މި ޕާޓީގެ ތިލަފަތް ވަކި އަތަކަށް ބުރަނުވާނޭ ޕާޓީއަކަށް ހަދަން ބޭނުންނަމަ، އަޅުގަނޑު މީކާއީލު އަޙްމަދު ނަސީމަށް ތިބޭފުޅުންގެ ފާހަގަ ޖައްސަވައި، މި ޕާޓީއަކީ އެތެރޭގެ އިންތިޚާބެއްގައި ނަގާ ކޮޅެއްގެ ސަބަބުން ތިބޭފުޅުންގެ ސިޔާސީ މުސްތަޤުބަލްގެ ކުރި މަރާލައި ޕާޓީއެއްގެ ގޮތުގައި ބާއްވަން ބޭނުންނުވާ ނަމަ، އަޅުގަނޑު މީކާއީލު އަޙްމަދު ނަސީމަށް އިތުބާރުކުރައްވާ
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ ކޮންމެ ފަދަ ނަސަބަކުން އައި މީހަކަށް ވެސް، އަދި ޒުވާނުންނާއި އަންހެނުންނަށް ވެސް ޕާޓީގެ އެންމެ މަތީ މަގާމުތަކަށް ވާސިލުވެވޭނެ ފުރުސަތު އޮތް ޕާޓީއަކަށް ހަދަން ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދީ، ޕާޓީގެ ތިލަފަތް ވަކި އަތަކަށް ބުރަނުވާނެކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މުއިއްޒުގެ ސަރުކާރުގެ "އަނިޔާވެރިކަން" ނިމުމަކަށް ގެނައުމަށްޓަކައި ޕާޓީގެ ސަފުތައް އަލުން ރުކުރުވާލަން ޖެހޭ ކަމަށާއި، އެކަން ކުރެވޭނީ ލީޑަރޝިޕަށް އިތުބާރު އޮވެގެން ކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޖޫން މަހުގެ 12 ވާ ހުކުރު ދުވަހު ބާއްވާ އިންތިޚާބުގައި އޭނާއަށް ވޯޓު ދެއްވުމަށް މީކާއިލް ވަނީ މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މީކާއިލްގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، އެމްޑީޕީއަކީ ފަހު މެންބަރާ ހަމައަށް ވެސް ވަފާތެރިވާނެ ޕާޓީއެއްގެ ގޮތުގައި ބޭއްވުމަށްޓަކައި އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މި އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށް، ޕާޓީގެ މުސްތަގުބަލު އުޖާލާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީކާއިލް ނަސީމްއެމްޑީޕީގަލޮޅު ދެކުނުޑރ. މުއިއްޒު

އިތުރަށް ކިޔާލަން

11 ޖޫން 2026

އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ: ޝައުނާ

11 ޖޫން 2026
އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ: ޝައުނާ
10 ޖޫން 2026

ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެއަރޕޯޓަށް ދިޔަ، މިފްކޯގެ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފީ

10 ޖޫން 2026
 ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެއަރޕޯޓަށް ދިޔަ، މިފްކޯގެ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފީ
10 ޖޫން 2026

ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަަށަކަށް ވޯޓު ފޮށިތައް ފޮނުވޭނޭ: އެމްޑީޕީ

10 ޖޫން 2026
ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަަށަކަށް ވޯޓު ފޮށިތައް ފޮނުވޭނޭ: އެމްޑީޕީ
10 ޖޫން 2026

ރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އެބައޮތް، އެ ޖަންޕު ނުޖަހައިފިނަމަ ވެއްޓޭނީ އަނދަވަޅަކަށް: ކުރީގެ ރައީސް ނަޝީދު

10 ޖޫން 2026
ރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އެބައޮތް، އެ ޖަންޕު ނުޖަހައިފިނަމަ ވެއްޓޭނީ އަނދަވަޅަކަށް: ކުރީގެ ރައީސް ނަޝީދު
10 ޖޫން 2026

ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ

10 ޖޫން 2026
ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު