Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިފްކޯގެ މުވައްޒަފުން ސަސްޕެންޑް

ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެއަރޕޯޓަށް ދިޔަ، މިފްކޯގެ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފީ

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ދިޔަ މިފްކޯގެ ހަތް މުވައްޒަފަކު މުސާރަ ނުލިބޭ ގޮތަށް 14 ދުވަހަށް ސަސްޕެންޑް ކުރުމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ. ސިޔާސީ ހަސަދަ ފިލުވުމަށް ވަޒީފާގެ ބިރުދައްކާ ކަމުގެ ޝަކުވާތައް އިތުރުވަމުންދާއިރު، މީގެ ތެރޭގައި އެ ކުންފުނީގައި 18 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ތަޖުރިބާކާރު މުވައްޒަފުން ވެސް ހިމެނޭ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންނަށް ފިޔަވަޅު އަޅަމުންދާ މި ދަނޑިވަޅަކީ ސަރުކާރުން ސިޔާސީ ބޭނުމަށް ގިނަ އަދަދެއްގެ ވަޒީފާ ބަހަމުންދާ ވަގުތެއްކަން އާންމުން ފާހަގަކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 10 ޖޫން 2026 | ބުދަ 14:09
ކޫއްޑޫ އެއަރޕޯޓުން މަރުހަބާ ކިޔަން ނުކުތް، މިފްކޯގެ މުވައްޒަފު ވާފިރު ރައީސް ނަޝީދާ ސަލާމް ކުރަނީ: އޭނާ ވެސް ވަނީ މުސާރަ ނުލިބޭ ގޮތަށް 14 ދުވަހަށް ސަސްޕެންޑްކޮށްފައި

ކޫއްޑޫ އެއަރޕޯޓުން މަރުހަބާ ކިޔަން ނުކުތް، މިފްކޯގެ މުވައްޒަފު ވާފިރު ރައީސް ނަޝީދާ ސަލާމް ކުރަނީ: އޭނާ ވެސް ވަނީ މުސާރަ ނުލިބޭ ގޮތަށް 14 ދުވަހަށް ސަސްޕެންޑްކޮށްފައި | އެމްޑީޕީ ސެކްރިޓޭރިއެޓް

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް ގއ. ކޫއްޑޫ އެއާޕޯޓަށް ދިޔަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ހަތް މުވައްޒަފަކު ވަޒީފާ އިން ސަސްޕެންޑް ކޮށްފި އެވެ.

މި ހަތް މުވައްޒަފުންނަކީ ވެސް ކޫއްޑޫގެ މަސް ކާރުހާނާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނެވެ.

Advertisement - newsAdvertisement

މިފްކޯ އިން މި މުވައްޒަފުން ވަޒީފާ އިން އެކެހެރިކޮށްފައި ވަނީ މުސާރަ ނުލިބޭ ގޮތަށް 14 ދުވަހުގެ މުއްދަތަކަށެވެ. މި މައްސަލައިގައި ސަސްޕެންޑް ކުރި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ 3 މީހަކާއި ގއ. މާމެންދޫ އަށް ނިސްބަތްވާ 4 މީހެކެވެ. މީގެ ތެރޭގައި މިފްކޯގައި ވަޒީފާ އަދާކުރާތާ 18 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ  މުވައްޒަފުން ވެސް ހިމެނޭކަން ފާހަގަކުރެވެ އެވެ.

ރައީސް ނަޝީދާ ސަލާމް ކުރަން ދިއުމާ ގުޅިގެން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރި މިފްކޯގެ މުވައްޒަފުން:

1. އިބްރާހިމް އާޖިދު، ގއ. ވިލިނގިލި

2. ހުސައިން ސޮބްރީ، ގއ. ވިލިނގިލި 

3. ވާފިރު އިބްރާހިމް، ގއ. ވިލިނގިލި

4. ފިޔާޒު މޫސާ، ގއ. މާމެންދޫ 

5. އިބްރާހިމް ނާފިއު، ގއ. މާމެންދޫ 

6. އަބްދުﷲ ރަޝީދު، ގއ. މާމެންދޫ

7. ނާޝިދު އިބްރާހިމް، ގއ. މާމެންދޫ

މިފްކޯގެ މުވައްޒަފުންތަކަކަށް މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ވެސް ސިޔާސީ ހަސަދަ ފިލުވުމުގެ ގޮތުން އިތުރު ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ. އެއް ބަޔަކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާތީ ވަޒީފާ އިން ވަކިކުރަމުންދާއިރު، ސަރުކާރުން ދަނީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި އެކި މުއައްސަސާތަކުން ގިނަ އަދަދެއްގެ ވަޒީފާތައް ބަހަމުންނެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުންދާއިރު، މިއީ ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން ވަޒީފާގެ ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ. ސަރުކާރުން ވަޒީފާގެ ބިރު ދައްކާތީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. ފައްޔާޒް ވިދާޅުވީ ވަޒީފާގެ ބިރު އިންތިހާއަށް ބޮޑު ވެއްޖެ ކަމަށާއި، މިީހަކާ ސަލާމްކޮށްލަންވެސް ދާން މިހާރު ނުކެރޭ ކަމަށެވެ. މިއީ ރައްޔިތުން ލަދުވެތިކޮށްލާ ދަށު ދަރަޖައަށް ވައްޓާލުން ކަމަށް ފައްޔާޒް ސިފަކުރެއްވި އެވެ.

އެމްޑީޕީގއ. ކޫއްޑޫގއ. ވިލިނގިލިގއ. މާމެންދޫއެމްޑީޕީ ޗެއަރޕާސަން އިންތިހާބު 2026މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކުންފުނިކުރީގެ ރައީސް މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

10 ޖޫން 2026

ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަަށަކަށް ވޯޓު ފޮށިތައް ފޮނުވޭނޭ: އެމްޑީޕީ

10 ޖޫން 2026
ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަަށަކަށް ވޯޓު ފޮށިތައް ފޮނުވޭނޭ: އެމްޑީޕީ
10 ޖޫން 2026

ރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އެބައޮތް، އެ ޖަންޕު ނުޖަހައިފިނަމަ ވެއްޓޭނީ އަނދަވަޅަކަށް: ކުރީގެ ރައީސް ނަޝީދު

10 ޖޫން 2026
ރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އެބައޮތް، އެ ޖަންޕު ނުޖަހައިފިނަމަ ވެއްޓޭނީ އަނދަވަޅަކަށް: ކުރީގެ ރައީސް ނަޝީދު
10 ޖޫން 2026

ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ

10 ޖޫން 2026
ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ
09 ޖޫން 2026

ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް

09 ޖޫން 2026
ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް
09 ޖޫން 2026

މީކާއީލް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބައެއް ވޯޓުފޮށި ބަހައްޓާ ތަންތަން ބަދަލުކޮށްފި

09 ޖޫން 2026
މީކާއީލް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބައެއް ވޯޓުފޮށި ބަހައްޓާ ތަންތަން ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު