Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިތުބާރު ކެމްޕޭން

އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫން: މައުރޫފް

އެމްޑީޕީން ވަކިވެ ޕާޓީ ރޫޅާލަން މަސައްކަތް ކުރި ބަޔަކަށް އަލުން ޕާޓީގެ އިސް މަގާމުތައް ދިނުމަކީ އުސޫލީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ މައުރޫފް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ ޕާޓީގެ ތެރެއިން ބަޔަކު ވަކިވެ ހިންގި އަމަލުތަކުގެ ސަބަބުން ކަމަށާއި، އެފަދަ ފުރުސަތެއް ދެން ދެވެން ނެތް ކަމަށް. އެހެންކަމުން ޕާޓީގެ ޗެއަރޕަރސަން ކަމަށް އެންމެ އެކަށީގެންވަނީ އިތުބާރު ހުރި ކެންޑިޑޭޓެއް ކަމަށްވާ މީކާއީލް އަހުމަދު ނަސީމް ކަމަށް އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖޫން 2026 | ބުރާސްފަތި 04:26
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު | އެމްޑީޕީ ސެކްރިޓޭރިއެޓް

އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް ކަމަށާއި، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫންކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މީކާއީލް އަހުމަދު ނަސީމްގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ، ޕާޓީ ރޫޅާލާފައި ދާ ބަޔަކަށް އަލުން އައުމުން ޕާޓީގެ އިސް މަޤާމުތައް ދެވޭކަށް ނެތްކަމަށާއި، އެހެން ހެދުމުން ވާ ގޮތަކީ މާދަމާވެސް އިންތިޚާބަކުން ބަލިވުމުން ޕާޓީ ރޫޅާލަން ހިފާލުން ކަމަށެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ އެއީ ރައްޔިތުންނަށް ހަޖަމު ކުރެވޭނެ ކަމެއް ނޫންކަމަށާއި ޕާޓީގެ ހަމަޔާ އިންސާފާއި އުސޫލެއް އޮންނަން ޖެހޭކަމަށެވެ. މި ޕާޓީއަކީ ހިތަށް އަރާއިރަށް ރޫޅާލާފައި ރާވަން އޮންނަ ޕާޓީއެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީ ރޫޅާލާފައި ދާ ބަޔަކަށް އަލުން އައުމުން ޕާޓީގެ އިސް މަޤާމުތައް ދެވޭކަށް ނެތް، އެހެން ހެދުމުން ވާ ގޮތަކީ މާދަމާވެސް އިންތިޚާބަކުން ބަލިވުމުން ޕާޓީ ރޫޅާލަން ހިފާލާނީ، އެއީ ރައްޔިތުންނަށް ހަޖަމު ކުރެވޭނެ ކަމެއް ނޫން، ޕާޓީގެ ހަމަޔާ އިންސާފާއި އުސޫލެއް އޮންނަން ޖެހޭ. މި ޕާޓީއަކީ ހިތަށް އަރާއިރަށް ރޫޅާލާފައި ރާވަން އޮންނަ ޕާޓީއެއް ނޫން.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މެމްބަރު މައުރޫފް ވިދާޅުވީ ކޮންމެ ފަސް އަހަރަކުން އެމްޑީޕީއަށް ވެރިކަން ގެއްލޭގޮތް ވާން އެމްޑީޕީގެ މެމްބަރުން ނޭދޭކަމަށެވެ. އަދި މިހާރު މި އޮތް ޒާތުގެ ވެރިކަމެއް ކުރަން ފުރުސަތު ދީގެން ތިބެން ޖެހުމަކީ ކުޅަދާނަ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޮވިޑުގެ އާލަމީ ވަބާގައިވެސް ސަރުކާރުން ދިޔައީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެމުންކަމަށް މައުރޫފް ވިދާޅުވިއެވެ. ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްޤީގެ މަޝްރޫއުތައް ހިންގަމުން، ރައްޔިތުންނާއި އާއިލާތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދީ، ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އޭގެ ފަހުން އައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލިގެން ދިޔައީ ކޮން ސަބަބަކާހުރެތޯ ވިސްނާލަން ޖެހޭކަމަށް މައުރޫފް ވިދާޅުވިއެވެ. އޭރު އިންތިޚާބު ގެއްލިގެން ދިޔަ ސަބަބު މި އިންތިޚާބުގައި ވޯޓުލާއިރު ވިސްނާލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ އެމްޑީޕީގެ ތެރެއިން ބަޔަކު ވަކިވެ، ރިޔާސީ ޓިކެޓު ނުލިބުމުން، އެކަމާ "ބޮޑާ ހާކައިގެން" ޕާޓީ ރޫޅާލަން ނުކުތުމުގެ ނަތީޖާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ދެން އެ ފުރުސަތު އަލުން ދެވޭކަށް ނެތްކަމަށާއި އަނެއްކާވެސް ޕާޓީ ރުޅާލަން ފުރުސަތު ދެވޭކަށް ނެތްކަމަށް މައުރޫފް ވިދާޅުވިއެވެ. މިހާތަނަށް ޕާޓީގެ ޙަޔާތުގައި ދެވެން އޮތް ފުރުސަތުތައް މީކާއީލްއާ ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަނީ ދެވިފައިކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ޗެއަރޕަރސަންކަމަށް ފުރިހަމައަށް ތާއީދުކުރަނީ މީކާއީލް އަހުމަދު ނަސީމަށް ކަމަށާއި، ސަބަބަކީ މީކާއީލްއަކީ އިތުބާރު ކުރެވޭ ކެނޑިޑޭޓަކަށް ވާތީކަމަށް މައުރޫފް ވިދާޅުވިއެވެ.

ރައީސް ޑރ މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމަށް އިންތިޚާބުވީ ގޮތާއި، ޓިކެޓު ލިބުނު ގޮތާއި، ރައީސްކަމަށް ވަޑައިގެންނެވި ގޮތް ސިޔާސީ މީހުންނަށް ސާފުކޮށް ފެންނަން އެބައޮތްކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. އެހެންވީމާ އެ ފުރުސަތު އަނެއްކާވެސް ދެވޭކަށް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ރެފަރެންޑަމް ވޯޓު ނަގަން އުޅޭކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވި ހިސާބުން މީކާއީލްއާ ވާދަވެރި ކެންޑިޑޭޓު އެކަމަށް ތާއީދުކޮށް ވާހަކަ ދައްކަވާފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ. އެ ދުވަހުވެސް އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކީ މީކާއީލްކަމަށާއި އެހެންކަމުން މިއީ ވިސްނާލަން ޖެހޭ ކަންކަންކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީމައުރޫފް ޒާކިރުމީކާއިލް ނަސީމްމުހައްމަދު ނަޝީދުޑރ. މުޙައްމަދު މުޢިއްޒުކެންދޫ ދާއިރާ

އިތުރަށް ކިޔާލަން

11 ޖޫން 2026

މި ކުރާ ހަމައެކަނި މަސައްކަތަކީ ދެހާސް އަށާވީހާ ހަމައަށް ދާއިރު މި ޕާޓީގެ ސަފުތައް އެކުވެރިކަމާއެކީ، އެއްބައިވަންތަކަމާއެކީ އެކުއެކީ ބޭއްވުމުގެ މަސައްކަތް: މީކާއިލް

11 ޖޫން 2026
މި ކުރާ ހަމައެކަނި މަސައްކަތަކީ ދެހާސް އަށާވީހާ ހަމައަށް ދާއިރު މި ޕާޓީގެ ސަފުތައް އެކުވެރިކަމާއެކީ، އެއްބައިވަންތަކަމާއެކީ އެކުއެކީ ބޭއްވުމުގެ މަސައްކަތް: މީކާއިލް
11 ޖޫން 2026

އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ: ޝައުނާ

11 ޖޫން 2026
އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ: ޝައުނާ
10 ޖޫން 2026

ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެއަރޕޯޓަށް ދިޔަ، މިފްކޯގެ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފީ

10 ޖޫން 2026
 ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެއަރޕޯޓަށް ދިޔަ، މިފްކޯގެ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފީ
10 ޖޫން 2026

ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަަށަކަށް ވޯޓު ފޮށިތައް ފޮނުވޭނޭ: އެމްޑީޕީ

10 ޖޫން 2026
ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަަށަކަށް ވޯޓު ފޮށިތައް ފޮނުވޭނޭ: އެމްޑީޕީ
10 ޖޫން 2026

ރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އެބައޮތް، އެ ޖަންޕު ނުޖަހައިފިނަމަ ވެއްޓޭނީ އަނދަވަޅަކަށް: ކުރީގެ ރައީސް ނަޝީދު

10 ޖޫން 2026
ރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އެބައޮތް، އެ ޖަންޕު ނުޖަހައިފިނަމަ ވެއްޓޭނީ އަނދަވަޅަކަށް: ކުރީގެ ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު