Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބައްސާމްގެ މައްސަލަ

ބައްސާމްގެ މައްސަލައިގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުން މުއާމަލާތު ކުރުން ހުއްޓުވުމުގެ އަމުރެއް ހައިކޯޓުން ނެރެފި

އެފްއޭއެމްގެ ފައިސާއިން ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ކަމަށް ތުހުމަތުކުރާ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފި. މި އަމުރު ނެރުނީ، އެ އެޕާޓްމަންޓްތައް ގަތުމަށް ބޭނުންކުރި އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހުން އިސްތިއުނާފު ކުރުމާ ގުޅިގެން. ޕީޖީ އޮފީހުން އެދިފައިވަނީ ދަށު ކޯޓުން ހެކި ވަޒަންކޮށްފައިވަނީ ގޯސްކޮށް ކަމަށްވާތީ، އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލު ކޮށްދިނުމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 ޖޫން 2026 | ބުދަ 08:07
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް | އަވަސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުގެ މުއާމަލާތު ކުރުން ހުއްޓުވުމުގެ އަމުރެއް ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފިއެވެ.

ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް އެ ކޯޓުން ކަނޑައެޅިއިރު، އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކަކީ އަމީން ކޮންސްޓްރަކްޝަން ގެ އަމީން އެވެނިއު 2  އެޕާޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތު ނުވާކަމަށާއި، އެ ފައިސާއަކީ އެފްއޭއެމް އާއި އަމީން ކޮންސްޓްރަކްޝަން އާ ދެމެދު ކުރެވުނު ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

އެހެންވެ، އެއް މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅޭ ބައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ އެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައި ވަނީ ގާނޫނީ ހަމަތަކާ ޚިލާފަށް ހެކި ވަޒަން ކޮށްގެން ކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ. އަދި އެ ދައުވާ ސާބިތު ކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ވެސް ޕީޖީ އޮފީހުން ދެކޭ ކަމަށެވެ.

މައްސަލަ ހުށަހެޅުމަށްފަހު ޕީޖީ އޮފީހުން ވަނީ ވަގުތީ އަމުރެއްވެސް ނެރެދިނުމަށް އެދިފައެވެ. އެގޮތުން ވަގުތީ އަމުރާ ގުޅޭގޮތުން ޕީޖީ އޮފީހުން ހައިކޯޓުގައި ބުނެފައިވަނީ، މި މައްސަލައިގެ ތަހުގީގު މަރުޙަލާއާއި، ދަށު ކޯޓުގެ ޝަރީއަތުގެ މަރުޙަލާގައިވެސް މި މުދަލުން މުއާމަލާތުކުރުން ހުއްޓުވުމަށް އަމުރު ނެރެފައިވާ ކަމަށެވެ.

މީގެ އިތުރުން، މި މައްސަލަ މިހާރު ހުށަހެޅި ބަލައިގެންފައިވުމާއި، މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން މުދަލުގެ އަސްލު ގެއްލޭފަދަ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ މި މައްސަލައިގައި ދައުލަތުން އެދިފައިވާ ފަރުވާ ހޯދައިދިނުމުގެ ފުރުސަތު ބަންދު ވެދާނެކަމަށްވެސް ޕީޖީ އޮފީހުން ހައިކޯޓުގައި ބުނެފައިވެއެވެ.

އެހެންކަމުން މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ކޯޓުން އެހެން ގޮތެއް ކަނޑައެޅުމާ ހަމައަށް އަމީންގެ ދެ އެޕާޓްމަންޓުގެ މިލްކުވެރިކަމަށް ބަދަލެއް އައިސްދާނެ ފަދަ ކަމެއް ހިމެނޭ ގޮތުން އެޕާޓްމަންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް އަންގައި ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހައިކޯޓުގައި މި އަމުރު ނެރުއްވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު މުޙައްމަދު ޝަނީޒް އަބްދުﷲ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްއެވެ.

ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގައި އެދިފައިވަނީ، އެއް މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅޭ ބައި ސާބިތުކުރުމަށް ހުށަހެޅި އެންމެހައި ހެކިންގެ ހެކިބަސް ނަގައި، ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް އަލުން ވަޒަންކޮށް، އެ ޗެކާ ގުޅޭ މުއާމަލާތަކީ މަނީ ލޯންޑްރިންގެ އަމަލެއްކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަހުވީލު ކޮށްދިނުމަށެވެ.

އަދި މި ޗެކާ ގުޅިގެން އަމީން ކޮންސްޓްރަކްޝަން ގެ މައްޗަށް އުފުލި މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް އެ ކޯޓުން ނިންމި ނިންމުންވެސް 2 މާރިޗު 2026 ގައި ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. 

ބައްސާމް އަދީލް ޖަލީލްއެފްއޭއެމް އަމިން އެވެނިއުހައި ކޯޓުމަނީ ލޯންޑަރިންގއަމިން ކޮންސްޓްރަކްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަމްއާން ވަޙީދު 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

ޝަމްއާން ވަޙީދު 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

09 ޖޫން 2026
ޝަމްއާން ވަޙީދުގެ މައްޗަށް އުފުލާފައިވާ 3 ދައުވާ ސާބިތުވާކަމަށް ކަނޑައަޅައިފި

ޝަމްއާން ވަޙީދުގެ މައްޗަށް އުފުލާފައިވާ 3 ދައުވާ ސާބިތުވާކަމަށް ކަނޑައަޅައިފި

09 ޖޫން 2026
ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!

ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!

04 ޖޫން 2026
ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކުރާނަމަ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދު ސުވާލު އުފެއްދޭނެ، ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެ: ސުއޫދު

ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކުރާނަމަ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދު ސުވާލު އުފެއްދޭނެ، ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެ: ސުއޫދު

04 ޖޫން 2026
ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު

ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު

04 ޖޫން 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު