Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ބަދަލު ހިފުމުގެ ގޮތުން އީރާން އަށް ދިން ހަމަލާތައް ނިމިފައިވާ ކަމަށް އެމެރިކާ އިން ބުނެފި

އެ ބަޔާނުގައި ބުނީ އެމެރިކާގެ ސިފައިންގެ ބާރު ތަކުން ހޮރްމޫޒް ކަނޑު އޮޅީގެ ކައިރީގައި އީރާންގެ ވައިގެ ދިފާއީ ނިޒާމު ތަކާއި، ބިންގަނޑުން ކޮންޓްރޯލް ކުރާ ތަންތަނާއި، ނަޒަރު ހިންގާ ރާޑަރު ހުރި ތަންތަނަށް އެމެރިކާގެ ވައިގެ ސިފައިންގެ ބާރާއި ނޭވީގެ ހަނގުރާމަ ފައިޓަރު ޖެޓު ތަކުން ސީދާ ހަމަލާތައް ދިނުމަށްފަހު އެ އޮޕަރޭޝަން ނިންމާލާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖޫން 2026 | ބުދަ 07:21
އެމެރިކާގެ ހަނގުރާމަ މަތީ އުޅަނދެއް ނައްޓާލާ މަންޒަރު.

އެމެރިކާގެ ހަނގުރާމަ މަތީ އުޅަނދެއް ނައްޓާލާ މަންޒަރު. | ރޮއިޓާސް

އެމެރިކާގެ ސިފައިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދިޔަ ބަދަލު ހިފުމުގެ ހަމަލާތައް ނިމިފައިވާ ކަމަށް، އެމެރިކާގެ އަސްކަރިއްޔާ އިން ބުދަ ދުވަހު ބުނެފި އެވެ. 

މެދުއިރުމަތީގައި އެމެރިކާގެ ސިފައިންގެ މަސައްކަތްތައް ބަލަހައްޓާ އެމެރިކާގެ މެދުތެރޭ ސިފައިންގެ ބާރު (ސެންޓްކޮމް) އިން އެކްސް މެދުވެރިކޮށް ބުނީ އީރާން އަށް ދިން ދިފާއީ ހަމަލާތައް ނިންމާލާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ އެމެރިކާގެ ސިފައިންގެ ބާރު ތަކުން ހޮރްމޫޒް ކަނޑު އޮޅީގެ ކައިރީގައި އީރާންގެ ވައިގެ ދިފާއީ ނިޒާމު ތަކާއި، ބިންގަނޑުން ކޮންޓްރޯލް ކުރާ ތަންތަނާއި، ނަޒަރު ހިންގާ ރާޑަރު ހުރި ތަންތަނަށް އެމެރިކާގެ ވައިގެ ސިފައިންގެ ބާރާއި ނޭވީގެ ހަނގުރާމަ ފައިޓަރު ޖެޓު ތަކުން ސީދާ ހަމަލާތައް ދިނުމަށްފަހު އެ އޮޕަރޭޝަން ނިންމާލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އެމެރިކާގެ ސިފައިން ސަމާލުކަމާ އެކު ތިބި ކަމަށާއި، އީރާންގެ ފަރާތުން ކުރިމަތިވާ ބޭއިންސާފު އަދި އަދާވާތްތެރި ކަމަށް ދިފާއުވުމަށް އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށެވެ. މި ހަމަލާތައް ދީފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުފުޅަށް ކަަމަށް ވެސް ބުނެފައިވެ އެވެ. 

އަންގާރަ ދުވަހު އެމެރިކާގެ ސެންޓްކޮމް އިން ބުނެފައި ވަނީ، އީރާން އަށް ހަމަލާ ދޭން ފަށާފައި ވަނީ އެ ޤައުމުން ހިންގި ހަނގުރާމައިގެ އަމަލެއްގެ ސަބަބުން ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެ އެވެ. އޭގެ ފަހުން ބުދަ ދުވަހު މި ވަނީ އެ އޮޕަރޭޝަން ނިމިފައިވާ ކަމަށް ހާމަ ކޮށްފައި އެވެ. 

އެމެރިކާ އިން އީރާން އަށް ހަމަލާ ދީފައި ވަނީ، ހޮރްމޫޒް ކަނޑު އޮޅި ކައިރިން އެމެރިކާގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވެއްޓިފައި ވަނިކޮށެވެ. އެމެރިކާާ އިން ވަނީ އެއީ އީރާން އިން ހިންގި އަމަލެއް ކަމަށް ތުހުމަތު ކޮށްފައި އެވެ. އެއީ އީރާން އިން ދިން ބޭއިންސާފު ހަމަލާއެއް ކަމަށާއި، އެކަމުގެ ބަދަލު ހިފާނެ ކަމަށް އެމެރިކާ އިން ކުރިން ވެސް ވަނީ ބުނެފައި އެވެ.

މި ހަމަލާ ތަކުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައި އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސެންޓްކޮމް

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލިކޮޕްޓަރު ވައްޓާލީ އީރާން އިން ކަމަށް ބުނެ، އެމެރިކާ އިން ހަމަލާ ދީފި

ހެލިކޮޕްޓަރު ވައްޓާލީ އީރާން އިން ކަމަށް ބުނެ، އެމެރިކާ އިން ހަމަލާ ދީފި

10 ޖޫން 2026
އެއްވެސް ހަމަލާ އަކަށް ބަދަލު ނުހިފާ ނުދޫކޮށްލާނަން: އީރާންގެ ޚާރިޖީ ވަޒީރު

އެއްވެސް ހަމަލާ އަކަށް ބަދަލު ނުހިފާ ނުދޫކޮށްލާނަން: އީރާންގެ ޚާރިޖީ ވަޒީރު

10 ޖޫން 2026
އީރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދީފި

އީރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދީފި

10 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް

ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް

09 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅި ކައިރި އަށް ވެއްޓުނު އެމެރިކާގެ ހެލިކޮޕްޓަރުގެ ޕައިލެޓުން ސަލާމަތް ކޮށްފި

ހޮރްމޫޒް ކަނޑު އޮޅި ކައިރި އަށް ވެއްޓުނު އެމެރިކާގެ ހެލިކޮޕްޓަރުގެ ޕައިލެޓުން ސަލާމަތް ކޮށްފި

09 ޖޫން 2026

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު