Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވޭވަށު ކައުންސިލު ވޯޓު

ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު

ވޭވަށު ކައުންސިލް އިންތިޚާބުގައި ބާތިލުކުރި ތިން ވޯޓު ކަރުދާހުގައި ހުރީ ޗާޕުކުރުމުގެ ތެރޭގައި ޖެހިފައިވާ ދެލިތިކިތަކެއް ކަމަށާއި، އެއީ ވޯޓުލީ މީހާ ޖެހި ފާހަގަތަކެއް ނޫންކަމަށް ބުނެ އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފީ ހަތަރު ނުކުތާއެއް ހުށަހަޅައިފި. ހައިކޯޓުން އެ ވޯޓުތައް ބާތިލުކުރުމުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އައިސްފައިވާއިރު، މި ނިންމުމުގެ ސަބަބުން ކުރިއަށް ހުރި އިންތިޚާބުތަކުގެ ސައްޙަކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތްކަން އެމްޑީޕީގެ ވަކީލު ވަނީ ފާހަގަކުރައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ޖޫން 2026 | ބުރާސްފަތި 07:08
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު | ރާއްޖެ އެމްވީ

ވޭވަށު ކައުންސިލު މެމްބަރަކު ހޮވުމަށް ނެގުނު ވޯޓަށް ބަލާއިރު، ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތްކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

މި މައްސަލައިގައި ހިލާފު އުފެދިފައިވަނީ ބާތިލު ވޯޓު ކަނޑައެޅުމުގައި ކަމަށްވާއިރު، އީސީން އަލުން ވޯޓު ގުނި މާލަމުގައި އެ ވޯޓުތައް ސައްޙަކަމަށް ކަނޑައަޅާފައިވަނީ ކިހިނެއްކަން ސާފުކޮށް ކިޔާދީފައިވެ އެވެ. އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަވެފައި ހުރީ ކުރެހުމެއް ނޫނެވެ. އެއީ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގައި ދެލި ފޭދިފައިވާ ކަރުދާސްކަމަށްވާތީ އީސީން ވަނީ އެ ކަރުދާސްތައް ސައްޙަކަމަށް ބަލައިގެންފައެވެ. އެއީ އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވާ 3 ވޯޓުގެ ވޯޓު ކަރުދާހެކެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ އެމްޑީޕީއަށް ލިބިފައިވާ 3 ވޯޓު ބާތިލު ކުރުމަށެވެ. އެހެންކަމުން އެމްޑީޕީ ކެންޑިޑޭޓު ކުރި ހޯދާފައިވަނިކޮށް، ޕީއެންސީ ކެންޑިޑޭޓު މޮޅުވުމަށް މަގުފަހިވެގެންދިޔައީއެވެ. އެހެންވެ އެމްޑީޕީ ކެންޑިޑޭޓުން މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ސުޕްރީމް ކޯޓަށް 4 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. މި ނުކުތާތައް ހުށަހަޅައިދެއްވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި މިމައްސަލަ ހުށައެޅި ފަރާތުގެ ޤާނޫނީ ވަކީލު ހުސްނުއްސުއޫދެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ހައިކޯޓުގެ ނިންމުން އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ރޫޙާއި ޚިލާފުކަމަށް ބުނެ ހުށަހެޅި ނުކުތާއެއް ހިމެނެއެވެ. އެ މާއްދާއަކީ ވޯޓު ބާތިލުވާނެ ޙާލަތްތައް ބަޔާންކޮށްފައިވާ މާއްދާއެވެ.

އިސްތިއުނާފީ ނުކުތާގައި ޙަވާލާދީފައިވާ މާއްދާފައި ބުނެފައިވަނީ، މި ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ބާތިލުވާނެ ކަމަށެވެ.  

ސުއޫދު ވިދާޅުވީ، އެ ތިކިތަކަކީ ޗާޕްކުރިއިރު އަރާފައިވާ ދެލީގެ ތިކިތަކެއްކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ބުނެފައިވާ ކަމަށާއި، އެކަން ކަރުދާސް ޕްރިންޓުކުރި ނޮވެލްޓީންވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ނޮވެލްޓީން ފޮނުވި ސިޓީގައި ލިޔެފައިވަނީ "މި ހުރިހާ މަރުޙަލާއެއްގައި ޗެކްކުރިކަމުގައިވިޔަސް، މުޅި ޕްރޮޑަކްޝަން ނިޒާމުގައި ތިކި ނައްތާލުމަކީ ނާދިރު ކަމެއް ކަމަށާއި، ތިކި ހުރުމުގެ ފުރުސަތު އޮންނާނެ" ކަމަށެވެ.

ސުއޫދު ވިދާޅުވީ، ވޯޓުލީ މީހާ އަމިއްލައަށް ޖެހި އެއްވެސް އިތުރު ފާހަގައެއް އެ ކަރުދާހުގައި ނެތް ކަމަށެވެ. އަދި ޤާނޫނުގައި ވޯޓު ބާތިލުވާ ޙާލަތްތަކުގެ ތެރޭގައި އޮންނަނީވެސް އެމީހާ ޖަހާ ފާހަގަތަކުގެ ވާހަކަ ކަމަށާއި، ކަރުދާސް ޕްރިންޓުކުރާއިރު އަރާ ތިކިތަކުގެ ވާހަކައެއް ނެތްކަމަށް ސުއޫދު ވިދާޅުވިއެވެ.

ވީއިރު ނޫ ގަލަމަކުން ވޯޓުލީ ކަރުދާހެއްގައި ކަޅު ތިކިތަކެއް ހުންނާނެ ގޮތެއް ނޯންނާނެކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ކަރުދާސްތައް ހައިކޯޓަށް ގެނެސްގެން ބެއްލެވިނަމަ އެކަންކަން އިތުރަށް ކަށަވަރުވީސް ކަމަށެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާއަކީ ހައިކޯޓުން ދެއްވާފައިވާ ފަރުވާއަކީ މައްސަލަ ހުށަހެޅި ފަރާތުންވެސް އެދިފައި ނެތް ފަރުވާއެއްކަމަށް ބުނެ ހުށަހަޅާ ނުކުތާއެވެ.  

މީގެ އިތުރުން، މި ޙުކުމުގެ ސަބަބުން ފުޅާ ދާއިރާއެއްގައި ބަލާއިރު، 4 އޭޕްރީލްގައި ލެވުނު ހުރިހާ ވޯޓަކަށް އަސަރުކުރާނެކަމަށް ޤަބޫލު ކުރެވޭކަން ފާހަގަކޮށްވެސް ނުކުތާއެއް ހުށަހަޅާފައިވެއެވެ.

ޗާޕުދެލި ހުރި ކޮންމެ، ބުރައިގެން ގޮސް ތިކި ޖެހިފައި ހުރި ކޮންމެ ވޯޓު ކަރުދާސްކޮޅަކީ ބާތިލު ވޯޓު ކަރުދާސްކޮޅެއްކަމަށް ނިންމަންވެއްޖެއްޔާ، އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑު ބަދަލެއް (މުޅި އިންތިޚާބުގެ ނަތީޖާ) އަށް އަންނާނެހެން، އެއީ ވޯޓުގެ ސައްޙަކަމާމެދު ސުވާލު އުފެދޭތީ
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުއޫދު ވިދާޅުވީ، ޗާޕު ކުރުމުގައި އަރާ ދެލިތިކީގެ މައްސަލަ އެއްވެސް އިރެއްގައި މައްސަލައެއްގެ ގޮތުގައި ފާހަގަވެފައި ނެތްކަމަށެވެ. އަދި އެ ކަރުދާސްތައް ބާތިލުކޮށްފިނަމަ ކުރިއަށް ހުރި އިންތިޚާބުތަކަށްވެސް އެކަމުގެ އަސަރު ކުރާނެކަމަށް ސުއޫދު ވިދާޅުވިއެވެ.

ހަތަރުވަނަ ނުކުތާއަކީ ހައިކޯޓުން ޙުކުމް ކުރުމުގައި ވާޤިއާއެއްގެ މައްޗަށް ފަންނީ ހެކިބަހެއް ދޭ ގޮތަށް ފަނޑިޔާރު ރައުޔެއް ދެއްވާފައިވާކަމަށް ފާހަގަވެފައިވާތީ ހުށަހެޅި ނުކުތާއެކެވެ.

ސުއޫދު ވިދާޅުވީ، ވޯޓު ކަރުދާހާ ގުޅޭ ޚަބީރުން ވަކި ގޮތަކަށް ބުނެފައިވަނިކޮށް، ފަންނީ ހެކިބަހެއް ދޭ ގޮތަށް ހައިކޯޓުގެ ފަނޑިޔާރު އަމިއްލަފުޅު ރައުޔުގެ މައްޗަށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ސަލީމް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ހުސްނުއްސުއޫދުސުޕްރީމް ކޯޓުހައި ކޯޓުއެމްޑީޕީޕީއެންސީއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!

ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!

04 ޖޫން 2026
ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކުރާނަމަ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދު ސުވާލު އުފެއްދޭނެ، ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެ: ސުއޫދު

ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކުރާނަމަ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދު ސުވާލު އުފެއްދޭނެ، ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެ: ސުއޫދު

04 ޖޫން 2026
 ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު

03 ޖޫން 2026
ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި

ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި

03 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަކީ ވެސް ވަރަށް ނުބައި މަގާމެއް، އިންތިޚާބުގައި ވާދައެއް ނުކުރާނަން: ކުރީގެ ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަކީ ވެސް ވަރަށް ނުބައި މަގާމެއް، އިންތިޚާބުގައި ވާދައެއް ނުކުރާނަން: ކުރީގެ ރައީސް ނަޝީދު

03 ޖޫން 2026

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު