Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭވަށު ގޮނޑި މައްސަލަ

ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

މ. ވޭވަށު ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުވެފައި ވަނިކޮށް، ބާތިލު ވޯޓުތަކެއްގެ މައްސަލައިގައި ހައިކޯޓުން އެ ނަތީޖާ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި. ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުން ޕީއެންސީގެ ކެންޑިޑޭޓަށް ގޮނޑި ދޭން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހެޅީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމްގެ ފަރާތުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 3 ޖޫން 2026 | ބުދަ 01:30
 މ. ވޭވަށު ވޯޓު އަލުން ގުނުމުގެ ތެރެއިން

މ. ވޭވަށު ވޯޓު އަލުން ގުނުމުގެ ތެރެއިން | ޕީއެސްއެމް

މ. ވޭވަށު ކައުންސިލްގެ އާންމު މެންބަރުކަމުގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުވެފައި ވަނިކޮށް، ހައިކޯޓުގެ ހުކުމަކުން އެ ނަތީޖާ ބާތިލުކޮށް ޕީއެންސީގެ ކެންޑިޑޭޓަށް ގޮނޑި ދޭން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަނެފި އެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު، މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ރަޖިސްޓްރާ މިހާރު ވަނީ ދެއްވާފަ އެވެ.

މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޭވަށު ކައުންސިލްގެ އާންމު މެންބަރު ކަމަށް ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމާއި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުން ދެ ވޯޓުގެ ތަފާތުން ގޮނޑި ކާމިޔާބު ކުރެއްވީ 121 ވޯޓު ހޯއްދެވި އަހްސަން ނައީމެވެ. ނަޒީހަށް ލިބިވަޑައިގަތީ 119 ވޯޓެވެ. ނަމަވެސް ހައިކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ވަނީ އަހްސަން އަށް ލިބުނު ތިން ވޯޓެއް ބާތިލުކޮށް، ގޮނޑި ނަޒީހަށް ލިބިފައިވާ ކަމަށް ހުކުމްކޮށްފަ އެވެ.

ހައިކޯޓުގައި މި މައްސަލަ އުފެދުނީ ބާތިލު ވޯޓު ކަނޑައެޅުމާ ގުޅޭގޮތުންނެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ވޯޓު ގުނިއިރު، މައްސަލަ ޖެހުނު ތިން ވޯޓު ކަރުދާހަކީ ސައްހަ ވޯޓުތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އީސީން ބުނެފައިވަނީ އެ ކަރުދާސްތަކުގައި ތިކިތަކެއް ހުރީ ޕްރިންޓް ކުރުމުގެ ތެރޭގައި ދެލި ފޭދިގެން ކަމަށާއި، ވޯޓުލާން ބޭނުންކުރީ ނޫކުލައިގެ ގަލަމެއް ނަމަވެސް އެ ތިކިތައް ހުރީ ކަޅުކުލައިން ކަމަށްވާތީ އެއީ ފާހަގައެއް ނޫން ކަމަށެވެ. ނަމަވެސް ހައިކޯޓުގެ އަޣުލަބިއްޔަތު ފަނޑިޔާރުން ނިންމެވީ އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ނިޝާންތަކެއް ކަމަށެވެ.

މި މައްސަލަ ހައިކޯޓުން ނިންމެވި ތިން ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެފައިވެ އެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް ނިންމެވީ އެ ތިން ވޯޓު ބާތިލު ކުރުމަށެވެ. ފަނޑިޔާރު އަބްދުއްރައޫފަކީ މީގެ ކުރިން ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. މި މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު އިބްރާހީމް މާހިރު ވިދާޅުވީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ހައިކޯޓުގެ ހުކުމާއެކު އަހްސަންގެ ވޯޓު 118 އަށް މަދުވެ، 119 ވޯޓާއެކު ނަޒީހަށް ގޮނޑި ލިބުނު ނަމަވެސް، އެ ނިންމުން ގަބޫލުނުކޮށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެމްޑީޕީގެ ފަރާތުންނާއި އަހްސަން ނައީމްގެ ފަރާތުންނެވެ. ސުޕްރީމް ކޯޓުން މިހާރު ބަލައިގަނެފައިވަނީ އިލެކްޝަންސް ކޮމިޝަނާއި ނަޒީހަށް ރައްދުވާ ގޮތަށް އަހްސަން ހުށަހެޅި މައްސަލަ އެވެ. އެމްޑީޕީން ހުށަހެޅި މައްސަލައާ މެދު ކޯޓުން ވަކި ގޮތެއް ނިންމިކަން އަދި ސާފެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވޭވަށު ކައުންސިލްގެ މެންބަރުން މަގާމުގެ ހުވައި ކުރެއްވިއިރު، މައްސަލަ ޖެހިފައިވާ ގޮނޑިއަށް އިންތިޚާބުވި ކަމަށް ހައިކޯޓުން ކަނޑައެޅި ކެންޑިޑޭޓު ހުވައެއް ނުކުރައްވަ އެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ކުރިން، ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އީސީން ވޯޓު އަލުން ގުނި ނަމަވެސް، އޭރު ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަތުމާއެކު، ވޭވަށު ކައުންސިލްގެ މި ގޮނޑިއާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ އެ ކޯޓުންނެވެ.

އެމްޑީޕީޕީއެންސީހައި ކޯޓުސުޕްރީމް ކޯޓުއަހްސަން ނައީމްމ. ވޭވަށްލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

02 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި

02 ޖޫން 2026
 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި
02 ޖޫން 2026

މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން

02 ޖޫން 2026
މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން
02 ޖޫން 2026

2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރުމަށް 160،000 ވޯޓު ބޭނުންވޭ، އެކަން ކުރެވޭނީ އެންމެން ގުޅިގެން: ކުރީގެ ރައީސް ނަޝީދު

02 ޖޫން 2026
2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރުމަށް 160،000 ވޯޓު ބޭނުންވޭ، އެކަން ކުރެވޭނީ އެންމެން ގުޅިގެން: ކުރީގެ ރައީސް ނަޝީދު
02 ޖޫން 2026

ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން

02 ޖޫން 2026
ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން
01 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން

01 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު