Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޙުސައިން ސަނީ ޢުމަރު

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރުގެ ޝަރީއަތް ބުދަ ދުވަހު، ޝަރީއަތް ސިއްރު

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހުސައިން ސަނީ އުމަރުގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް އުފުލައި، ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 2 ޖޫން 2026 | އަންގާރަ 13:31
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސަނީ ފުލުހުންގެ ވެހިކަލްގައި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސަނީ ފުލުހުންގެ ވެހިކަލްގައި | ސޯޝަލް މީޑިއާ

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ  ޙުސައިން ސަނީ އުމަރު ބުދަ ދުވަހު މެންދުރު ފަހު ކްރިމިނަލް ކޯޓަށް ހާޒިކުރަން ނިންމައިފި އެވެ.

ބުދަ ދުވަހު މެންދުރު އޭނާ ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައި ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާގެ ޝަރީއަތަށެވެ. ކްރިމިނަލް ކޯޓުގެ ތާވަލްގައި ބުނާ ގޮތުން މި ޝަރީއަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސިއްރުކޮށްގެންނެވެ. 

Advertisement - newsAdvertisement

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް 5 ދައުވާއެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ނިމދިިޔަ މަރޗް މަހުގެ ތެރޭގަ އެވެ.

މި ދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. ޙުސައިން ސަނީ ޢުމަރުގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ ތެރޭގައި 3 ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 3 ދައުވާއާއި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާ ހިމެނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ކުރެވިފައިވާ ދައުވާތަކުގައި، ކުޑަކުދިންގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާކަމަށް ބުނެފައިވެ އެވެ. އެގޮތުން ފުރަތަމަ ދައުވާގައި، ކުޑަކުއްޖަކު ޢުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް އެކި ދުވަސްމަތިން އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ބުނެފައިވެ އެވެ.

ދެވަނަ ދައުވާގައި ޢުމުރުން 10 ނުވަތަ 11 އަހަރުގެ ކުޑަކުއްޖަކާއި، ތިންވަނަ ދައުވާގައި ޢުމުރުން 9 ނުވަތަ 10 އަހަރުގެ ކުޑަކުއްޖަކާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާކަމަށް ދައުވާގައި ބުނެފައިވެ އެވެ. މި ތިން ދައުވާއަށް ވެސް ކަނޑައަޅާފައިވާ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގައި، ކްރިމިނަލް ކޯޓުން މީނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، އެ ފޯނު ގެއްލިފައިވާކަމަށް ބުނެ ފުލުހުންނާ ހަވާލުކޮށްފައި ނުވާކަމަށް ބުނެފައިވެ އެވެ. މި ދައުވާއަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާގައި، ޙުސައިން ސަނީ ޢުމަރު ގެންގުޅުނުކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާކަމަށް ބުނެފައިވެއެވެ. މި ދައުވާއަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާގޮތުގައި، މި ދައުވާތައް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް އެ އޮފީހުން ކޯޓުގައި އެދޭނެ އެވެ. އެ ޙާލަތުގައި މީނާގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙުސައިން ސަނީ ޢުމަރު 2 ޖަނަވަރީ 2026 އިން ފެށިގެން ހުރީ ޝަރީޢަތް ނިމެންދެން ބަންދުގަ އެވެ.

ޙުސައިން ސަނީ ޢުމަރުކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްކުޑަކުދިންނަށް ޖިންސީ ގޯނާކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

އަދަދުގެ ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އަޑުއެހުން ޖޫން 8 ގައި، އަޑުއެހުން ކުރިއަށްދާނީ ސިއްރުކޮށްގެން

އަދަދުގެ ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އަޑުއެހުން ޖޫން 8 ގައި، އަޑުއެހުން ކުރިއަށްދާނީ ސިއްރުކޮށްގެން

01 ޖޫން 2026
އެކިފަހަރު މަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި އަފްލަހުގެ މައްޗަށް ދައުވާކޮށްފި

އެކިފަހަރު މަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި އަފްލަހުގެ މައްޗަށް ދައުވާކޮށްފި

30 މެއި 2026
އެކައުންޓަކަށް ޖަމާކުރެވުނު ފައިސާ ރައްދުކޮށްނުދީ ބޭނުންކުރި މީހަކަށް ޖޫރިމަނާގެ އަދަބެއް!

އެކައުންޓަކަށް ޖަމާކުރެވުނު ފައިސާ ރައްދުކޮށްނުދީ ބޭނުންކުރި މީހަކަށް ޖޫރިމަނާގެ އަދަބެއް!

30 މެއި 2026
ކިލޯއަކަށް ވުރެ ގިނަ ޑްރަގް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މައްސަލަ: އިސްކޮށް ހަރަކާތްތެރިވީ ރޫނާ ކަމަށް ފުލުހުން ބުނެފި

ކިލޯއަކަށް ވުރެ ގިނަ ޑްރަގް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މައްސަލަ: އިސްކޮށް ހަރަކާތްތެރިވީ ރޫނާ ކަމަށް ފުލުހުން ބުނެފި

29 މެއި 2026
ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި

ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި

29 މެއި 2026

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު