Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވޭވަށު ކައުންސިލު ވޯޓު

ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކުރާނަމަ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދު ސުވާލު އުފެއްދޭނެ، ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެ: ސުއޫދު

މ. ވޭވަށު ކައުންސިލްގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ވާހަކަދައްކަވަމުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ވޯޓު ކަރުދާސް ޗާޕުކުރުމުގައި ހުންނަ ދެލިތިކިތަކަކީ ވޯޓުލީ މީހާ ޖަހާ ފާހަގައަކަށް ނުވާތީ އެފަދަ ވޯޓުތައް ބާތިލުނުކުރެވޭނެ ކަމަށް. ހައިކޯޓުން އެ ވޯޓުތައް ބާތިލުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ކުރިއަށް އޮތް އިންތިޚާބުތަކުގެ ސައްޙަކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވި. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހައިކޯޓުގެ ޙުކުމާއެކު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު ތިން ވޯޓެއް ބާތިލުވެ، ގޮނޑި ގެއްލުމާ ގުޅިގެން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ޖޫން 2026 | ބުރާސްފަތި 08:00
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު | ރާއްޖެ އެމްވީ

ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކޮށްފިނަމަ ނިމިދިޔަ އިންތިޚާބުގެ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދުވެސް ސުވާލު އުފެއްދޭނެ އަދި ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި މި މައްސަލަ ހުށައޅުއްވި ފަރާތުގެ ޤާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލު ސުއޫދު އެފަދައިން ވިދާޅުވީ މ. ވޭވަށުގެ ގޮނޑީގެ މައްސަލައިގައި ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވަމުންނެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ހިލާފު އުފެދިފައިވަނީ ބާތިލު ވޯޓު ކަނޑައެޅުމުގައި ކަމަށްވާއިރު، އީސީން އަލުން ވޯޓު ގުނި މާލަމުގައި އެ ވޯޓުތައް ސައްޙަކަމަށް ކަނޑައަޅާފައިވަނީ ކިހިނެއްކަން ސާފުކޮށް ކިޔާދީފައިވެ އެވެ. އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަވެފައި ހުރީ ކުރެހުމެއް ނޫނެވެ. އެއީ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގައި ދެލި ފޭދިފައިވާ ކަރުދާސްކަމަށްވާތީ އީސީން ވަނީ އެ ކަރުދާސްތައް ސައްޙަކަމަށް ބަލައިގެންފައެވެ. އެއީ އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވާ 3 ވޯޓުގެ ވޯޓު ކަރުދާހެކެވެ.

އެހެންނަމަވެސް ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ އެމްޑީޕީއަށް ލިބިފައިވާ 3 ވޯޓު ބާތިލު ކުރުމަށެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓު ކުރި ހޯދާފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މޮޅުވުމަށް މަގުފަހިވެގެންދިޔައީއެވެ. އެހެންވެ އެމްޑީޕީގެ ކެންޑިޑޭޓުން މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.

ސުއޫދު ވިދާޅުވީ، އެ ތިކިތަކަކީ ޗާޕްކުރިއިރު އަރާފައިވާ ދެލީގެ ތިކިތަކެއްކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ބުނެފައިވާ ކަމަށާއި، އެކަން ކަރުދާސް ޕްރިންޓުކުރި ނޮވެލްޓީންވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ނޮވެލްޓީން ފޮނުވި ސިޓީގައި ލިޔެފައިވަނީ "މި ހުރިހާ މަރުޙަލާއެއްގައި ޗެކްކުރިކަމުގައިވިޔަސް، މުޅި ޕްރޮޑަކްޝަން ނިޒާމުގައި ތިކި ނައްތާލުމަކީ ނާދިރު ކަމެއް ކަމަށާއި، ތިކި ހުރުމުގެ ފުރުސަތު އޮންނާނެ" ކަމަށެވެ.

ސުއޫދު ވިދާޅުވީ، ވޯޓުލީ މީހާ އަމިއްލައަށް ޖެހި އެއްވެސް އިތުރު ފާހަގައެއް އެ ކަރުދާހުގައި ނެތް ކަމަށެވެ. އަދި ޤާނޫނުގައި ވޯޓު ބާތިލުވާ ޙާލަތްތަކުގެ ތެރޭގައި އޮންނަނީވެސް އެމީހާ ޖަހާ ފާހަގަތަކުގެ ވާހަކަ ކަމަށާއި، ކަރުދާސް ޕްރިންޓުކުރާއިރު އަރާ ތިކިތަކުގެ ވާހަކައެއް ނެތްކަމަށް ސުއޫދު ވިދާޅުވިއެވެ.

މީގެ އިތުރުން، ހައިކޯޓުގެ ޙުކުމުގެ ސަބަބުން ފުޅާ ދާއިރާއެއްގައި ބަލާއިރު، 4 އޭޕްރީލްގައި ލެވުނު ހުރިހާ ވޯޓަކަށް އަސަރުކުރާނެކަމަށް ޤަބޫލު ކުރެވޭކަން ފާހަގަކޮށްވެސް ސުއޫދު ވަނީ ނުކުތާއެއް ހުށަހަޅުއްވާފައެވެ.

ސުއޫދު ވިދާޅުވީ، ޗާޕު ކުރުމުގައި އަރާ ދެލިތިކީގެ މައްސަލަ އެއްވެސް އިރެއްގައި މައްސަލައެއްގެ ގޮތުގައި ފާހަގަވެފައި ނެތްކަމަށެވެ. އަދި އެ ކަރުދާސްތައް ބާތިލުކޮށްފިނަމަ ކުރިއަށް ހުރި އިންތިޚާބުތަކަށް ވެސް އެކަމުގެ އަސަރު ކުރާނެކަމަށް ވިދާޅުވިއެވެ.

ސުއޫދު އިސްތިއުނާފީ ނުކުތާތައް ހުށަހެޅުއްވުމުން އިސްތިއުނާފު ރައްދުވާ ފަރާތުން ވަނީ އެ ނުކުތާތަކަށް ޖަވާބު ދީފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ސަލީމް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

 

ހުސްނުއްސުއޫދުސުޕްރީމް ކޯޓުވޭވަށު ގޮނޑިއިލެކްޝަންސް ކޮމިޝަންނޮވެލްޓީހައި ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!

ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!

04 ޖޫން 2026
ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު

ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު

04 ޖޫން 2026
 ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު

03 ޖޫން 2026
ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި

ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި

03 ޖޫން 2026
ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

03 ޖޫން 2026

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު