Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި

5 ޖޫން 2026 | ހުކުރު 10:08

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ވަނީ ޖަހާފައި. މީހުން ޓްރެފިކް ކުރުމުގެ މި މައްސަލައިގައި ތުހުމަތުކުރެވޭ މުހައްމަދު ނަހީދުލް އިސްލާމް ކުށަށް އިންކާރު ކުރި ނަމަވެސް، އޭނާއާ ދެކޮޅަށް ފުލުހުން ވަނީ ކޯޓަށް ހެކި ހުށަހަޅާފައިވޭ. މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރިއިރު، ފުލުހުން ދަނީ މި ސީރިއަސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖޫން 2026 | ހުކުރު 10:08
ކްރައިމް ސީނެއް ކަން އަންގައިދޭ ޓޭޕް ދަމާފައި.

ކްރައިމް ސީނެއް ކަން އަންގައިދޭ ޓޭޕް ދަމާފައި. | މޯލްޑިވްސް ޕޮލިސް ސާރވިސް

ދިވެހިރާއްޖޭގައި ބިދޭސީއަކު، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ. 

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ، މީހުން ޓްރެފިކް ކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝް އަށް ނިސްބަތްވާ މުހައްމަދު ނަހީދުލް އިސްލާމް ގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި ބުނީ، އޭނާ ގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހާދިސާގެ ރިޕޯޓާއި، ފުލުހުންގެ ބަޔާނާއި ވިކްޓިމްއާ ގުޅޭ ލިޔުންތައް ހުށަހަޅާފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް ބަންދު ދޫކޮށްލައިފިނަމަ މުޖުތަމައު ގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ބަންދުގައި ބަހައްޓަން ނިންމާފައިވާ ކަމަށް މި މައްސަލަ ބެއްލެވި ގާޒީ ނިންމެވި އެވެ. 

އެ އަންހެން މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއް އަމުރުގައި ބުނެފައެއް ނުވެ އެވެ.

މި އަޑު އެހުން ތަރުޖަމާނާއި ވަކީލަކާއެކު ކުރިއަށް ގެންގޮސްފައިވާއިރު، ނަހީދުލްގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް ނަހީދުލް ވަނީ އިންކާރު ކޮށްފަ އެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުން ކޯޓުގައި ބުނީ، ނަހީދުލްގެ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން އޭނާ ލައްވައި ހަށިވިއްކުމުގެ ކަންކަން ކުރުވާ ކަމަށް އެ އަންހެން މީހާގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެމީހުން އޭރު ދިރިއުޅުމުން ދިޔައީ ގ.ހުރަސްފަރު-3 ގައި ކަން ކޯޓު އަމުރުގައި ބުނެފައިވެ އެވެ. 

މިމައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުންނެވެ. 

ފަހަކަށް އައިސް ބިދޭސީން މިފަދަ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާ މިންވަރު އިތުރު ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

މުހައްމަދު ނަހީދުލް އިސްލާމްބަންގްލަދޭޝްކްރިމިނަލް ކޯޓްއިންސާނީ ވަގުފާރިމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

02 ޖޫން 2026

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރުގެ ޝަރީއަތް ބުދަ ދުވަހު، ޝަރީއަތް ސިއްރު

02 ޖޫން 2026
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރުގެ ޝަރީއަތް ބުދަ ދުވަހު، ޝަރީއަތް ސިއްރު
01 ޖޫން 2026

އަދަދުގެ ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އަޑުއެހުން ޖޫން 8 ގައި، އަޑުއެހުން ކުރިއަށްދާނީ ސިއްރުކޮށްގެން

01 ޖޫން 2026
އަދަދުގެ ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އަޑުއެހުން ޖޫން 8 ގައި، އަޑުއެހުން ކުރިއަށްދާނީ ސިއްރުކޮށްގެން
31 މެއި 2026

ރަސްދޫއަށް އީދު ޝޯއެއް ބަލަން ދިޔަ ބަޔަކު އަނބުރާ ދަނިކޮށް ކަނޑުވި މައްސަލަ ތަހުގީގު ކުރަނީ، އެއްވެސް މީހެއްގެ ގައިގަ ލައިފްޖެކެޓެއް ނެތް!

31 މެއި 2026
ރަސްދޫއަށް އީދު ޝޯއެއް ބަލަން ދިޔަ ބަޔަކު އަނބުރާ ދަނިކޮށް ކަނޑުވި މައްސަލަ ތަހުގީގު ކުރަނީ، އެއްވެސް މީހެއްގެ ގައިގަ ލައިފްޖެކެޓެއް ނެތް!
30 މެއި 2026

އެކައުންޓަކަށް ޖަމާކުރެވުނު ފައިސާ ރައްދުކޮށްނުދީ ބޭނުންކުރި މީހަކަށް ޖޫރިމަނާގެ އަދަބެއް!

30 މެއި 2026
އެކައުންޓަކަށް ޖަމާކުރެވުނު ފައިސާ ރައްދުކޮށްނުދީ ބޭނުންކުރި މީހަކަށް ޖޫރިމަނާގެ އަދަބެއް!
30 މެއި 2026

ދެވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓުނު މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

30 މެއި 2026
ދެވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓުނު މައްސަލަ ފުލުހުން ތަހުގީގު ކުރަނީ
29 މެއި 2026

ކިލޯއަކަށް ވުރެ ގިނަ ޑްރަގް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މައްސަލަ: އިސްކޮށް ހަރަކާތްތެރިވީ ރޫނާ ކަމަށް ފުލުހުން ބުނެފި

29 މެއި 2026
ކިލޯއަކަށް ވުރެ ގިނަ ޑްރަގް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މައްސަލަ: އިސްކޮށް ހަރަކާތްތެރިވީ ރޫނާ ކަމަށް ފުލުހުން ބުނެފި
29 މެއި 2026

ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި

29 މެއި 2026
ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި
28 މެއި 2026

ލީވާން އާއި ޝަހްޒާންގެ ޖަލުގޮޅި ބަދަލު ކުރީ ފޯނެއް ފެނިގެން ކަމަށް ބުނުން، ފުލުހުން މައްސަލަ ބަލަނީ

28 މެއި 2026
ލީވާން އާއި ޝަހްޒާންގެ ޖަލުގޮޅި ބަދަލު ކުރީ ފޯނެއް ފެނިގެން ކަމަށް ބުނުން، ފުލުހުން މައްސަލަ ބަލަނީ
28 މެއި 2026

މާލެސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 4 މީހުން ހައްޔަރުކޮށްފި

28 މެއި 2026
މާލެސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 4 މީހުން ހައްޔަރުކޮށްފި
28 މެއި 2026

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

28 މެއި 2026
ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް