Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއެސްސީ

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު

3 ޖޫން 2026 | ބުދަ 17:07

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަންކުރައްވައިފި. ފަނޑިޔާރު ޝަހީދަކީ މިދިޔަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 3 ޖޫން 2026 | ބުދަ 17:07
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ސ. ހިތަދޫ ބާޒީގެ އަލްއުސްތާޛު ޙުސައިން ޝަހީދު، ޢައްޔަންކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ސ. ހިތަދޫ ބާޒީގެ އަލްއުސްތާޛު ޙުސައިން ޝަހީދު، ޢައްޔަންކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަންކޮށްފި އެވެ.

މި މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.

Advertisement - newsAdvertisement

ޔަޒްމީދް އަކީ ޖޭއެސްސީ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އައްޔަންކުރީ މެންބަރެކެވެ.

ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 9 ވަނަ ދުވަހު އެވެ. ޝަހީދު އެ ކޯޓަށް އައްޔަންކުރީ އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު ހުސްވުމާ ގުޅިގެންނެވެ.  އެ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދެއްވިއިރު، ދެ ފަނޑިޔާރަކު މަގާމުން ވަކިކުރި އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަން ފެށީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފަށަން ކައިރިވެފައި އޮއްވަ އެވެ. އެ މައްސަލަ ބަލަން ފަށާއިރު، ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ދެ ފަނޑިޔާރެއްގެ މައްސަލަ ބަލައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރި އެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަންކުރީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ސަސްޕެންޝަންގައި ހުންނަވަނިކޮށް މާޗް މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ޖޭއެސްސީ އަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުން އައްޔަންކުރުމާއި، ފަނޑިޔާރުންނަށް ކުރިއެރުން ދިނުމާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގެ އިތުރުން، ކޯޓުތަކުގެ އިދާރީ ކަންކަމާ ގުޅޭގޮތުން ލަފާދިނުމުގެ ގާނޫނީ ބާރު ލިބިދީފައިވާ މުއައްސަސާ އެކެވެ. މީގެ އިތުރުން، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި، ފަނޑިޔާރުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަކީވެސް އެ ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންހުސައިން ޝަހީދުސުޕްރީމް ކޯޓު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

03 ޖޫން 2026

ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

03 ޖޫން 2026
ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި
26 މެއި 2026

މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ސުޕްރީމް ކޯޓަށް

26 މެއި 2026
މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ސުޕްރީމް ކޯޓަށް
26 މެއި 2026

ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް

26 މެއި 2026
ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް
25 މެއި 2026

ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.

25 މެއި 2026
ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.
19 މެއި 2026

ޚަރަދު ކުޑަކުރުމުގެ ބަހަނާއަށްފަހު އަނެއްކާވެސް އަތޮޅު އޮފީސް

19 މެއި 2026
ޚަރަދު ކުޑަކުރުމުގެ ބަހަނާއަށްފަހު އަނެއްކާވެސް އަތޮޅު އޮފީސް
18 މެއި 2026

ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި

18 މެއި 2026
ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި
13 މެއި 2026

ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ، ފެށޭ ހަފްތާގަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: އަލީ ހުސެއިން

13 މެއި 2026
 ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ، ފެށޭ ހަފްތާގަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: އަލީ ހުސެއިން
13 މެއި 2026

ކޯޓުތަކުގެ ޤާނޫނު އޮތް ގޮތުން ގެގް އޯޑަރ ފަދަ އަމުރުތައް ނެރުމުގެ ބާރު ކްރިމިނަލް ކޯޓަކަށް ނެތް!

13 މެއި 2026
ކޯޓުތަކުގެ ޤާނޫނު އޮތް ގޮތުން ގެގް އޯޑަރ ފަދަ އަމުރުތައް ނެރުމުގެ ބާރު ކްރިމިނަލް ކޯޓަކަށް ނެތް!
11 މެއި 2026

ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް

11 މެއި 2026
ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް
11 މެއި 2026

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

11 މެއި 2026
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް